މިލަދުންމަޑުލު ދެކުނުބުރީ ވެލިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިކޮނޮމިކް ޑިވެލޮޕްމަންޓް އޮފިސަރ

     ނަންބަރު: (IUL)297-AD/297/2017/5   

އިޢުލާން

 

މަޤާމް:  އިކޮނޮމިކް ޑިވެލޮޕްމަންޓް އޮފިސަރ

މަޤާމްގެ ނަންބަރު: J- 288523

ބެނުންވާ ޢަދަދު: 1

މަޤާމުގެގިންތި: ދާއިމީ

މަޤާމްގެރޭންކް: އެމް.އެސް 1

މަޤާމްގެ ކްލެސިފިކޭޝަން:   ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ޔުނިޓް:     އިކޮނޮމިކް ސޯޝަލް އެންޑް މުނިސިޕަލްސަރވިސަސް

މަޤާމްއޮތް އޮފީސް / އިދާރާ: ނ.ވެލިދޫ ކައުންސިލްގެ އިދާރާ  

ވަޒީފާއަދާ ކުރަންޖެހޭތަން: ނ.ވެލިދޫ ކައުންސިލްގެ އިދާރާ                  

މަޤާމުގެ މުސާރަ:    -/5610 ރުފިޔާ

ސަރވިސްއެލަވަންސް: -/2000 ރުފިޔާ    

އޯވަޓައިމް އެލަވަންސް: މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ އިތުރުގަޑީގައި މަސައްކަތްކުރާ ދުވަސްތަކަށް ކަނޑައެޅިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ

 

މަޤާމްގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ތަރައްޤީގެ ހަރަކާތްތަށް ހިންގުމަށް ބޭނުންވާފައިސާހޯދުމަށް ރަށުކައުންސިލުންނަގާ ލޯނުހިސާބުތައް ބެލެހެއްޓުން.
  2. ރަށުފެންވަރުގައި ރަށުކައުންސިލުންދޭންޖެހޭ ޚިދުމަތްތައް ފޯރުކޮށް އެކިފަރާތްތަކާ ވިޔަފާރީގެ މުޢާމަލާތުތައް ހިންގުން.
  3. ރަށުގައި ދެވޭ ޔުޓިލިޓީސްގެ ޚިދުމަތްތަކުގެ ރެކޯޑް ބެލެހެއްޓުން.
  4. ރައްޔިތުންގެ ނަމުގައި ކުރަމުންގެންދާ ވިޔަފާރިތަކާއި  އަމިއްލަފަރާތްތަކުންނާއި ކުންފުނިތަކާ އެހެނިހެން ފަރާތްތަކަށް ކުރަމުންދާ ވިޔަފާރިތަކާބެހޭ އެންމެހާ ކަންކަން ބެލެހެއްޓުމާ، ޤަވާޢިދާޚިލާފްވާ ފަރާތްތަކާމެދު ފިޔަވަޅުއަޅަމުންގެންދިއުމާއި، އަދި ކައުންސިލުން ކުރެވިދާނެ ވިޔަފާރިތަކާބެހޭ ދިރާސާކޮށްކަމާގުޅޭ ޕްރޮޕޯސަލް ތައްޔާރުކުރުން.
  5. ރަށުތަރައްޤީއަށް ހިންގޭޕްރޮގްރާމްތަށް ހިންގާނެފަރާތްތައް ހޯދާ އެފަރާތްތަކާއެކު އެގްރިމެންޓްތައްހެދުން.
  6. ކައުންސިލްގެނަމުގައި ބިންބިމާއި، ފަރާއި، ފަޅުހޯދުމާއި، މިފަދަތަންތަން އެހެންފަރާތްތަކަށް ކުއްޔަށްދޫކުރުމާއި އިންވެސްޓް ކުރުމާއި، އަދި މިއިންވެސްޓްމަންޓްތައް ކައުންސިލްގެނަމުގައި މިލްކްކުރުމުގެ އެންމެހާ މަސައްކަތްކުރުން.
  7. ކައުންސިލްބެލުމުގެދަށުގައި ހުންނަ އުފުލޭ އަދި ނުއުފުލޭމުދާ ޤަވާޢިދުތަކުގައިވާ ގޮތުގެމަތީން އެހެން ފަރާތްތަކަށް ކުއްޔަށް ދޫކުރުން. އަދި އެފަދަ ތަންތަނުގެ ކުލި ޤަވާޢިދުން ކައުންސިލްގެ އިދާރާއަށް ލިބެމުންދޭތޯބަލާ މޮނިޓަރކުރުން. އަދި ކުލިނުދައްކާ ފަރާތްތަކުން ކުލި ހޯދުމަށް މަސައްކަތްކުރުން.
  8. ދިވެހިރާއްޖޭގެ ޤާނޫނުތަކާއެއްގޮތްވާގޮތުގެމަތީން ރަށުގެފަތުރުވެރިކަމާއި، މަސްވެރިކަމާއި، ދަނޑުވެރިކަމާއި، އެހެނިހެން ސިނާޢަތްތައް ކުރިއެރުވުމަށް މަސައްކަތްކުރުން.

