މާޅޮސްމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޕްލޭނިންގ އޮފިސަރ، ލޯންޗް ޑްރައިވަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް: ޕްލޭނިންގ އޮފިސަރ

މަޤާމުގެ ނަންބަރު: J-221475

ސަރވިސް: ސަޕޯޓް އޮފިސަރ

މަޤާމުގެ ގިންތި: ދާއިމީ

މަޤާމުގެ ރޭންކް: އެމް. އެސް. 1 (ޓެކްނިކަލް އޮފިސަރ ގްރޭޑް 1)

މަޤާމުގެ ކްލެފިކޭޝަން: ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ވަޒީފާ އަދާކުރަންޖެހޭ ތަނާއި ރަށް: މާޅޮސްމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ / ރ. އުނގޫފާރު

ޔުނިޓް: ޕޮލިސީ ޕްލޭނިންގ ރިސާޗް އެންޑް މޮނިޓަރިންގ

ސެކްޝަން: އެޓޯލް ޑިވެލޮޕްމަންޓް

މުސާރަ: މަހަކު -/5،610 ރުފިޔާ

ސަރވިސް އެލަވަންސް: މަހަކު -/2،000 ރުފިޔާ

އެހެނިހެން ޢިނާޔަތްތައް: ދަތުރު އެލަވަންސާއި، އިތުރުގަޑީގައި މަސައްކަތް ކޮށްފިނަމަ، އިތުރުގަޑީގެ ފައިސާއާއި، ބަންދުދުވަސްތަކުގައި މަސައްކަތް ކޮށްފިނަމަ، ބަންދު ދުވަހުގެ ފައިސާއާއި، ރަމަޟާންމަހުގެ ޚާއްޞަ ޢިނާޔަތުގެ ފައިސާ ފަދަ، ސިވިލް ސަރވިސްގެ ގަވާއިދުން މުވައްޒަފުންނަށް ދިނުމަށް ހަމަޖެހިފައިވާ ފައިސާ، ހަމަޖެހިފައިވާ އުޞޫލުން ހަމަޖެހޭނެއެވެ.

ބޭނުންވާ އަދަދު: 1 (އެކެއް)     

މަޤާމުގެ ޝަރުޠުތައް:

1- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

2– މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

3– މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

1- އަތޮޅުގެ ތަރައްޤީގެ ޕްލޭން އެކުލަވައިލުން.

2- ރަށު ކައުންސިލްތަކުން ރަށް ތަރައްޤީކޮށް، ރަށްވެހިކަމުގެ ޚިދުމަތް ދެމުންގެންދާ މިންވަރު ބެލުން.

3- ރަށު ކައުންސިލްތަކުން ހިންގާ ތަރައްޤީގެ އެކިއެކި މަޝްރޫޢުތައް މޮނިޓަރކުރުމަށް ޕްލޭންކޮށް، އެ ޕްލޭން ރަށު ކައުންސިލްތަކަށް ފޮނުވައި، ޕްލޭނާ އެއްގޮތަށް ހޯދަންޖެހޭ މަޢުލޫމާތު ހޯދައި ބެލެހެއްޓުން.

4- ރަށު ކައުންސިލްތަކުން  ޢަމަލުކުރަމުންގެންދާ  ތަރައްޤީގެ  ޕްލޭނުގެ  މުއްދަތު  ހަމަވުމުގެ 5 މަސްދުވަހުގެ ކުރިން ޤައުމީ ތަރައްޤީގެ ޕްލޭނަށް އަމާޒުކޮށް ކުރިޔަށްއޮތް 5 އަހަރުދުވަހަށް ތައްޔާރުކުރާ ރަށު ތަރައްޤީގެ ޕްލޭން ރަށު ކައުންސިލްތަކުން ތައްޔާރުކޮށް ހޯދުން.

5- އަތޮޅުގެ ރަށްރަށުގެ ތަރައްޤީއަށާއި އަތޮޅު ތަރައްޤީއަށް ފައިސާ ހޯދުމަށް ހަދަންޖެހޭ ޕްރޮޖެކްޓްތައް ހަދައި، ކަމާބެހޭ ފަރާތްތަކަށް ހުށަހެޅުން.

6- އެކިއެކި ޕްރޮޖެކްޓްތައް ހިންގަންއެދޭ ފަރާތްތަކުން ހުށަހަޅަންޖެހޭ  ތިމާވެއްޓަށް  އަސަރުކުރާނެ  މިންވަރު  ބަޔާންކޮށްދޭ  ރިޕޯޓް  ހުށަހެޅުމުން،  އެ  ރިޕޯޓް  ދިރާސާކޮށް،  އެ ޕްރޮޖެކްޓް  ހިންގުމާމެދު  ޤާނޫނުގައިވާ  ގޮތުގެމަތިން  ކުރަންޖެހޭ  ކަންތައްތައް  ކުރުން.

7- ރަށްރަށުގައި ހިންގަމުންދާ ޕްރޮޖެކްޓްތަކުގެ މަޢުލޫމާތު އެއްކޮށް ބެލެހެއްޓުން.

