މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މަޤާމް :ސްޓެޓިސްޓިކްސް އޮފިސަރ ގްރޭޑް 1
ބޭނުންވާ އަދަދު :2

ވަޒީފާގެ ފުރުޞަތު

އެއަރޕޯޓްތައް ތަރައްޤީކޮށް ހިންގުމުގައި ރާއްޖޭގައި އެންމެ ޤާބިލު އަދި ތަޖުރިބާހުރި މިކުންފުނީގެ ވަޒީފާ އަދާކުރާހިތްވާ، ކަމަށް ޤާބިލު އުފެެއްދުންތެރި ހީވާގި އަދި ނަތީޖާ ހާސިލު ކުރެވޭނެ ފަރާތްތަކަށް ތިރީގައި ބަޔާންކުރުމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލަމެވެ.

މަޤާމު: ސްޓެޓިސްޓިކްސް އޮފިސަރ ގްރޭޑް 1

ބޭނުންވާ އަދަދު: 02  

މަސައްކަތް ކުރަންޖެހޭ ތަން: އިބްރާހީމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓް ( ހުޅުލެ )/ ސްޓެޓިސްޓިކްސް އެންޑް ޓްރާންސްޕޯޓް  

ޝަރުޠު:

- ބެޗްލަރ ޑިގްރީ/ޑިޕްލޮމާ އިން ސްޓެޓިސްޓިކްސް ނުވަތަ ގުޅުންހުރި ދާއިރާއަކުން ސެޓުފިކެޓު ހާސިލުކޮށްފައިވުން.

  • ފަރިތަކަމާއެކު މައިކްރޯސޮފްޓް އޮފީސް ޕެކޭޖް ބޭނުންކުރަން އެނގުން.

  • ތަފާސްހިސާބުގައި ބޭނުންކުރެވޭ ޓާރމްސް އާއި ކޮންސެޕްޓް ރަނގަޅަށް އެނގުން.

  • އިނގިރޭސިބަހުންނާއި ދިވެހިބަހުން ރަނގަޅަށް މުޢާމަލާތްކުރަން އެނގުން.

  • ހަވާލުކުރާ މަސައްކަތް ކަނޑައެޅިފައިވާ ވަގުތުތަކަށް ނިންމުން.

  • ޓީމަކާ އެއްކޮށް މަސައްކަތްކުރުމުގެ ޤާބިލުކަން ހުރުން.

  • އުމުރު: 21 އަހަރާއި 35 އަހަރާ ދެމެދުގެ ފަރާތަކަށްވުން.

    މުސާރައާއި އިނާޔަތްތައް: މަހަކު -/11,000 އާއި -/13،000 ރުފިޔާއާ ދެމެދު.

    ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތް:

  • ތަފާސްހިސާބަށް ބޭނުންވާ މަޢުލޫމާތު ކޮމްޕެނީގެ ޑިޕާޓްމަންޓް/ސެކްޝަންތަކުން ހޯދައި އެއްކޮށް އެނަލައިޒްކުރުން.

  • ޤާއިމުކުރެވިފައިވާ އުސޫލުތައް ބޭނުންކޮށްގެން ސްޓެޓިސްޓިކަލް ސަރވޭކުރުމާއި، މަޢުލޫމާތުތައް އަޅާކިޔައި، ޞައްޙަ މަޢުލޫމާތުތޯ ޔަގީންކުރުން.

  • ބޭނުންވާ މަޢުލޫމާތު އެއްކުރާނެ ކޮންސެޕްޓެއް އުފެއްދުން، އަދި މިފަދަ މަޢުލޫމާތަކީ ކުންފުނީގެ ސިއްރު މަޢުލޫމާތަށް ވީހިނދު، އެ ސިއްރު ދެމެހެއްޓުން.

ހުށަހަޅަންޖެހޭ ލިޔުންތައް:    

- ސީވީ އާއި ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ

  •  ސްކޫލް ލީވިންގ ސެޓުފިކެޓުގެ ކޮޕީ

  •  ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ކޮޕީ  

  •  ކުރިން އަދާކޮށްފައިވާ ވަޒީފާތަކާ ގުޅޭ ލިޔެކިޔުންތަކުގެ ކޮޕީ

  •  3 މަސްދުވަސް ހަމަނުވާ ޕޮލިސްރިޕޯޓް

    ކުރިމަތިލުމުގެ ސުންގަޑި: 20 އެޕްރީލް 2016 ވަނަ ދުވަހުގެ 16:00

    ވަޒީފާއަށް އެދޭ ސިޓީ އެޑްރެސް ކުރައްވާނީ:

ޖެނަރަލް މެނޭޖަރ، ހިއުމަން ރިސޯސަސް

މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް

ކޯޕަރޭޓް އޮފީސް ، ހުޅުލެ ، ދިވެހިރާއްޖެ

އިތުރު މަޢުލޫމާތު : ފޯނު –  3325511

ނޯޓް: ކޮންމެ މަޤާމަކަށްވެސް އެދެންވާނީ ވަކިސިޓީއަކުންނެވެ. އަދި ސިޓީއާއެކު ކަމާބެހޭ ލިޔުންތައް ހުށަހަޅަންވާނެއެވެ. މި މަޤާމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަނުވާ ފަރާތްތަކާއި، ލިޔުންތަކުގެ ކޮޕީ ނެތް ފަރާތްތަކުގެ ސިޓީ އަދި ފޯމު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

13 އޭޕްރިލް 2016
ހޯދާ