ހައުސިންގ ޑިވެލޮޕްމަންޓް ފިނޭންސް ކޯޕަރޭޝަން ޕލކ
ދިވެހިރާއްޖެ
12 ވަނަ އަހަރީ އާންމު ޖަލްސާއާބެހޭ

ނޫސް ބަޔާން

ހައުސިންގ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެޗް.ޑީ.އެފް.ސީ) ގެ 12 ވަނަ އަހަރީ އާންމު ޖަލްސާ 2016 މޭ 21 ވީ ހޮނިހިރު ދުވަހުގެ 14:00 ގައި ހޮޓެލް ޖެންގައި ވަނީ ބާއްވާފައެވެ.

މިފަހަރުގެ އާންމު ޖަލްސާގައި ވޭތުވެދިޔަ 2015 ވަނަ އަހަރުގެ މާލީ ހިސާބުތައް ފާސްކުރުމުގެ އިތުރުން 2015 ވަނަ އަހަރުގެ ކުންފުނީގެ އެކްސްޓަރނަލް އޮޑިޓަރުންގެ ގޮތުގައި ކޭ.ޕީ.އެމް.ޖީ އަދި އިންޓަރނަލް އޮޑިޓަރުންގެ ގޮތުގައި ޕީ.ޑަބްލިއު.ސީ ވަނީ އައްޔަނުކޮށްފައެވެ. އަދި ހިއްސާދާރުންގެ ފައިދާގެ ގޮތުގައި ހިއްސާއަކަށް 17/50 (ސަތާރަ ރުފިޔާ ފަންސާސް ލާރި) ބެހުމަށް ވަނީ ފާސްކުރެވިފައެވެ.

22 މޭ 2016 ން ފެށިގެން ހިއްސާދާރުންނަށް ޑިވިޑެންޑް ދޫކުރުމުގެ ކަންތައް ވަނީ ހަމަޖެހިފައެވެ. އަދި ކުންފުނީގެ އަހަރީ ރިޕޯޓް މި ކުންފުނީގެ މައި އޮފީހުންނާއި، ވެބްސައިޓް www.hdfc.com.mv ން ލިބޭގޮތަށް ހަމަޖެހިފައިވާ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

22 މޭ 2016
ހޯދާ