މޯލްޑިވްސް މީޑިއާ ކައުންސިލް
ދިވެހިރާއްޖެ
ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ޖަލްސާއެއް (ޙަފުލާއެއް) ބޭއްވުމަށް

އިޢުލާން

އަންދާސީހިސާބު ބޭނުންވެއްޖެ.

ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން 3 މޭ 2016 ގައި ޖަލްސާއެއް (ޙަފުލާއެއް) ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. ވީމާ، މިޖަލްސާ ބޭއްވުމާ ގުޅޭގޮތުން ތިރީގައި މިދަންނަވާ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.

  1. ހޯލް ތައްޔާރުކޮށްދިނުން (ސައުންޑާއި ލައިޓް އަދި ޑެކަރޭޝަންސް)
  2. ޙަފުލާގެ ކޭޓަރިން
  3. ޙަފުލާގެ ފޮޓޯ ނެގުން

ވީމާ، މިމަސައްކަތްތަކަށް ޝައުޤުވެރިވާ ފަރާތްތަކުން 16 މާރިޗު 2016 ވާ ބުދަ ދުވަހުގެ ހެނދުނު 11:00 އަށް މިކައުންސިލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 21 މާރިޗު 2016 ވާ ހޯމަ ދުވަހުގެ ހެނދުނު 11:00 އަށް މިކައުންސިލަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. ހަމަޖެހިފައިވާ ގަޑިއަށް ހާޒިރުވެވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

28 ޖުމާދަލްއޫލާ 1437

08 މާރިޗު 2016
ހޯދާ