 

  1. ކައުންސިލްގެ ބިޒްނަސްޕްލޭން އެކުލަވާލުމުގެ މަސައްކަތްކުރުން.
  2. ކައުންސިލްގެ ބެލުމުގެ ދަށުގައިހުންނަ ފަޅުރަށްރަށާއި، ފަރުފަރާއި، ފަޅުފަޅާއިބެހޭ ކަންކަމާއި، އެތަންތާނގެ ރަޖިސްޓްރީ ބެލެހެއްޓުން.
  3. ރަށުކައުންސިލްގެނަމުގައި ހުންނަ ފަޅުރަށްރަށާ ވެހިކަލްތަކާއި، ބިންބިމާ ޢިމާރާތްތަކާއި އެފަދަތަންތަނާއި، ތަކެތި ބޭނުންކުރުމާއި، އެފަދަ ތަންތަނާއި ތަކެތީގެ އަހަރީފީދެއްކުމާއި، ކުއްޔަށްދޫކުރުމާއިބެހޭގޮތުން ހިންގަންޖެހޭ އެންމެހާ މުޢާމަލާތު ހިންގުން.
  4. ނ.ވެލިދޫކައުންސިލްގެ އިދާރާއާއި އެ އިދާރާގެ ދަށުގާހުރި އެންމެހާ ތަންތަނުގެ ސެކިއުރިޓީ ބެލެހެއްޓުމާބެހޭގޮތުން ކުރަންޖެހޭ އެންމެހާ ކަންކަންކުރުން.
  5. ޚިދުމަތުގެ ފެންވަރުމަތިކުރުމުގެގޮތުން "ކޮލިޓީއިމްޕްރޫވްމަންޓް" ޓީމް މެމްބަރެއްގެ ހައިސިއްޔަތުންކުރަންޖެހޭ ކަންކަން ބަލާ އެމަސައްކަތްކުރުން.
  6. ކައުންސިލްގެ އިދާރާގެ ސަރވަރ ބެލެހެއްޓުމާއި ލިޔެކިޔުންތަކާއި އެކިއެކި ފައިލްތައް ބެކަޕްކޮށް ރައްކާތެރިކަމާއެކު ނުގެއްލޭގޮތަށް ފައިލް ސިސްޓަމްއެއް ހަދާ ބަލަހައްޓަމުން ގެންދެވުން.
  7. ކޮމްޕިއުޓަރ ސިސްޓަމްތަކަށް ދިމާވާ މައްސަލަތައް ހައްލުކުރުން.
  8. މުވައްޒަފުން މަސައްކަތްކުރާއިރުދިމާވާ ޓެކްނިކަލްކަންތައްތައް ހައްލުކުރުމުގައި އެހީތެރިކަންދިނުމާއި ރެގިއުލޭޓްކޮށް ބެލެހެއްޓުން.
  9. ކައުންސިލްގެ ވެބްސައިޓް އަޕްޑޭޓްކުރުމާއި، ބެލެހެއްޓުން އަދި އީ މެއިލް ޔޫސަރތަކާއި ޕާސްވޯޑްފަދަ ތަކެތި ރައްކާތެރި ކަމާއެކު ބެލެހެއްޓުން
  10. އެން.ސީ.އައިޓީއާއި ކައުންސިލްގެއިދާރާއާއި ދެމެދު ކުރެވޭ ޓެކްނިކަލް މުއާމަލާތްތައްކުރުމާއި ޖެމްސްގެ ކަންތައް ބެލެހެއްޓުން

-          އަދި މަތީގައިވާ ކަންކަންކުރުމަށް މަޝްވަރާކުރައްވަންޖެހޭ ކަމެއްގައިނަމަ އެފަދަކަންކަމާއި ވެރިންނާއި ވާހަކަ ދައްކަވާގެން ބޭނުންވާ އިކްވިޕްމަންޓް ފަދަތަކެތި ހޯދުމަށް އެހީތެރިކަން ދިނުމާއި ތަރައްޤީކުރުމަށް ޚިޔާލާއި މަޝްވަރާދީހެދުން.

  1. ކައުންސިލްގެ އިދާރާގެ ޕްރޮކިއުމަންޓްއާބެހޭ އެންމެހާ މަސައްކަތްކުރުން. (ކުރަންޖެހިއްޖެ ހާލަތެއްގައި)
  2. ނިމޭމައްސަލަތައް ދުވަހުންދުވަހަށް ރައްކާތެރިކަމާއެކު ފައިލްކުރުން.
  3. މަސައްކަތަށް ބޭނުންވާތަކެތި ހޯދުމާއި ރައްކާތެރިކަމާއެކު އެތަކެތި ބެލެހެއްޓުން.
  4. މައްސަލަ ރަޖިސްޓްރީއާ ޔައުމިއްޔާނޯޓް ދުވަހުންދުވަހަށް ލިޔެބެލެހެއްޓުން.
  5. ލިޔަންޖެހޭ ސިޓީ / މެސެޖްފަދަ ލިޔެކިޔުންތައް ލިޔުމާއި ލިޔެކިޔުންތައް ބެލެހެއްޓުން.
  6. އެކިފަރާތްތަކަށް ފޮނުވަންޖެހޭ ލިޔެކިޔުންތައް ފޮނުވަންޖެހޭ ތާރީޚްއަށް (މެއިލްކޮށް / ފެކްސްކޮށް) ފޮނުވުމާއި ހަވާލުކުރުން.
  7. ޔުނިޓުން ހިންގާ މުހިއްމު ހަރަކާތްތަކުގެ ޔައުމިއްޔާ ނޯޓް ދުވަހުންދުވަހަށްA)  CA (އާ ހަވާކުރުން.

