މޯލްޑިވްސް މީޑިއާ ކައުންސިލް
ދިވެހިރާއްޖެ
ދެންނެވުން

2 ރަޖަބު 1438

30 މާރިޗު 2017

ދެންނެވުން

ނަންބަރު: 2017/1

 

 މީހުންގެ އަބުރަށާއި ޢިއްޒަތަށާއި ނަމަށާއި ކަރާމާތަށާއި ޤަދަރަށް އުނިކަން ލިބޭގޮތަށް ޚަބަރާއި މަޢުލޫމާތު ފެތުރުމަކީ، މާތްވެގެންވާ އިސްލާމްދީނުގެ އަޞްލު އުޞޫލުތަކާއި، އަދި ދިވެހިރާއްޖޭގެ ޤާނޫނާއި ގަވާއިދުތަކާ ޚިލާފު ކަމެކެވެ. ޚާއްޞަކޮށް އަޅުގަނޑުމެންގެ ތެރެއިން އަޚެއް ނުވަތަ އުޚުތެއް މިދުނިޔެއާ ވަކިވެގެންދާ ހިތާމަވެރި ހިތްދަތި ދަނޑިވަޅުގައި، އޭނާގެ ޢާއިލާގެ އަފުރާދުންނަށް އިތުރު ހިތްދަތިކަން ލިބޭނެހެން ޚަބަރާއި މަޢުލޫމާތާއި ފޮޓޯއާއި ކޮމެންޓް ފަދަ ތަކެތި ޝާއިޢުކުރުމަކީ، ދީނީ ގޮތުން ވެސް އަދި ޤާނޫނީ ގޮތުން ވެސް ހުއްދަވެގެންވާ ކަމެއް ނޫނެވެ. ނަމަވެސް މިއާ ޚިލާފަށް ބައެއް ފަރާތްތަކުން ޢަމަލުކުރަމުންދާތަން ފެންނަމުން އެބަދެއެވެ.

 

ވީމާ، އެފަދަ ޚަބަރާއި މަޢުލޫމާތާއި ފޮޓޯއާއި ކޮމެންޓް، މީޑިއާގެ އެއްވެސް ވަސީލަތެއްގައި ޝާއިޢުނުކުރުމަށް މީޑިއާގެ އެންމެހައި ފަރާތްތަކަށް ހަނދާންކޮށްދީ އިލްތިމާސްކުރަމެވެ.

30 މާރިޗު 2017
ހޯދާ