ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިއިދާރާގެ ރަންގަލި ލާންޗަށް ސަތަރި ހޯދުން

މިއިދާރާގެ ރަންގަލި ލާންޗު ( ގަލްފް ކްރާފްޓް، ޓަވަރިންގ 36 ) ގެ ސަތަރި ކޮމްޕްލީޓް އާކޮށްދޭނެ ފަރާތެއް ހޯދަންބޭނުންވެގެން ކޮށްފައިވާ މިއިދާރާގެ ނަންބަރު:(IUL)237-C/237/2018/11 ( 04 އެޕްރީލް 2018 ) އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން މަޢުލޫމާތު ހޯދަން އައިސްފައިނުވާތީ އެ އިޢުލާނު ބާޠިލުކޮށް އަލުން އިޢުލާނު ކުރަމެވެ.

ވީމާ، އަމިއްލަ ތަކެތީގައި މިއިދާރާގެ ރަންގަލި ލާންޗުގެ ސަތަރި ކޮމްޕްލީޓް އާކޮށްދިނުމަށް ޝަޢުޤުވެރިވާފަރާތްތަކުން 2018 އެޕްރީލް 19 ވަނަ ދުވަހުގެ 11:00 އަށް މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފްކުރެއްވުމަށްފަހު 2018 އެޕްރީލް 24 ވަނަ ދުވަހުގެ 11:00 އަށް މިއިދާރާއަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހަޅުއްވަންވާނީ ބަންދު ކޮށްފައިވާ ސިޓީއުރައެއްގައެވެ. ސިޓީ އުރައިގެ ބޭރުގައި " ރަންގަލި ލާންޗުގެ ސަތަރި ކޮމްޕްލީޓް އާކޮށްދިނުން އެދި" މިހެން ލިޔެފައި އޮންނަންވާނެއެވެ. މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީ ހިސާބާއި ގަޑިޖެހިގެން ހުށަހަޅުއްވާ އަންދާސީ ހިސާބު ބަލައިނުގަނެވޭނެވާހަކަ ދެންނެވީމެވެ.

12 އޭޕްރިލް 2018
ހޯދާ