ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން
ދިވެހިރާއްޖެ
ހުޅުމާލޭގައި ގާއިމުކުރުމަށް ހަމަޖެހިފައިވާ ފްލެޓްތަކުގެ ކުރެހުމާބެހޭ

އިޢުލާން

އަންދާސީހިސާބު ބޭނުންވެއްޖެ

ހުޅުމާލޭގައި ގާއިމުކުރުމަށް ހަމަޖެހިފައިވާ "ހިޔާވެހި" ފްލެޓްތަކުގެ ކުރެހުމާއި، ބީ.އޯ.ކިއު މި ކޯޕަރޭޝަނުން ދޭ މަޢުލޫމާތާ އެއްގޮތަށް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރެވުނު ނަމްބަރު: HDC (161)-A/IU/201/30 އިޢުލާނާއި ގުޅިގެން އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީ، އެ އިޢުލާނު ބާޠިލުކޮށް އަލުން މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން އިޢުލާނުކުރަމެވެ.

ވީމާ، މި މަސައްކަތް ކޮށްދެއްވަން ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 މޭ 16 ވާ ދުވަހުގެ 14:00 އަށް ހުޅުމާލޭގައި ހުންނަ މި ކޯޕަރޭޝަނުގެ މައި އޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2016 އޭޕްރިލް 22 ވަނަ ދުވަހުގެ 10:00 އަށް (ބިޑް ޑޮކިއުމެންޓްގައި ބަޔާންކުރެވިފައިވާ މައުލޫމާތު ފުރިހަމަ ކުރެއްވުމަށްފަހު) ހުޅުމާލޭގައި ހުންނަ މި ކޯޕަރޭޝަނުގެ މައި އޮފީހުގެ މީޓިންގ ރޫމަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. ޕްރީބިޑް މީޓިންގަށް ހާޒިރުނުވާ ފަރާތްތަކަށް ބިޑް ހުށަހެޅުއްވުމުގެ ފުރުސަތު ނޯންނާނެ ވާހަކަ މި ފުރުސަތުގައި ދަންނަވަމެވެ.

މި ބިޑްގެ ޑޮކިއުމެންޓް މި ކޯޕަރޭޝަންގެ ވެބްސައިޓް http://hdc.com.mv/announcements އިން ލިބެން ހުންނާނެ ވާހަކަ މައުލޫމާތަށްޓަކައި ދަންނަވަމެވެ.

އަދި އިތުރުމަޢުލޫމާތު ބޭނުންފުޅު ވެލައްވާނަމަ އެޗް.ޑީ.ސީގެ 3355144 ފޯނާއި ގުޅުއްވާ މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

05 ޝަޢުބާން 1437

12 މޭ 2016
ހޯދާ