ދިވެހިރާއްޖެ
އިޢުލާން
ކ.ހިންމަފުށީގައި އަލަށް ހިއްކުނު ބިމުން 04 ގޯތި ވިއްކުމާއި ގުޅޭ
މިރަށު ހިއްކި ބިމުން ރަށުގެ ލޭންޑް ޔޫސް ޕްލޭން އާއި އެއްގޮތަށް ޗާރޓްގައި ފާހަގަ ކުރެވިފައިވާ 2770 އަކަފޫޓުގެ 4 ގޯތި ވިއްކުމަށް 3 ވަނަ ފަހަރަށް ފުރުޞަތު ހުޅުވާލަމެވެ.
ވީމާ، މިބިންތައް ގަތުމަށް ޝައުޤުވެރިވާ ފަރާތް ތަކުން ތިރީގައި ބަޔާންކޮށްފައިވާ ލިންކުގައި ނުވަތަ މިއިދާރާއަށް ދުރުވެ 18 އޮކްޓޯބަރ 2026 ވަނަ ދުވަހުން ފެށިގެން 27 އޮކްޓޯބަރ 2026 ދުވަހުގެ 12:00 ގެ ނިޔަލަށް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ބިޑު ރަޖިސްޓްރީ ކުރެވިފައިވާ ފަރާތުގެ ބަދަލުގައި އެހެންފަރާތަކަށް ބިޑްހުށަހެޅުމުގެ ފުރުޞަތެއް ނޯންނާނެއެވެ.
މި 4 ގޯތި ވިއްކުމަށް ފެށޭ އަގަކީ އަކަފޫޓަކަށް -/1500 (ފަނަރަ ސަތޭކަ ރުފިޔާ)އެވެ. އަދި ގަންނަން ހުށަހަޅާ އަގު އަދާކުރުމުގައި ބަހާލައިގެން ދެއްކުމުގެ ފުރުޞަތުވެސް މިފަހަރު ހަމަޖެހިފައިވާ ކަމުގައި ދެންނެވީމެވެ.
|
ތަފްޞީލް |
މުއްދަތު |
ގަޑި |
ތަން |
|
ބިން ގަތުމަށް އެދޭ ބިޑު ފޯމް ވިއްކުން (ބިން ގަތުމަށް އެދޭ ފޯމް ވިއްކުމަށް ހަމަޖެހިފައިވަނީ 10000.00 ރުފިޔާއަށް ) |
18 އޮކްޓޯބަރ 2026 ވާ އާދީއްތަ ދުވަހުން ފެށިގެން 27 އޮކްޓޯބަރ 2026 ވާ އަންގާރަ |
ރަސްމީ ކޮންމެ ދުވަހެއްގެ 10:00 ފެށިގެން 12:00 |
ހިންމަފުށީ ކައުންސިލްގެ އިދާރާއިން |
|
މަޢުލޫމާތު ދިނުން |
29 އޮކްޓޯބަރ 2026 ވާ ބުރާސްފަތި |
މެންދުރު 11:00 |
ހިންމަފުށީ ކައުންސިލްގެ އިދާރާ |
|
ބިޑު ހުށަހެޅުން ( ކުލީބިމަށް އެދޭފޯރމް ހުށަހެޅުން ) |
08 ނޮވެމްބަރ 2026 ވާ އާދީއްތަ ދުވަހު |
މެންދުރު 13:00 |
ހިންމަފުށީ ކައުންސިލްގެ އިދާރާ |
ބިޑް ހުށަހެޅުއްވުމަށް ކަނޑައެޅިފައިވާ ގަޑީގެފަހުން ގެންނަ ބިޑްތައް ބަލައި ގަނެވެން ނޯންނާނެކަން މިފުރުޞަތުގައި ދަންނަވަމެވެ. ބިމާއި ގުޅޭ އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ ރަސްމީގަޑީގައި 6642024 ނަންބަރު ފޯނާއެވެ. އަދި ބިޑްފޯމްގަތުމަށްފަހު ބިޑްފޯމްގަތް ފައިސާ އަބުރާ ދެވެންނޯންނާނެ ވާހަކަ ދެންނެވީމެވެ.
ލިންކް: https://forms.gle/FPCMhECo3csyAE54A
ވީމާ، މިކަން އާންމުކޮށް އެންގުމައްޓަކައި އިޢުލާންކުރީމެވެ.
