ކޮޅުމަޑުލު އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރިސަރޗް އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު

 

މަގާމް: ރިސަރޗް އޮފިސަރ

ބޭނުންވާ ޢަދަދު: 1

މަޤާމް:

ރިސަރޗް އޮފިސަރ

މަޤާމުގެ ނަންބަރު:

J-290876

ބޭނުންވާ އަދަދު:

1

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

އެމް.އެސް. 2

މަޤާމުގެ ކްލެސިފިކޭޝަން:

ޓެކްނިކަލް އޮފިސަރ ގްރޭޑް 2

ވަޒީފާ އަދާކުރަންޖެހޭތަން:

ކޮޅުމަޑުލު އަތޮޅު ކައުންސިލްގެ އިދާރާ

މުސާރަ:

މަހަކު -/6295 ރުފިޔާ

ސަރވިސް އެލެވަންސް:

މަހަކު -/2000 ރުފިޔާ

އެހެނިހެން އެލަވަންސް:

  1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.
  2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.
  4. މި މަގާމަކީ ޓެކްނިކަލް ކޯ އެލަވަންސް ދެވޭ މަގާމަކަށްވާތީ މަގާމުގެ ޓެކްނިކަލް ކޯ ދޭ ކޯ ޑިސިޕްލިންއަކީ އެޕްލައިޑް މެތަމެޓިކްސް، ރިސަރޗް، ސްޓެޓިސްޓިކްސް އެވެ. ޓެކްނިކަލް ކޯ އެލަވަންސް ގެ ގޮތުގައި ދެވޭނީ މަގާމުގެ އަސާސީ މުސާރައިގެ %28އެވެ. މަގާމުގެ ޝަރުތު ހަމަވާ ފަރާތްތަކުގެތެރެއިން ޓެކްނިކަލް ކޯ އެލަވަންސް ނުލިބޭ ފަރާތްތަކަށް " ސަޕޯޓިންގް ކޯ އެލަވަންސް 2 " ގެ ގޮތުގައި ދެވޭނީ މަހަކު 900.00 ރުފިޔާއެވެ.  

މަޤާމުގެ  މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

1. ރަށު ކައުންސިލްތައް މޮނިޓަރ ކޮށް ނިމުމުން އޭގެ މައްޗަށް ދިރާސާ ހަދައި އަޅަންޖެހޭ ފިޔަވަޅުތަކާއި އިސްލާހްކުރަންޖެހޭ ކަންކަން ފާހަގަކޮށް ރަށުކައުންސިލްތަކަށް އެންގުން

2. އަތޮޅުގެ 5 އަހަރުގެ ތަރައްޤީގެ ޕްލޭނާއި ބިޒްނަސް ޕްލޭން ހެދުމަށް ބޭނުންވާ އެންމެހާ މަޢުލޫމާތު އަތޮޅު ކައުންސިލުންނާއި ރަށްރަށުން އެއްކޮށް ޕްލޭން ހެދުމަށް މަސައްކަތްކުރާ ފަރާތްތަކަށް ފޯރުކޮށްދިނުން

3. އަތޮޅުގެ ހުރިހާ ކައުންސިލްތަކުގެ 6 މަސް ދުވަހުގެ ރިޕޯޓް ލިބުމުން އެ ރިޕޯޓް ދިރާސާކޮށް އިސްލާހްކުރަންޖެހޭ ކަންކަން ފާހަގަކޮށް ލާމަރުކަޒީ ނިޒާމުގައި ކަނޑައަޅާފައިވާ ލަނޑުދަނޑިތަކަށް މަސައްކަތްތައް ބައްޓަން ކުރުމުގެ ލަފައާއި އިރުޝާދު ދިނުން

4. ރަށު ކައުންސިލްތަކުން ފޮނުވުމަށް ލާމަރުކަޒީ ޤާނޫން ލާޒިމްކުރާ އެންމެހާ ރިޕޯޓްތައް ދިރާސާކޮށް އަޅަން ޖެހޭ ފިޔަވަޅުތަކާއި އިސްލާހްކުރަންޖެހޭކަންކަން ފާހަގަކޮށް ރިޕޯޓް ތައްޔާރުކޮށް ފިލަޔަޅުތައް އެޅުން

5. އަތޮޅާއި ރަށު ފެންވަރުގައި ހިންގޭ އެކިއެކި ސަރވޭތަކުގެ ލިސްޓާއި ރިކޯޑް ބެލެހެއްޓުން

6. ތަފާސްހިސާބާ ބެހޭ އެންމެހާ މަސައްކަތްތައް ކުރުން

7. އަތޮޅު ކައުންސިލާއި ރަށު ކައުންސިލްތަކުގެ އުފެއްދުންތެރިކަން އިތުރުކުރުމަށް ބޭނުންވާ ދިރާސާތައް ތައްޔާރުކޮށް ރިޕޯޓްތައް ހަދައި އަތޮޅު ކައުންސިލަށް ހުށަހެޅުން

