އަމީނިއްޔާ ސްކޫލް
ދިވެހިރާއްޖެ
ޓްރޮފީ ހަދައިދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

ޓްރޮފީ ހަދައިދޭނެ ފަރާތެއް ހޯދުމަށް

މި ސްކޫލުގެ 2015 ވަނަ އަހަރުގެ ޕްރައިޒް ޑޭ ގެ ޓްރޮފީ ހަދައިދޭނެ ފަރާތެއް ހޯދުމަށް ކުރި، މި ސްކޫލުގެ ނަންބަރު AS-B/IU/2016/54 (21 ޖުލައި 2016) އިއުލާނަށް އެއްވެސް ފަރާތަކުން އަންދާސީހިސާބު ހުށަހަޅާފައި ނުވާތީ އެ އިއުލާނން ބާޠިލުކުރަމެވެ.

ވީމާ، މި މަސައްކަތް ކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހުށައެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުމަށް

އަންދާސީހިސާބު ހުށަހެޅުމަށް

2016 އޮގަސްޓު 14 ވާ އާދީއްތަ ދުވަހުގެ 11:00 އަށް

2016 އޮގަސްޓު 17 ވާ ބުދަ ދުވަހުގެ 11:00 އަށް

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައެއް ނުވެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3325762, 331346 ނަންބަރު ފޯނާއެވެ.

4 ޛުލްޤަޢިދާ 1437

 

 

07 އޮގަސްޓް 2016
ހޯދާ