މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

 

           

                                                އިޢުލާން ނަންބަރު: MRDC-IUL/2018/01

 

 

 ވަޒީފާގެ ފުރުޞަތު

 މިކުންފުނީގެ ހެޑް އޮފީހަށް ޗީފް ފައިނޭޝިއަލް އޮފިސަރ ކަމުގެ މަޤާމަށް މުވައްޒަފަކު ބޭނުންވެއްޖެއެވެ.

 

 މަޤާމް:

ޗީފް ފައިނޭޝިއަލް އޮފިސަރ

ބޭނުންވާ ޢަދަދު:

01 (އެކެއް)

މުސާރަ:

މަހަކު -/28000ރުފިޔާ (އަށާވީސްހާސް ރުފިޔާ)

ލިވިންގ އެލަވަންސް:

މަހަކު -/2000 ރުފިޔާ (ދެހާސް ރުފިޔާ)

ރެސްޕޮންސިބިލިޓީ އެލަވަންސް:

މަހަކު -/5000 ރުފިޔާ  (ފަސްހާސް ރުފިޔާ)

އެޓެންޑެންސް އެލަވަންސް:

ދުވާލަކު -/50 ރުފިޔާ (ފަންސާސް ރުފިޔާ) ހަމަޖެހިފައިވާ އުސޫލުގެ ދަށުން

ވަޒީފާގެ ބާވަތް:

1 އަހަރު ދުވަހަށް (ކޮންޓްރެކްޓް އުސޫލުން)

މަސައްކަތް ކުރަންޖެހޭތަން:

ކޯޕަރޭޝަނުގެ ހެޑް އޮފީސް

މަސައްކަތް ކުރާ ޑިޕާރޓްމަންޓް: 

އެކައުންޓިންގ އެންޑް ފައިނޭސް ޑިޕާޓްމެންޓް

ފެންވަރު ނުވަތަ ޝަރުތު:

-   އެކައުންޓިންގ، ފައިނޭންސް ނުވަތަ ފައިނޭންޝަލް އޮޑިޓިން ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު، ގުޅުންހުރި ދާއިރާއަކުން 03 އަހަރުގެ ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ

-   އެކައުންޓިންގ، ފައިނޭންސް ނުވަތަ ފައިނޭންޝަލް އޮޑިޓިން ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު ގުޅުންހުރި ދާއިރާއެއްގެ އިސް މަޤާމެއްގައި މަދުވެގެން 05 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ

- CIMA ނުވަތަ ACCA ފަދަ ޕްރޮފެޝަނަލް އިދާރާއެއް ޤަބޫލްކުރާ ފަރާތެއްކަމުގައިވުން.

އެހެނިހެން ޝަރުތު:

-    މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ތަޖުރިބާ ލިބިފައިވުން.

-    ވިޔަފާރި ކުރި އެރުވުމާއި، ބަޖެޓް ތައްޔާރުކުރުމާއި، ހިސާބުތައް ބެލެހެއްޓުމާއި، މާލީ މުޢާމަލާތްތައް ކުރުމާއި ކުންފުނީގެ ދެމެހެއްޓެނިވި މާލީ ޕްލޭންތައް ތައްޔާރު ކުރުމުގެ ޢިލްމީ އަދި ފަންނީ ޤާބިލްކަން ހުރުން.

-    ކުންފުނީގެ ހިންގުން ހަރުދަނާ ކުރުމަށްޓަކައި ގެންނަންޖެހޭ ކޮންޓްރޯލްތައް ދެނެގަނެ، ޑިވެލޮޕްކޮށް އިމްޕްލިމެންޓް ކުރުމުގެ ޤާބިލުކަން ހުރުން

-    އަމިއްލައަށް އިސްނަގައިގެން މަސައްކަތް ކުރުމުގެ ތަޖުރިބާ އަދި ޤާބިލުކަން ހުރުން.

-    ޓީމެއް ގޮވައިގެން މަސައްކަތްކުރުމުގެ ޤާބިލުކަން ލިބިފައިވުން.

-    ގިނަވަގުތު އޮފީހުގައި މަސައްކަތް ކުރެވޭނެ މީހެއްކަމުގައިވުން.

ވަޒިފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

-   ކުންފުނީގެ މާލީ ހުރިހާ ލިޔެކިޔުންތައް IFRS ގެ މިންގަނޑަށް ތައްޔާރުވެފައި ހުރިކަން ޔަޤީން ކުރުން.