8- ޑީ.އެން.ޕީ ގެ ތަފާސްހިސާބާބެހޭ ޑިވިޜަނަށް މަސައްކަތް ހިނގާގޮތުގެ މަޢުލޫމާތުދީ ގަވާއިދުން ރިޕޯޓްކުރުމާއި، ކަމާބެހޭ ބައްދަލުވުންތަކުގައި ބައިވެރިވުން.

9- އަތޮޅާއި ރަށުފެންވަރުގައި ތަފާސްހިސާބު އެއްކުރުމުގެ މަސައްކަތް ޢަމަލީގޮތުން ސުޕަވައިޒްކުރުމަށްޓަކައި އަތޮޅުގެ ރަށްރަށަށް ދަތުރުކުރުން.

10- އަތޮޅާއި ރަށުފެންވަރުގައި ތަފާސްހިސާބު އެއްކުރުމުގެ މަސައްކަތް ސުޕަވައިޒްކޮށް ވިލަރެސްކުރުން.

11- ބޯހިމެނުމާއި ސަރވޭތަކަށް ބޭނުންވާ ލިސްޓިންގ ރަށުފެންވަރުގައި ނެގުމާއި، މި މަޢުލޫމާތު އަޕްޑޭޓްކުރަން ބޭނުންވާ މިންވަރަކުން އެ މަސައްކަތް ކުރުން.

12- ބޯހިމެނުމާއި ސަރވޭތަކަށް ބޭނުންވާ ރަށުގެ ޗާޓުތައް އަޕްޑޭޓްކޮށް ބެލެހެއްޓުން.

13- ބޯހިމެނުމާއި ސަރވޭތަކުގައި އަތޮޅާއި ރަށުފެންވަރުގައި ހަރަކާތްތެރިވާ އެނިއެމަރޭޓަރުންނާއި ސުޕަވައިޒަރުން ތަމުރީނުކުރުން. 

14- އޮފީހުން ކުރިޔަށްގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި، އޮފީހުގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ހަވާލުކުރެވޭ އެހެނިހެން މަސައްކަތްތައް.

 

މަޤާމް: ލޯންޗް ޑްރައިވަރ

މަޤާމުގެ ނަންބަރު: 221470

ސަރވިސް: ސަޕޯޓް ސަރވިސް

މަޤާމުގެ ގިންތި: ދާއިމީ

މަޤާމުގެ ރޭންކް: އެސް. އެސް. 3 (ސަޕޯޓް ސްޓާފް ގްރޭޑް 3)

މަޤާމުގެ ކްލެފިކޭޝަން: ސަޕޯޓް ސްޓާފް ގްރޭޑް 3

ޔުނިޓް: އެޑްމިނިސްޓްރޭޝަން ހިޔުމަން ރިސޯސް އެންޑް އިންފޮމޭޝަން

ސެކްޝަން: ކޯޕަރޭޓިވް އެފެއާޒް

ވަޒީފާ އަދާކުރަންޖެހޭ ތަނާއި ރަށް: މާޅޮސްމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ / ރ. އުނގޫފާރު

މުސާރަ: މަހަކު -/3،875 ރުފިޔާ

ސަރވިސް އެލަވަންސް: މަހަކު -/1،000 ރުފިޔާ

އެހެނިހެން ޢިނާޔަތްތައް:  ދަތުރު އެލަވަންސާއި، އިތުރުގަޑީގައި މަސައްކަތް ކޮށްފިނަމަ، އިތުރުގަޑީގެ ފައިސާއާއި، ބަންދުދުވަސްތަކުގައި މަސައްކަތް ކޮށްފިނަމަ، ބަންދު ދުވަހުގެ ފައިސާއާއި، ރަމަޟާންމަހުގެ ޚާއްޞަ ޢިނާޔަތުގެ ފައިސާ ފަދަ، ސިވިލް ސަރވިސްގެ ގަވާއިދުން މުވައްޒަފުންނަށް ދިނުމަށް ހަމަޖެހިފައިވާ ފައިސާ، ހަމަޖެހިފައިވާ އުޞޫލުން ހަމަޖެހޭނެއެވެ.

ބޭނުންވާ އަދަދު: 1 (އެކެއް)    

މަޤާމުގެ ޝަރުޠު:

1- މަޤާމަށް ބޭނުންވާ ތަމްރީނެއް/ލައިސަންސެއް/ހުއްދައެއް/ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2- މަޤާމުގެ މަސައްކަތުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 1 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

1- ކުރަންޖެހޭ ދަތުރުތަކަށް ލޯންޗް ތައްޔާރުކޮށް ގަޑިއަށް ފުރުން.

2- ލޯންޗް ފެހިކަހައި ބެލެހެއްޓުން.

3- ލޯންޗް، ފަޅުގައި އޮންނައިރު ހަފްތާއަކު 2 ދުވަހު ލޯންޗް ދޮވެ ފޮޅައި ސާފުކުރުން.

4- ލޯންޗް، ބޯސާގައި އޮންނައިރު ފަރުވާތެރިކަމާއެކު ލޯންޗް ބެލެހެއްޓުން.

