ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
ގައުމީ ބީޗުވޮލީބޯޅަ މުބާރާތް 2016 ގައި ބައިވެރިވުމާ ބެހޭ

އިޢުލާން

ޤައުމީ ބީޗުވޮލީބޯޅަ މުބާރާތް 2016 (އަންހެން އަދި ފިރިހެން ޑިވިޜަން އިންޑިވިޖުުއަލް) ގައި ބައިވެރިވުމާ ބެހޭ

މިއެސޯސިއޭޟަންގެ ނަންބަރު VAM/2016/28-I އިޢުލާނުގައި ދެންނެވިފައިވާ ގައުމީ ބީޗް ވޮލީބޯޅަ މުބާރާތުގެ އިންޑިވިޖުއަލް އިވެންޓް ފެށުމަށް މިހާރު ހަމަޖެހިފައިވާ ތާރީޚަކީ 24 މާރިޗު 2016 ވާ ބުރާސްފަތިދުވަހެވެ. އިންޑިވިޖުއަލް އިވެންޓްގައި ބައިވެރިވުމަށް އެދި ފޯމު ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ 21 މާރިޗު 2016 ވާ ހޯމަ ދުވަހެވެ. މި މުބާރާތުގައި ބައިވެރިވުމަށް އެދި ހުށަހަޅާ ފޯމު މި އެސޯސިއޭޟަނުން ލިބެން ހުންނާނެއެވެ.

މި މުބާރާތުގެ ކްލަބް އިވެންޓް އޮންނާނެ ތާރީޚެއް ފަހުން އިޢުލާން ކުރެވޭނެއެވެ.

06 ޖުމާދަލްއާޚިރާާ 1437 

15 މާރިޗު 2016
ހޯދާ