މާލެއަތޮޅު ތުލުސްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތުލުސްދޫ މަގު ބައްތިތައް ދިއްލާ މަރާމާތުކޮށް ބަލަހައްޓާދޭނެ ފަރާތެއްހޯދުން

 ރަށުގެ މަގުތަކަށާއި އިޖްތިމާޢީ ސަރަޙައްދުތައް އަލިކުރުމަށް ޖަހާފައިހުރި ބައްތިތައް 1 (އެކެއް) އަހަރު ދުވަހުގެ މުއްދަތައް   ކޮންޓްރެކްޓް އުޞޫލުން  އަމިއްލަތަކެތީގައި މަރާމާތުކޮށް ދިއްލާ ބަލަހައްޓާދޭނެފަރާތެއް ހޯދުމަށް 11 މާރޗް 2018ގައި ކުރެވުނު ނަންބަރު (IUL)333/333/2018/6 އިއުލާނަށް އެއްވެސް ފަރާތަކުން އިޖާބަދީފައިނުވާތީ، އެއިއުލާން ބާތިލްކޮށް 2އަހަރު ދުވަހުގެ މުއްދަތަށް އެމަސައްކަތް ކޮށްދޭނެފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ މިމަސައްކަތްކުރެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2018 އެޕްރީލް 4  ވާ  ބުދަދުވަހު 13:00 އަށް މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު  2018 އެޕްރީލް 11 ވާ  އާދިއްތަ ދުވަހުގެ 13:30އަށް އަންދާސީ ހިސާބުހުށަހެޅުއްވުންއެދެމެވެ.

އަންދާސީ ހިސާބު ހުށަހެޅޭނީ ކުންފުންޏެއްގެ ގޮތުގައި ނުވަތަ އަމިއްލަ ފަރުދުންގެ ވިޔަފާރިއެއްގެ ގޮތުގައި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ގައި ރަޖިސްޓްރީކޮށް ފައިވާ ފަރާތްތަކާއި ކްލަބް، ޖަމްޢިއްޔާ ފަދަފަރާތް ތަކަށް އެކަނިކަމުގައި ދެންނެވީމެވެ. އަންދާސީ ހިސާބާއެކު ވިޔަފާރި،ކުލަބް،ޖަމުޢިއްޔާ ރަޖިސްޓްރޭޝަން ސެޓްފިކެޓް އަދި އައިޑީކާޑްގެ ކޮޕީއެއް ޙުށަހަޅަންވާނެއެވެ. ކުންފުނިން ،ކުލަބް،ޖަމުޢިއްޔާ ނުވަތަ އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީކޮށް ފައިވާ ފަރާތަށް މަޢުލޫމާތު ދިނުމުގެ ބައްދަލްވުމާއި، އަންދާސީ ހިސާބު ހުށަހެޅުމަށް ޙާޟިރުވެވެން ނެތިގެން ބަދަލުގައި އެހެން ފަރާތެއް ހަމަޖައްސަވާނަމަ އެފަރާތެއް ހަމަޖެއްސެވިކަމުގެ ރަސްމީ ލިޔުމެއް ގަޑިޖެހުމުގެ ކުރިން މި އިދާރާއަށް ހުށަހަޅަންވާނެއެވެ. އަންދާސީ ހިސާބު ހުށަހަޅާނީ ބަންދުކުރެވިފަވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި އަންދާސީހިސާބު ހުށަހަޅާ މަސައްކަތުގެ ނަމާއި ހުށަހަޅާ ފަރާތުގެ ނަން އޮންނަންވާނެއެވެ. 

 މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

28 މާރިޗު 2018
ހޯދާ