ތިލަދުންމަތީ ދެކުނުބުރީ މަކުނުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސައްކަތު (މިސްކިތު)

އިޢުލާން

ވަޒީފާގެ ފުރުޞަތު:

ތިރީގައި މި ބަޔާންކުރާ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވައިލަމެވެ.

މަޤާމް:

މަސައްކަތު (މިސްކިތު)

ސެކްޝަން:

މަކުނުދޫ ކައުންސިލްގެ އިދާރާ

ޔުނިޓް:

އިކޮނޮމިކް، ސޯޝަލް އެންޑް މުނިސިޕަލް ސަރވިސަސް

މަޤާމުގެ ގިންތި:

ވަގުތީ (ވޭޖް އުޞޫލުން 3 މަސްދުވަހަށް)

މުސާރަ (މަސައްކަތްކުރާ ދުވަހަކަށް):

136/67 ރުފިޔާ (ސަތޭކަ ތިރީސް ހަރުފިޔާ ފަސްދޮޅަސް ހަތްލާރި)

ބޭނުންވާ އަދަދު:

5 (ފަހެއް)

މަޤާމުގެ ޝަރުޠު:   

1. ލިޔަންކިޔަންދަތުމާއެކު، މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލްކަން ލިބިފައިވުން.

2- ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ، ޞިއްޙަތު ރަގަނޅު މީހެއްގަމުގައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

1. ކައުންސިލުން ކަނޑައަޅާ މިސްކިތެއްގައި، ކައުންސިލުން ކަނޑައަޅާ އުޞޫލެއްގެމަތިން، މިސްކިތު އިމާމުގެ އިރުޝާދާ އެއްގޮތަށް ފަރުވާތެރިކަމާއެކު، އިޚްލާޞްތެރިކަމާއެކު މަސައްކަތް ކުރުން.

2. ކޮންމެ ނަމާދު ވަގުތެއް ޖެހުމުގެ ކުރިން މިސްކިތަށް ހާޒިރުވެ، މިސްކިތުގެ ވަޅުދޮށާއި، ވުޟޫކުރާ އިސްކުރުބަރިތަކާއި، ފާޚާނާއާއި މިސްކިތްތެރެ ފޮޅައި ސާފުކުރުން.

3. މިސްކިތުގެ އެންމެހައި ދޮރުތަކާއި ބިއްލޫރިތައް ސާފުކުރުމާއި، ފަންކާތަކާއި، ބޮކިތައް ފޮހެ ސާފުކުރުން.

4. މިސްކިތްތެރޭގައި ހުންނަ ސޯކޭސްތަކާއި ކަބަޑުތައް ސާފުކޮށް، މުޞްޙަފްތަކާއި އެހެނިހެން އެފަދަ ފޮތްތައް ފޮޅައި ސާފުކޮށް ތަރުތީބުކޮށް ބެހެއްޓުން.

5. މިސްކިތުގެ އެތެރެއާއި ބޭރުގައި ޖަހާފައިވާ ތަށިމުށިތައް ފޮޅައި ސާފުކޮށް މޮޕުކުރުން.

6. މިސްކިތުގެ ދިޔަދޮވިތައް ސާފުކޮށް، މިސްކިތުގެ ފެންވަޅު ދިޔަހިއްކައި، ގޯތިތެރެއާއި އިންވެގެންހުރި މަގުތަކުގައި ފަޅާވިނަތައް ނޮޅައި ސާފުކޮށް، ކުނިކަހައި ބެލެހެއްޓުން.

7.  ކައުންސިލުން އަންގާ ގޮތެއްގެމަތިން މިސްކިތުގެ ގޯތިތެރޭގައި ބަގީޗާ އިންދައި، ބަގީޗާ ހައްދައި ބެލެހެއްޓުމާއި، މިސްކިތުގެ މާހައުލަކީ މީހުންނަށް ހިތްފަސޭހަ ތަނަކަށް ހެދުމަށްޓަކައި އިސްނަގައިގެން މަސައްކަތް ކުރުން.

8. މިސްކިތަށް ލިބޭ ގެއްލުންތައް ބަލައި އިމާމަށް ރިޕޯޓު ކުރުމާއި، އަނދާ ހޮޅިބުރި، ބޮކި ފަދަ ތަކެތި ބަދަލުކޮށް ހެދުން.

9. ކައުންސިލާއި، ސަރުކާރުން ރައްޔިތުންގެ ލާބައާއި، މަންފާއަށް ކުރެވޭ އެންމެހައި މަސައްކަތްތަކުގައި ޢަމަލީގޮތުން ބައިވެރިވެ އެއްބާރުލުން ދިނުން.

10. ލޯކަލް ކައުންސިލްގެ ޤާނޫނު ނުވަތަ އެހެންވެސް ޤާނޫނަކުން ކައުންސިލްތަކަށް ލާޒިމްކުރާ އެންމެހައި ކަންތައްތަކަށް ޢަމަލީގޮތުން އެހީތެރިކަން ދިނުން.

11. ކައުންސިލްގެ މަސައްކަތްތަކާ ގުޅިގެން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން.

ސުންގަޑި:

2016 އެޕްރީލް 19 ވާ އަންގާރަ ދުވަހުގެ 14.00 ގެ ކުރިން، ތިލަދުންމަތީ ދެކުނުބުރީ މަކުނުދޫ ކައުންސިލްގެ އިދާރާއަށް.

ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:  

1. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު

2- ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ.

3- ލިބިފައިވާ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީ.

4- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

5- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)

ނޯޓް: ވަޒީފާގެ އިންޓަވިއުއަށް ހޮވޭ ފަރާތްތަކުން، އިންޓަވިއުއަށް ހާޒިރުވާއިރު، މަތީގައި ބަޔާންކުރެވިފައިވާ ލިޔެކިޔުންތަކުގެ އަސްލު ގެންނަންވާނެއެވެ.

އިންޓަވިއު:
މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ އިންޓަވިއުއަށް ހާޒިރުވާންޖެހޭ ގަޑިއާއި، ތާރީޚު ފަހުން އެންގޭނެއެވެ.

އިތުރު މަޢުލޫމާތު:

  • މި ވަޒީފާއަށް ހޮވޭ ފަރާތްތަކުން މަސައްކަތްތަށް ނުކުންނަންޖެހޭނީ، ކައުންސިލްގެ އިދާރާއިން އަންގާ ދުވަސްތަކުގައެވެ. މުއްދަތު ގުނޭނީ، ވަޒީފާއަށް ނުކުންނަ ދުވަސްތަކަށެވެ.
  • މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރުމަށް ބޭނުންވާނަމަ، މި އިދާރާގެ 6520038 ނަންބަރު ފޯނާ، ރަސްމީ ގަޑީގައި ގުޅުން އެދެމެވެ.

4 ރަޖަބު 1437

11 އޭޕްރިލް 2016
ހޯދާ