-   ކުންފުނީގެ ހުރިހާ މާލީ ލިޔެކިޔުންތަކެއް ތައްޔާރުކުރުމާއި، އެލިޔެކިޔުންތައް IFRS އާއި އެއްގޮތަށް އެކުލަވާލެވިފައި ހުރިކަން ޔަޤީން ކުރުން.

-   ކުންފުނީގެ ބަޖެޓްތައް އެކުލަވާލެވިފައިވާ ގޮތުގެ މަތިން ޚަރަދުތައް ބެލެހެއްޓުން.

-   ދުރުމުސްތަޤްބަލުގެ މާލީ ޕްލޭން ތައްޔާރުކޮށް، ކުންފުނީގެ މާލީ ލަނޑުދަޑިތައް ޙާޞިލްކުރުން.

-   މާލީ މުޢާމަލާތްތައް އެކުލެވޭ ބައްދަލުވުންތަކުގައި ބައިވެރިވުން.

-   ކުންފުނީގެ މާލީކަންކަމާއި ގުޅިގެން މެނޭޖްމަންޓަށް ލަފާދިނުމާއި އެހީތެރިވުން.

-   ކުންފުނީގެ ވިޔަފާރި ޕްލޭންތަކާއި، ބަޖެޓާއި، ކުންފުނީގެ ވިޔަފާރީގެ ތަޞައްވަރު ދެނެގަނެ، ކަނޑައެޅިފައިވާ މާލީ ލަނޑުދަނޑިތައް ހާޞިލްކުރެވޭނެ ގޮތަށް ކަންތައްތައް ތަރުތީބުކުރުން އަދި މި ތަރުތީބު SBU ގެ ޕްލޭނާއި ކުންފުނީގެ އަހަރީ ބަޖެޓާއި އެއްފަދައިން ހުރޭތޯ ޔަޤީން ކުރުން.

-   ބޭރުގެ އޯޑިޓަރުންނާއި ކުރެވޭ މާލީ މުޢާމަލާތަކާއި، ކުންފުނީގެ މާލީ ނިޒާމާއި، ފައިސާގެ މުއާމަލާތްތަކާއި، އެތެރޭގެ ޚަރަދު ތަކާއި، އެހެނިހެންވެސް ފައިސާގެ ހުރިހައިކަމެއް ހަމަޖެހިފައިވާ ނިޒާމުގެ ތެރެއިން ޒިންމާދާރުކަމާއި އެކު ކުރިއަށް ގެންދިއުން.

-   ކުންފުނީގެ މާލީ ރިޕޯޓުތަކާއި ވިޔަފާރީގެ ލިޔެކިއުންތައް ކަނޑައެޅިފައިވާ އުޞޫލުން ތަރުތީބުކޮށް ބެލެހެއްޓުން.

-   ބެންކުތަކާއި، އިންވެސްޓަރުންނާއި އަދި މުދާ ދޫކުރާ ފަރާތްތަކާއި އޮންނަ ގުޅުންތައް ރަނގަޅުކޮށް ކުންފުނީގެ އަޚްލާޤީ މިންގަނޑުގެތެރެއިން އެކަން ދެމެހެއްޓުން.

-   ކުންފުނި ހިންގުމަށް ބޭނުންވާނެ ފައިސާ ހޯދާނެގޮތުގެ ދިރާސީ ރިޕޯޓް ތައްޔާރުކުރުމާއި، އިންވެސްޓްކުރުމަށް ކުންފުނީގެ ފަރާތުން ފައިސާ ހޯދާނެ ގޮތާއި، އެ މަރުޙަލާތަކުގެ ތަޙްލީލީ ރިޕޯޓް ތައްޔާރުކޮށް ހުށަހަޅައި ދިނުން.

-   ކުންފުނީގެ މާލީ ހިސާބު ވިލަރެސްކުރެވޭނެ ނިޒާމެއް ޤާއިމްކުރުމާއިއެކު، އެނިޒާމްގެ ތެރެއިން ކުންފުނީގެ ފަރާތުން ހިންގާ ޕްރެޖެކްޓްތަކުގެ ޚަރަދުތަކުގެ ތަފްޞީލު ދިރާސާކުރުމާއި، ވިޔަފާރީގެ މުޢާމަލާތްތައް ދިރާސާކޮށް ކުންފުނީގެ ޚަރަދު ކުރެވޭނެ ނިޒާމް ހަރުދަނާކުރުން.

