ހައްދުންމަތީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
2016 ވަނަ އަހަރުގެ އަހަރީ ރިޕޯޓްހުށަހެޅުމާއި 2017 ވަނަ އަހަރުގެ ބަޖެޓް ފާސްކުރުމާއިގުޅޭ

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ (2010/7)ގެ 108 ވަނަ މާއްދާގެ (ށ) ގެދަށުން ރަށުކައުންސިލްތަކުން ކޮންމެ އަހަރެއްގެ ޖެނުއަރީ މަހުގެ 10 ވަނަ ދުވަހުގެ ކުރިން، ފާއިތުވީ އަހަރު ކައުންސިލުން ހިންގި ހަރަކާތްތަކުގެ ތަފްޞީލް ރިޕޯޓް އަތޮޅު ކައުންސިލްގެ އިދާރާއަށް ހުށަހެޅުމަށް ލާޒިމްކުރެއެވެ.

އަދި ހަމައެހެންމެ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 96 ވަނަ މާއްދާގެ ދަށުން، ކައުންސިލަށް ލިބޭ ޢާމްދަނީއާއި އެކި ގޮތްގޮތުން ލިބޭއެހީއާއި ނަގާ ލޯނަށް ބަލައިގެން ހިނގާ އަހަރުގެ ކައުންސިލްގެ ބަޖެޓް އެއަހަރުގެ ޖެނުއަރީ މަހުގެ 15 ވަނަ ދުވަހުގެ ކުރިން ފާސްކުރަންޖެހެއެވެ.

ޤާނޫނުގައިވާގޮތަށް ޖެނުއަރީ 10 ވަނަ ދުވަހުގެ ކުރިން، ރަށުކައުންސިލްތަކުން 2016 ވަނަ އަހަރު ހިންގި ހަރާކާތްތަކުގެ ތަފްޞީލް ރިޕޯޓް ހުށަހަޅާފައިވަނީ ތިރީގައިމިވާ 07 ރަށު ކައުންސިލް އިދާރާއިންނެވެ.

  1. ހައްދުންމަތީ ކަލައިދޫ ކައުންސިލްގެ އިދާރާ
  2. ހައްދުންމަތީ ގަން ކައުންސިލްގެ އިދާރާ
  3. ހައްދުންމަތީ ފޮނަދޫ ކައުންސިލްގެ އިދާރާ
  4. ހައްދުންމަތީ މާމެންދޫ ކައުންސިލްގެ އިދާރާ
  5. ހައްދުންމަތީ ހިތަދޫ ކައުންސިލްގެ އިދާރާ
  6. ހައްދުންމަތީ ކުނަހަންދޫ ކައުންސިލްގެ އިދާރާ
  7. ހައްދުންމަތީ މާވަށް ކައުންސިލްގެ އިދާރާ

 

ޤާނޫނުގައިވާގޮތަށް ޖެނުއަރީ 15 ވަނަ ދުވަހުގެ ކުރިން، ރަށުކައުންސިލްތަކުން 2017 ވަނަ އަހަރުގެ ކައުންސިލްގެ ބަޖެޓް ފާސްކޮށްފައިވަނީ ތިރީގައިމިވާ 08 ރަށު ކައުންސިލް އިދާރާއިންނެވެ.

  1. ހައްދުންމަތީ ކަލައިދޫ ކައުންސިލްގެ އިދާރާ
  2. ހައްދުންމަތީ މާބައިދޫ ކައުންސިލްގެ އިދާރާ
  3. ހައްދުންމަތީ މުންޑޫ ކައުންސިލްގެ އިދާރާ
  4. ހައްދުންމަތީ ގަން ކައުންސިލްގެ އިދާރާ
  5. ހައްދުންމަތީ ފޮނަދޫ ކައުންސިލްގެ އިދާރާ
  6. ހައްދުންމަތީ މާމެންދޫ ކައުންސިލްގެ އިދާރާ
  7. ހައްދުންމަތީ ހިތަދޫ ކައުންސިލްގެ އިދާރާ
  8. ހައްދުންމަތީ މާވަށް ކައުންސިލްގެ އިދާރާ

 

ރަށުކައުންސިލްތަކުން 2016 ވަނަ އަހަރު ހިންގި ހަރާކާތްތަކުގެ ތަފްޞީލް ރިޕޯޓް ޤާނޫނުގައިވާ ތާރީހަށް މިއިދާރާއަށް ހުށަހެޅި ކައުންސިލްތަކަށާއި، ޤާނޫނުގައިވާ ތާރީހަށް ބަޖެޓް ފާސްކުރި ކައުންސިލްތަކުން އެކައުންސިލްގެ ޤާނޫނީ ޒިންމާ އަދާކޮށްފައިވާތީ އެކަން ފާހަގަކޮށް މަރުހަބާ ދަންނަވަމެވެ. އަދި ބަޖެޓް ފާސްކޮށްފައިނުވާ ރަށުކައުންސިލްތަކުން، ދިވެހިރާއްޖޭގެ އިދާރީ

ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ (2010/7)ގެ 96 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން 2017 ވަނަ އަހަރުގެ ބަޖެޓް ފާސްކުރެވެންދެން ކައުންސިލްގައި އެނޫން މައްސަލައަކާއިބެހޭގޮތުން މަޝްވަރާނުކުރުމަށް ދަންނަވަމެވެ.

18 ޖެނުއަރީ 2017

18 ޖަނަވަރީ 2017
ހޯދާ