ރަތަފަންދޫ ސްކޫލް
ދިވެހިރާއްޖެ
ސެކިޔުރިޓީ ބެލެހެއްޓުން

އިޢުލާން

 

ސެކިޔުރިޓީ ބަލަހައްޓާނެ ފަރާތެއް ހޯދުން

                   ސްކޫލް މަދަރުސާތަކުގެ ސެކިޔުރިޓީ ބެލެހެއްޓުން އައުޓްސޯސް  ކުރުމާއި ގުޅިގެން ވިޔަފާރީގެ

އުސޫލުން މިސްކޫލުގެ ސެކިޔުރިޓީ ބަލަހައްޓާދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

                  ވީމާ މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 11 ޖުލައި 2017 ވާ

އަންގާރަ ދުވަހުގެ ހެނދުނު 10:30 އަށް މިސްކޫލުގެ އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފު ކުރެއްވުމަށްފަހު 20 ޖުލައި

2017 ވާ ބްރާސްފަތި ދުވަހު ހެދުނު 11:00 އަށް  އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

                  މައުލޫމާތު ސާފްކުރުމުގެ ސެޝަނުގައި ބައިވެރި ނުވާ ފަރާތްތަކަށް އަންދާސީ ހިސާބް

ހުށަހެޅުއްވުމުގެ ފުރުސަތެއް ނޯންނާނެ ވާހަކަ ދަންނަވަމެވެ. މައުލޫމާތު ސެޝަނުގައި ބައިވެރިކުރުމަށް ބަދަލުގައި މީހަކު

ފޮނުއްވާނަމަ އެކަން ސިޓީއަކުން ސްކޫލަށް އަންގަންވާނެއެވެ. މައުލޫމާތު ފުރިހަމަ ނުވާ އަންދާސީ ހިސާބް ތަކާއި

ކަނޑައެޅިފައިވާ ވަގުތުގެ ފަހުން ހުށަހަޅާ އަންދާސީ ހިސާބް ބާތިލް ކުރެވޭނެކަމުގައި ދަންނަވަމެވެ. އަދި ކުންފުނިތަކާއި

އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނުގެ ދަށުން ރަޖިސްޓްރީ ކުރެވިގެން ހިންގާ ވިޔަފާރިތައް ނޫން

އަމިއްލަ ފަރުދުންނަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދަންނަވަމެވެ.

09 ޝައްވާލް 1438

 

03 ޖުލައި 2017
ހޯދާ