-   ކުންފުނީގެ ޚަރަދުކުރުމުގެ އޮނިގަނޑަށް ގެންނަންޖެހޭ ބަދަލުތަކާއި ތަރުތީބުތައް ގެނެސް ކުންފުނީގެ ރިޒާވް އިތުރުކުރެވޭނެ މަގުތައް ތަނަވަސްކުރުން

-   ކުންފުނީގެ ވިޔަފާރީގެ މުޢާމަލާތްތަކުގެ ސަބަބުން ކުންފުންޏަށް ލިބިދާނެ ގެއްލުންތައް ދިރާސާކޮށް ހޯދުމަށްފަހު، ކުންފުނީގެ މެނޭޖިން ޑައިރެކްޓަރަށް ހުށަހެޅުން.

-   ޕްރޮކިއުމަންޓް އަދި އިދާރީ ގޮތުން ގުޅުން ހުރި ސެކްޝަންތަކާއި ގުޅިގެން ކުންފުނީގެ ހަރުމުދާ އިންޝުއަރ ކުރުން.

-   ކުންފުނީގެ މާލީ ހާލަތާއި، މިހާރު ހުރި މައްސަލަތަކާއި، ތަކެތީގެ ދަތިކަމާއި، މާލީހާލަތު އޯޑިޓް ކޮމެޓީއަށާއި، މެނޭޖިން ޑައިރެކްޓަރަށް އަދި ކުންފުނީގެ ޗެއާމަނަށް ސާފުކޮށްދިނުން.

ސުންގަޑި:

މި ވަޒީފާއަށް އެދޭ ފަރާތްތަކުން، ތިރީގައިމިވާ ތަކެއްޗާއެކު، 2018 ޖަނަވަރީ 11 ވާ ބުރާސްފަތި ދުވަހުގެ 15:00 ގެ ކުރިން، މިކޯޕަރޭޝަނުގެ ހެޑް އޮފީހަށް ހުށަހެޅުއްވުން އެދެމެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް: 

  1. ވަޒީފާއަށް އެދޭ ފޯމު (ފޯމްގައި، އިޢުލާން ނަންބަރާއެކު)
  2. މީހާގެ ވަނަވަރު.
  3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ  (މުއްދަތު ހަމަނުވާ)
  4.  ތަޢުލީމީ ސެޓުފިކެޓުތަކުގެ އެކްރެޑިޓްކޮށް، އަސްލާ އެއްގޮތްކަން ކަށަވަރުކޮށްދޭ ކޮޕީ.
  5.  ޕާސްޕޯޓް ސައިޒުގެ 1 ފޮޓޯ.
  6.  ކޮށްފައިވާ އެކިއެކި މަސައްކަތުގެ ތަޖުރިބާ އެނގޭނެ ލިޔުން.
  7.  ދޫކުރިފަހުން ތިންމަސްދުވަސް ހަމަނުވާ ޕޮލިސް ރިފޯޓް.
  8.  ވަޒީފާ އަދާކުރާ މުވައްޒަފެއްނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އެ އޮފީހަކުން  އިއުތިރާޒު ނުކުރާކަމުގެ ލިޔުން.

އިންޓަވިއު:

-    އިންޓަވިއުއަށް ކިޔާނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓު ކުރުމަށްފަހު އެފަރާތްތަކަށް  އެކަންޏެވެ.

-    މި މަޤާމަށް އެދި ފޯމު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން، މަޤާމުގެ ޝަރުޠު ހަމަނުވާ ފަރާތްތަކުގެ  ފޯމުތައް ބާޠިލްކުރެވޭނެއެވެ.

-    މި މަޤާމަށް މީހަކު ހޮވުމަށް ކުރެވޭ އިންޓަވިއު އޮންނާނީ، 2018 ޖަނަވަރީ މަހުގެ ތާރީޚެއްގައިއެވެ.

ނޯޓް:

މިވަޒީފާ ދެވޭނީ، 3 މަސްދުވަހުގެ މުއްދަތަށެވެ. 3 މަސްވުމުން، ހާޒިރީއަށާއި، މަސައްކަތުގެ އަޚުލާޤަށާއި މަސައްކަތުގެ ފެންވަރަށް ބަލައި، 1 އަހަރު ދުވަހުގެ ކޮންޓްރެކްޓެއްގައި ސޮއި ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު: 

އިތުރު މަޢުލޫމާތު ސާފުކުރުމަށް، މިކުންފުނީގެ  3312904 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

 

                          17 ރަބީޢުލް އާޚިރު 1439

                          04 ޖަނަވަރީ     2018

 

 

 

 

 

 

04 ޖަނަވަރީ 2018
ހޯދާ