ކޮޅުމަޑުލު އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކޮޅުމަޑުލު އަތޮޅުކައުންސިލްގެ އިދާރާގެ " ރަހަނު " ލާންޗްގައި އެޅުމަށް އައުޓްބޯޑް 2 އިންޖީނު ހޯދަން ބޭނުންވެއްޖެ.

މިއިދާރާގެ " ރަހަނު " ލާންޗްގައި އެޅުމަށް 250 ހޯސްޕަވަރގެ އައުޓްބޯޑް 2 އިންޖީނު ގަންނަން ބޭނުންވެއްޖެއެވެ.  ވީމާ،  މިކަމަށް ކުރިމަތިލާން ބޭނުންފުޅުވާ ފަރާތްތަކުން 28 ޖޫން 2018 ވަނަދުވަހުގެ 11:00 އަށް، މިއިދާރާއަށް ޙާޟިރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 10 ޖުލައި 2018 ވަނަދުވަހުގެ 11:00 ގައި އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

ރަށުން ބޭރުގައި އުޅުއްވާ ފަރާތްތަކަށް އީމެއިލް މެދުވެރިކޮށް މަޢުލޫމާތު ލިބިގަނެ އަދި ބިޑް ހުށަހެޅޭނެވެ. އީމެއިލް މެދުވެރިކޮށް ހުށަހަޅުއްވާނީ [email protected]mv އަށެވެ. އީމެއިލް މެދުވެރިކޮށް މަޢުލޫމާތު ލިބިގަނެވޭނީ، މަޢުލޫމާތު ދިނުމަށް ކަނޑައެޅިފައިވާ މުއްދަތު ހަމަނުވަނީސް މި އިދާރާގެ ކަމާބެހޭ ނަމްބަރަށް ގުޅައި ނަންނޯޓްކުރާ ފަރާތްތަކަށެވެ. މިކަމާބެހޭގޮތުން މި އިދާރާއިން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 9821111 ނަމްބަރއިން ޢަލީއަމްޖަދުއާއިއެވެ.

މުއްދަތުގައި މަޢުލޫމާތު ނުހޯއްދަވާ ފަރާތްތަކުގެ ބިޑް ބަލައިނުގަންނާނެ ވާހަކަ ދެންނެވީމެވެ. އަދި މަޢުލޫމާތު ސާފުކުރެއްވުމަށް ދުރުވާއިރު އެފަރާތެއްގެ އައިޑީކާޑުގެ އަސްލު ނުވަތަ ކޮޕީއެއް ގެންނެވުން އެދެމެވެ. 

މިހެންވެ، މިކަން ޢާއްމުކޮށް އެންގެވުމަށްޓަކައި އިޢުލާން ކުރީމެވެ.

             05 ޝައްވާލު 1439 

             19 ޖޫން 2018

                                                                       

19 ޖޫން 2018
ހޯދާ