ދިވެހިރާއްޖެ
ބީލަން ހުށަހެޅުއްވުމުގެ ދަޢުވަތު
އެމް.ޑަބްލިޔު.އެސް.ސީ ގެ ބިލްތަކަށް ހދ. ކުޅުދުއްފުށިން ފައިސާ ބަލައިގަންނާނެ ފަރާތެއް ހޯދަން ބޭނުން ވެގެން ކުރެވުނު އިޢުލާން ނަމްބަރު (MWSC-A/7/ADV/2017/145)އަށް އެކަށީގެންވާ އިޖާބައެއް ލިބިފައިނުވާތީވެ އެ އިޢުލާން ބާތިލްކޮށް އަލުން އިޢުލާން ކުރަމެވެެ. ވީމާ، މިމަސައްކަތަށް ބީލަން ހުށަހެޅުމުގެ ދައުވަތު މިކަމަށް ޝައުގުވެރިވެލައްވާ އެންމެހާ ފަރާތްތަކަށް ހުޅުވާލަމެވެ.
މިމަސައްކަތަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 22 ޖަނަވަރީ 2018 ވާ ހޯމަ ދުވަހު 10:30 އަށް ފެން ބިލްޑިންގް 5 ވަނަ ފަންގިފިލާ އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ. ޕްރޮޕޯސަލް ހުށައެޅުމުގެ ފުރުސަތު ދެވޭނީ މަޢުލޫމާތު ސާފުކުރަން ވަޑައިގަންނަވާ ފަރާތްތަކަށް އެކަންޏެވެ.ޕްރޮޕޯސަލް ހުށައެޅުން އޮންނާނީ 28 ޖަނަވަރީ 2018 ވާ އާދީއްތަ ދުވަހު 11:00 ގައި ފެން ބިލްޑިންގް 5 ވަނަ ފަންގިފިލާގައެވެ.
ޕްރޮކިއުމަންޓް ޑިޕާޓްމަންޓް