މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
މޭޑް އިން މޯލްޑިވްސް ސްކީމް އިފްތިތާޙް ކުރުމާގުޅޭގޮތުން މަސައްކަތްތެރިންނާ ބައްދަލުކުރުން

އިޢުލާން

"މޭޑް އިން މޯލްޑިވްސް" ސްކީމް އިފްތިތާޙް ކުރުމާގުޅޭގޮތުން މަސައްކަތްތެރިންނާ ބައްދަލުކުރުން

ދިވެހި ރާއްޖޭގެ އުފެއްދުންތައް ކުރިއަރުވައި، ޕްރޮމޯޓްކޮށް އަދި ރާއްޖޭގެ އުފެއްދުންތަކަށް ހަމަ އަގު ލިބޭނެގޮތް ފަހިކުރުމުގެ ބޭނުމުގައި، ރާއްޖޭގެ އުފެއްދުމެއްކަން އަންގައިދޭ މަރުކާ، ރާއްޖޭގެ އުފެއްދުންތަކުގައި ޖަހައިދެވޭނެ އުސޫލެއް ނުވަތަ ސެޓިފިކޭޝަން ސްކީމެއް ތަޢާރަފުކުރުމަށް މި މިނިސްޓްރީން ކުރަމުންދާ މަސައްކަތުގައި، "މޭޑް އިން މޯލްޑިވްސް" ސްކީމް އެކުލަވައިލެވި އެ ސްކީމް އިފްތިތާޙުކުރުމާ ގުޅޭގޮތުން، މަސައްކަތް ތެރިންނާ ބައްދަލުކޮށް، އެފަރާތްތަކުގެ މަޝްވަރާ ހޯދުމަށް ބޭނުންވެއެވެ. މި ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ 2016 އޮގަސްޓު 9 ވާ އަންގާރަ ދުވަހުގެރޭ 8:30 ގައި އޯކިޑް މާލަމް (އައި.ޖީ.އެމް.އެޗް ހޯލް) ގައެވެ.

ވީމާ، މިބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަންނަވަން ޝައުޤުވެރިވާ ބޭފުޅުން 2016 އޮގަސްޓު 8 ވާ ހޯމަ ދުވަހު އޮފީސް ބަންދުވުމުގެ ކުރިން މި މިނިސްޓްރީއަށް އަންގަވައި ދެއްވުން އެދެމެވެ.

މި ބައްދަލުވުމާ ގުޅޭ އިތުރު މަޢުލޫމާތު ހޯއްދެވުމަށް، އަދި ބައްދަލުވުމުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން، މި މިނިސްޓްރީގެ ނަންބަރު 3333154 އަށް ގުޅުއްވުން އެދެމެވެ. ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.

04 އޮގަސްޓް 2016
ހޯދާ