މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
10 ބްލޮކު އެޅުމާއި، ނެރުގެ ބޭރުކޮޅުގައި ދެ ފައިކަށި ބަހައްޓައި ބްލޮކު އަޅައިދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

މިރަށު ފަޅުގައި 10 ބްލޮކު އެޅުމާއި، ނެރުގެ ބޭރުކޮޅުގައި ދެފައިކަށި ބަހައްޓައި ބްލޮކު އަޅައިދޭނެ ފަރާތެއް ހޯދުމަށް ކުރި ނަންބަރު: IUL303-AS/303/2016/44 އިޢުލާނަށް އެކަށީގެންވާ އިޖާބަ ލިބިފައިނުވާތީ، 3 ވަނަ ފަހަރަށް އެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ސުރުޚީގައި ދެންނެވިފައިވާ މަސައްކަތްތައް މި އިދާރާއިން ފޯރުކޮށްދޭ މަޢުލޫމާތާ އެއްގޮތަށް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ، ސުރުޚީގައި ދެންނެވިފައިވާ މަސައްކަތް މި އިދާރާއިން ދޭ މަޢުލޫމާތާ އެއްގޮތަށް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރުމަށް ވަޑައިގަންނަވާނީ 2016 އޮގަސްޓު 22 ވާ ހޯމަދުވަހުގެ 10:30 އަށް މި އިދާރާއަށެވެ. ޕްރޮޕޯޒަލް ހުށަހެޅުން އޮންނާނީ ރ. އުނގޫފާރު ކައުންސިލުގެ އިދާރާގައި 2016 އޮގަސްޓު 28 ވާ އާދީއްތަދުވަހުގެ 11:30 ގައެވެ. އަދި މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކަށް ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުޞަތެއް ނޯންނާނެއެވެ.

މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުގެ ތެރެއިން އެއްވެސް ބޭފުޅަކަށް މަޢުލޫމާތު ސާފުކުރުމަށް ވަޑައިގެންނެވެން ނެތްފަދަ ޙާލަތެއް ދިމާވެއްޖެނަމަ، ބަދަލުގައި އެހެން ފަރާތެއް ފޮނުވާނަމަ، ބަދަލުގައި ފޮނުވިކަން އެނގޭނޭ ސިޓީއެއް، އަދި ކުންފުންޏަކުން ފޮނުވާނަމަ، އެއީ ކޮން ކުންފުންޏެއް ތަމުސީލުކުރާ ފަރާތެއްކަން އެނގޭނޭ ކުންފުނީގެ ލެޓަރހެޑުގައި ލިޔެފައިވާ ސިޓީއެއް ހިއްޕަވައިގެން ވަޑައިގަތުމަށް އެދި ދަންނަވަމެވެ. އަންދާސީހިސާބު ހުށަހަޅަނީ ކުންފުންޏެކުން ނުވަތަ ޕާޓްނަރޝިޕަކުން ނުވަތަ އަމިއްލަ ފަރުދުންގެ ވިޔަފާރިއަކުންނަމަ، އެތަނެއްގެ ރަޖިސްޓަރީގެ ކޮޕީ ހުށަހަޅަންވާނެއެވެ. މި މަސައްކަތަށް އެދި ހުށަހަޅާ ޕްރޮޕޯޒަލް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކޮށްފައެވެ. ސިޓީއުރައިގެ ބޭރުގައި "އުނގޫފާރު ފަޅުގައި އަޅާ ބްލޮކުތައް އެޅުމުގެ މަސައްކަތާ ބެހޭ ޕްރޮޕޯޒަލް" މިހެން ލިޔެފައި އޮންނަންވާނެއެވެ. މީގެ އިތުރުން ޕްރޮޕޯޒަލް ހުށަހަޅާ ފަރާތުގެ ނަމާއި، އެޑްރެހާއި، ފޯނު ނަންބަރު ސިޓީއުރައިގެ ބޭރުގައި ލިޔެފައި އޮންނަންވާނެއެވެ.

އިތުރު މަޢުލޫމާތު ސާފުކުރުމަށް ރަސްމީގަޑީގައި މި އިދާރާގެ ނަންބަރު 6580118 ފޯނާ ގުޅުއްވުން އެދެމެވެ.

ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

12 ޛުލްޤަޢިދާ 1437

15 އޮގަސްޓް 2016
ހޯދާ