 

  1. އިދާރާގެ ފަރާތުން ފާހަގަކުރާ އެކިއެކި މުނާސަބާ، ވޯކްޝޮޕްފަދަ ކަންކަމާއި ގުޅިގެން ކުރަންޖެހޭ އިދާރީ ކަންކަމާއި އިންތިޒާމްކުރުމަށްޓަކާ ކުރަންޖެހޭ މަސައްކަތްތަކުގައި އެހީތެރިވުން.
  2. ކައުންސިލްގެ އިދާރާއިން ކުރިޔަށްގެންދާ ޚާއްސަ މަސައްކަތްތަކުގައި ބައިވެރިވުމާއި، އިދާރާގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ހަވާލުކުރެވޭ އެހެނިހެން ކަންތައްކުރުން.

މަޤާމުގެ ޝަރުތުތައް: 

  1. 1.      މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށް ފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތު ތަޖްރިބާ ލިބިފައިވުން

ނުވަތަ

  1. 2.      މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލްކޮށް ފައިވުން

ނުވަތަ

  1. 3.      މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށް ފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާޞިލްކޮށްފައިވުން

 

  1. ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމު
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  5. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ:

)ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެންހިންގާ މަތީތަޢުލީމުދޭ މަރުކަޒަކުންހިންގާ ރާއްޖެއިންބޭރުގެ ޕްރޮގްރާމް ތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިންބޭރުގެމަތީތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކިފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

 

 

(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.  ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

(ނ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

  1. ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.
  2. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓުފިކެޓުގެ ކޮޕީ.
  3. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ

(ހ) ސިވިލް ސަރވިސް އިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެ ވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

 

ވަޒީފާއަށް އެދޭ ފޯމު ނ.ވެލިދޫކައުންސިލްއިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 25 އޭޕްރީލް 2017 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން، ނ.ވެލިދޫކައުންސިލްއިދާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް އަދި ފެކްސް މެދުވެރިކޮށްވެސް  ބަލައި ގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ،  [email protected]އެވެ. ފެކްސް ނަންބަރަކީ، 6560094 ނަންބަރު އެވެ. އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.

  

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

 

 

 

 

 

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ،  2017  މެއި 2 އާއި 3 އާއި ދެމެދު، ނ.ވެލިދޫކައުންސިލްގެ އިދާރާގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

 

 

 

 

 

 

 

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10އަށް ވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް  ކުރިމަތިލާފައިވާ  ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

 

  ވަޒީފާއަށް އެންމެ ގާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  • ތަޢުލީމާއި ތަމްރީނު (ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިން ސައްތަ%: 38
  • އިމްތިހާން (ސިވިލްސަރވިސް ވަޒީފާއަށްވަނުމަށްދެވޭ) ދަށްވެގެންލިބެންޖެހޭ ޖުމްލަ އިން ސައްތަ%: 5
  • · މަސައްކަތުގެ ތަޖުރިބާ (ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިން ސައްތަ  14%:
  • · އިންޓަރވިއު އަދި ޕްރެޒެންޓޭޝަން ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިން ސައްތަ43% :

 

 

 

ޝޯޓްލިސްޓް ކުރުން:

 

 

މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައި ޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެންލިބެން ޖެހޭ ޖުމްލަ އިންސައްތަ

އިތުރު މަޢުލޫމާތު:

              އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ މިއިދާރާގެ 6560010 ނަމްބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ 6560030 އެވެ. މެއިލް ކުރައްވާނީ  [email protected] އަށެވެ.

އަދި ދަންނަވަމެވެ. މިއިއުލާނާގުޅިގެން ، މިމަޤާމަށް މީހަކުހޯދުމަށް މިއިދާރާއިންކޮށްފައިވާ ނަންބަރު  (IUL)297-AD/297/2017/03    (15 މާރޗް 2017) އިޢުލާނުގެ މުއްދަތު ހަމަވިއިރު ހުށައަޅާފައިވާ އެއްވެސް ފަރާތެއްގެ ޝަރުޠު ފުރިހަމަވެފައިނުވާތީ އެއިޢުލާންވަނީ ބާޠިލްކުރެވިފައެވެ.

 

                   

15 ރަޖަބް 1438  

12 އޭޕްރީލް 2017

12 އޭޕްރިލް 2017
ހޯދާ