  1. އަތޮޅު ކައުންސިލް އިދާރާގެ ތަމްރީނު ޔުނިޓްގެ މަސައްކަތްތައް ބެލެހެއްޓުމާއި މުވައްޒަފުންގެ ކުރިއެރުމަށް ދޭންޖެހޭ ތަމްރީނުތައް ހިންގައި ބެލެހެއްޓުން

9. އަތޮޅު ކައުންސިލްގެ ތައުލީމާއި ތަމްރީނުތައް ބެލެހެއްޓުމާއި ތަމްރީނުތައް ފަރުމާކުރުމާއި ތަމްރީނުތަކަށްފަހު މުވައްޒަފުންގެ މަސައްކަތަށް އަންނަ ބަދަލުތައް ބަލައި ދިރާސާކޮށް އިސްލާހްކުރަންޖެހޭ ކަންތައްތައް ކައުންސިލަށް ހުށަހެޅުން

10. ޔުނިޓްގެ މަސައްކަތްތައް ބެލެހެއްޓުން

11. ސްޕަވައިޒްކުރަންޖެހޭ މުވައްޒަފުން ސްޕަވައިޒްކޮށް ބެލެހެއްޓުން

12. ކައުންސިލްގެ މަސައްކަތްތަކުގެ ދާއިރާއިން ޙަވާލުކުރެވޭ އެހެނިހެން މަސައްކަތްތައް ކުރުން

މަޤާމުގެ ޝަރުޠުތައް:

  1. އެޕްލައިޑް މެތަމެޓިކްސް،ބިޒްނަސް އެޑްމިނިސްޓްރޭޝަން، ބިޒްނަސް މެނޭޖްމެންޓް، ރިސަރޗް ނުވަތަ ސްޓެޓިސްޓިކްސް ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

 

2. އެޕްލައިޑް މެތަމެޓިކްސް،ބިޒްނަސް އެޑްމިނިސްޓްރޭޝަން، ބިޒްނަސް މެނޭޖްމެންޓް، ރިސަރޗް ނުވަތަ ސްޓެޓިސްޓިކްސް ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލުކޮށްފައިވުން

ހުށަހަޅަންޖެހޭ ލިޔުންތައް:

1.     ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު ( މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓު www.csc.gov.mv އިން އަދި ކޮޅުމަޑުލު އަތޮޅު ކައުންސިލް އިދާރާގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ. )

2.     ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

3.     ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.

4.     ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮއްފައިވާ ލިޔުން.

5.     ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ: ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓު ވަކި ފެންވަރެއްގައި ޤަބޫލުކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓިން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.   

(ށ) މަތީ ތަޢުލީމު ދޭ، ރާއްޖޭގެ މަރުކަޒުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓުތަކާއި  ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.  

6.     ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

7.     ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓުގެ ކޮޕީ.

8.     މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ

(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި ވަޒީފާގެ މަސްއޫލިއްޔަތު  ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރި ގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

 

ދާއިރާ

ތަފްޞީލް

މާކްސް

އިންސައްތަ

(%)

ކެޓަގަރީގެ ޖުމްލަ އިންސައްތަ

ތަޢުލީމާއި ތަމްރީނު

ލިބިފައިވާ ތަޢުލީމު

80

35

40

މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރުމުއްދަތުގެ ތަމްރީނު

30

5

އިމްތިޙާން

" ސިވިލް ސްރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާން"

12

5

5

މަސައްކަތު ތަޖުރިބާ

މަގާމުގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ތަޖުރިބާ

23

15

15

ލިބިފައިވާ ހުނަރު

އިންޓަރވިރު/ޕެރްޒެންޓޭޝަން/ ޕްރެކްޓިކަލްސް

100

40

40

ޖުމްލަ

ޖުމްލަ

245

100

100

ނޯޓް: ވަޒީފާއަށް އެދިފައިވާ މީހާއަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ލިބުނު ޕޮއިންޓްގެ ޖުމްލަ %45 ( ސާޅީސް ފަހެއް ) އިންސައްތައަށްވުރެ މަތިވާން ޖެހޭނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ  07 އޯގަސްޓް 2018 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން، ކޮޅުމަޑުލު އަތޮޅު ކައުންސިލްގެ އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected] މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ ޢަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:

 

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު  އޮންނާނީ،  07 އޮގަސްޓް 2018  އަންގާރަ ދުވަހާއި  19 އޮގަސްޓް 2018 އާދީއްތަ ދުވަހާއި ދެމެދު، ކޮޅުމަޑުލު އަތޮޅު ކައުންސިލްގެ އިދާރާ ގައެވެ.

ޝޯޓް ލިސްޓްކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ، ފަރާތްތަކުގެތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު ހޯދުން:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 9847007 ނަންބަރަށެވެ.      އީ-މެއިލް ކުރާނީ   [email protected]އަށް

 

 

11 ޛުލްޤައިދާ 1439

24 ޖުލައި 2018

24 ޖުލައި 2018
ހޯދާ