ހިރިމަރަދޫ ސުކޫލް، ހދ. ހިރިމަރަދޫ
ދިވެހިރާއްޖެ
ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން

މި ސްކޫލުގެ ސެކިއުރިޓީ ބެލެހެއްޓުން އައުޓްސޯސް ކުރުމުގެ އެއްބަސްވުމުގެ މުއްދަތު ހަމަވުމުގެ ކުރިން އެއްބަސްވުން ބާޠިލުކުރެވިފައިވާތީ، 2016 އޮގަސްޓު 10 އިން ފެށިގެން 2016 ޑިސެންބަރު 31 ގެ ނިޔަލަށް ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މިކަން ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ތާވަލުގައިވާ ގޮތުގެމަތިން ސްކޫލް އޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަދި މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. އަދި ބަދަލުގައި މީހަކު ފޮނުއްވާނަމަ، ބަދަލުގައި ފޮނުއްވި މީހެއްކަން އެނގޭނެ ލިޔުމަކާއެކު ފޮނުއްވުން އެދެމެވެ.

          މަޢުލޫމާތު ސާފުކުރެއްވުން

         އަންދާސީހިސާބު ހުށަހެޅުއްވުން

24 ޖުލައި 2016 ވާ ބުދަ ދުވަހުގެ 13:30ގައި

02 އޮގަސްޓު 2016 ވާ އަންގާރަ ދުވަހުގެ 13:30ގައި

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ ރަސްމީ ބަންދު ނޫން ދުވަސްދުވަހުގެ ހެނދުނު 08:00 އިން 14:00 އަށް 6520536 ، 9839886 ނަންބަރު ފޯނާއެވެ.

13 ޖުލައި 2016
ހޯދާ