5- ލޯންޗަށް ދިމާވާ މައްސަލަތައް ސުޕަވައިޒަރަށް ރިޕޯޓްކުރުން.

6- ލޯންޗާއި އިންޖީނުގެ ކުދިކުދި މަރާމާތުތައް ކުރުން.

7- އަތޮޅު ކައުންސިލް އިދާރާއިން ކުރިޔަށްގެންދާ ޚާޢްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި، އޮފީހުގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ހަވާލުކުރެވޭ އެހެނިހެން ކަންތައްތައް.

އިންޓަވިޔު ބޭއްވުމަށް ހަމަޖެހިފައިވާ ތަނާއި ތާރީޚު:

މި މަޤާމުތަކަށް މީހުން ހޮވުމަށް ބާއްވާ އިންޓަވިޔުއާއި ޕްރެޓިކަލްއާއި އިމްތިޙާނުކުރުން އޮންނާނީ، މާޅޮސްމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައި، 2016 އެޕްރީލް 20 ވާ ބުދަ ދުވަހުގެ 10:00 ގައެވެ.

އެޕްލިކޭޝަން ފޮނުވަންވީ ތަނާއި ތާރީޚު:

މި ވަޒީފާތަކަށް އެދޭ ފަރާތްތަކުން ވަޒީފާއަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު، ފޯމާއެކު ހުށަހަޅަންޖެހޭ ލިއުންތަކާއެކު، 2016 އެޕްރީލް 17 ވާ އާދީއްތަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން، މާޅޮސްމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލްގެ ހުށަހެޅުން އެދެމެވެ. ވަޒީފާއަށް އެދި ހުށަހަޅާ ލިއުންތައް، އީމެއިލުން ނުވަތަ ފެކުހުން ހުށަހެޅިދާނެއެވެ.

ހުށަހަޅަންޖެހޭ ލިއުންތައް:

1- ފުރހިމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު، އަތޮޅު ކައުންސިލް އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.)

2- ތަޢުލީމީ ސެޓފިކެޓްތަކުގެ ކޮޕީ (އެކްރިޑޭޓްކޮށް، އަޞްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަޑު ޖަހާފައިވާ އަޞްލު)

3- މަޤާމަށް ބޭނުންވާ ތަމްރީން/ލައިސަންސް/ހުއްދަ/ސަނަދެއް ހާސިލުކޮށްފައިވާނަމަ، މި ލިޔުން ހުށަހަޅަންވާނެއެވެ.

4- ސަރުކާރުގެ ނުވަތަ ސިވިލް ސަރވިސްއަށް ޚިދުމަތްކުރުމަށް ބޮންޑެއްގައި ހުރި މުވައްޒަފެއްނަމަ، ރ. އަތޮޅު ކައުންސިލް އިދާރާގެ ވަޒީފާއަށް ހޮވިއްޖެނަމަ، އަދާކުރަމުންގެންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ އިޢުތިރާޒެއް ނެތްކަމުގެ ލިއުން.

5- ވަޒީފާއެއްގައި އުޅޭ ނުވަތަ އުޅެފައިވާ ފަރާތެއްނަމަ، އެ މުވައްޒަފުގެ ވަޒީފާގެ މަސްއޫލިއްޔަތާއި މަސައްކަތު ފެންވަރު ބެލުމުގެ ނަތީޖާއާއި ހާޒިރީއާއި މަސައްކަތުގެ އަޚުލާޤު ހުރިގޮތް ބަޔާންކޮށް ވަޒީފާ އަދާކުރި ނުވަތަ ވަޒީފާ އަދާކުރާ އޮފީހުގެ ރަސްމީ ލިޔުމެއް.

6- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފު ކޮޕީ.

7- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި، އީމެއިލް އެޑްރެހާއެކު)  

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންކަން:

- ތަޢުލީމާއި ތަމްރީން ލިބިފައިވާ މިންވަރު.

- މި ވަޒީފާތަކަށް ގުޅުންހުރި ދާއިރާތަކުން ހާސިލުކޮށްފައިވާ ސެޓްފިކެޓްތަކެއް ކަމުގައިވުން.

- މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ މިންވަރު.

- މަސައްކަތުގެ ހުނަރާއި، ފެންވަރާއި، ޤާބިލްކަމުގެ ސިފަތައް.

އިތުރު މަޢުލޫމާތު:

މިވަ ޒީފާތަކަށް ހުށަހެޅުމުގައި އިތުރު މަޢުލޫމާތެއް ސާފުކުރަން ބޭނުންވާނަމަ، ރ. އަތޮޅު ކައުންސިލްގެ އިދާރާގެ އެޑްމިނިސްޓްރޭޝަން އެޗް.އާރު އިންފޮމޭޝަން ޔުނިޓާ، 6580027 ނަންބަރު ފޯނާ ގުޅުން އެދެމެވެ.

26 ޖުމާދަލްއާޚިރާ 1437

04 އޭޕްރިލް 2016
ހޯދާ