ހުވަދުއަތޮޅު އުތުރުބުރީ ކަނޑުހުޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބަށިކޯޓާބެހޭ

އިޢުލާން

މިރަށުގައި ޤާއިމުކުރެވޭ ބަށިކޯޓާބެހޭ

މިރަށުގައި ހަދަން ނިންމާފައިވާ ބަށިކޯޓު ހެދުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

ވީމާ، މިމަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން 16 މާރިޗު 2016 ވާ ބުދަ ދުވަހުގެ 11:00 އަށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 23 މާރިޗު 2016 ވާ ބުދަ ދުވަހުގެ 13:00 އަށް މި އިދާރާއަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. ގަޑިޖެހުމުގެ ފަހުން ގެނެވޭ އެއްވެސް އަންދާސީހިސާބެއް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

މާކްސް ދެވޭނެ މިންގަނޑު

 

ޕޮއިންޓް ދެވޭނެ ގޮތް

ޕޮއިންޓް ބަހާލެވޭ ގޮތް

1

އަގު

60%

2

ތަޖްރިބާ 

10%

3

މުއްދަތު

30%

އަގު ހުށަހެޅުން

އަގު ހުށަހަޅަންވާނީ މަޢުލޫމާތު ސާފުކުރުމަށް އަންނަ ފަރާތްތަކަށް ދެވޭ މަޢުލޫމާތާ އެއްގޮތަށް އެދުވަހު ހަވާލުކުރެވޭ އަންދާސީހިސާބު ހުށަހަޅާ ފޯމުގައި އަގު ބަޔާންކޮށްގެން އެފޯމުންނެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް ބަދަލުގައި ވަޑައިގަންނަވާނަމަ އެކަން އެފަރާތަކާ ހަވާލުކުރިކަން ބަޔާންކޮށްފައިވާ ސިޓީއެއް ގެންނަންވާނެއެވެ. އަދި މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަވެސް މި ފުރުޞަތުގައި ދަންނަވަމެވެ.

މިހެންވެ މިކަން ޢާންމުކޮށް އަންގައި އިޢުލާނު ކުރީމެވެ.

10 މާރިޗު 2016
ހޯދާ