މާޅޮސްމަޑުލު އުތުރުބުރީ އިނގުރައިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރ.އިނގުރައިދޫ ބަނދަރު ފަޅުތެރެއަށް ފައްތާ މޫރިންގ ކޮންކުރިޓް ބުޑުތައް ހެދުމަށް ބޭނުންވާ ތަކެތި މިއިދާރާއިން ދިނުމުން ކޮންކުރިޓް ބުޑުތައް އެޅުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ

ރ.އިނގުރައިދޫ ބަނދަރު ފަޅުތެރެއަށް ފައްތާ މޫރިންގ ކޮންކުރިޓް ބުޑުތައް ހެދުމަށް ބޭނުންވާ ތަކެތި މިއިދާރާއިން ދިނުމުން ކޮންކުރިޓް ބުޑުތައް އެޅުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ

        ރ.އިނގުރައިދޫ ބަނދަރު ފަޅުތެރެއަށް ފައްތާ މޫރިންގ ކޮންކުރިޓް ބުޑުތައް ހެދުމަތް ބޭނުންވާ ތަކެތި މިއިދާރާއިން ދިނުމުން ކޮންކުރިޓް ބުޑުތައް އެޅުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

          މި މަސައްކަތް ކުރުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 15 އޮކްޓޫބަރު 2018 ވާ ހޯމަ ދުވަހު މެންދުރުފަހު 11:15 އަށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 18 އޮކްޓޫބަރު 2018 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 11:15 އަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފްކުރެއްވުމަށާއި އަންދާސީ ހިސާބު ހުށަހެޅުމަށް ވަޑައިގަންނަވާ ބޭފުޅެއްގެ މުއްދަތު ހަމަނުވާ އައި.ޑީ ކާޑު ގެންނެވުމަށް ހަދުމަފުޅުކޮށް އަރުވަމެވެ.

ތިރީގައި ބަޔާން ކުރެވިފައިވާ ޙާލަތްތަކުގައި އަންދަސީ ހިސާބު ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

  • Ø      މަޢުލޫމާތު ސާފުކުރަން ޙާޟިރުނުވާ ފަރާތްތަކުގެ އަންދާސީ ހިސާބުތައް
  • Ø      ފެކްސް ، މެއިލް މެދުވެރިކޮށް ހުށަހަޅާ އަންދާސީ ހިސާބުތައް
  • Ø      ގަޑި ޖެހުމަށްފަހު ހުށަހަޅާ އަންދާސީ ހިސާބުތައް
  • Ø      މަޢުލޫމާތުތައް ފުރިހަމަ ނުވާ އަންދާސީ ހިސާބުތަކާއި، މަޢުލޫމާތު ފުރިހަމަކޮށް ސޮއިކޮށްފައި ނުވާ އަންދާސީ ހިސާބުތައް ބާޠިލްވާނެއެވެ.

 

ހުށަހަޅާ އަންދާސީ ހިސާބުތައް އިވެލުއޭޓްކޮށް މާރކްސް ދެވޭނެގޮތް

  1. މަސައްކަތުގެ އަގަށް:          %90 (ކުޑަ އަގެއް ހުށަހަޅާ ފަރާތަކަށް ގިނަ މާކުސް ލިބޭނެއެވެ.)
  2. މަސައްކަތުގެ މުއްދަތު:         %5 (ކުރު މުއްދަތެއް ހުށަހަޅާފަރާތަކަށް ގިނަ މާކްސް ލިބޭނެއެވެ.)
  3. މަސައްކަތުގެ ތަޖުރިބާ:         %5

-         ތަޖުރިބާގެ ގޮތުގައި ބަލައިގަނެވޭނީ، އިމާރާތް ކުރުމާއި އިމާރާތް މަރާމާތު ކުރުމުގެ ނުވަތަ ކާޕެންޓްރީ މަސައްކަތުގެ ފިނިސިންގ ވޯކްސްއެވެ. އަދި މަސައްކަތް ކޮށްދެވުނު ފަރާތުގެ ރެފަރެންސް ލެޓާރއަށް ބަލާފައެވެ.

              މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ ރަސްމީ ކޮންމެ ދުވަހެއްގެ ހެންދުނު 9:00 ން މެންދުރުފަހު 2:00 އާ ދެމެދު މިއިދާރާގެ ނަމްބަރު 6580028 ފޯނަށެވެ.

            ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.   

04 އޮކްޓޫބަރު 2018
ހޯދާ