ދިވެހިރާއްޖެ
އިޢުލާނު
ބ.ހިތާދޫ މެޖިސްޓްރޭޓް ކޯޓްގެކޯޓްރޫމް ބެކްޕެނަލް ހެދުމާއި ގުޅޭ (.)
ހިތާދޫ މެޖިސްޓްރޭޓް ކޯޓްގެ ކޯޓްރޫމްގެ ބެކްޕެނަލް ހެދުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ އެވެ.
މި މަސައްކަތަށް ކުރިމަތިލުމަށް ފުރުޞަތު ހުޅުވާލެވިފައިވަނީ "ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ނަންބަރު 2014/18 ޤާނޫނު" ގެ ދަށުން ރަޖިސްޓްރީކޮށްފައިވާ ދިވެހި ވިޔަފާރިތަކަށެވެ.
މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 06 ޖުލައި 2026 ވާ ހޯމަ ދުވަހުގެ ހެނދުނު 10:30 ށް މިކޯޓަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ. އަދި 16 ޖުލައި 2026 ވާ ބުރާސްފަތި ދުވަހުގެ 10:30 އަށް މި ކޯޓަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ. އަންދާސީހިސާބު ހުށަހަޅުއްވާ ދުވަހުގެ 10:30 ގެ ފަހުން އަންދާސީހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާ ފަރާތްތަކަށް މި ފުރުޞަތު ދެވެން ނެތް ވާހަކަވެސް ދެންނެވީމެވެ. އަންދާސީ ހިސާބު ހުށަހެޅުއްވޭނީ މައުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިވާ ފަރާތްތަކަށެވެ.
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީ ގަޑީގައި 6608005 ގުޅުއްވައިގެން ނުވަތަ [email protected] އީމެއިލްއަށް ސާފުކުރަން ބޭނުންވެލައްވާ މަޢުލޫމާތުތައް ފޮނުއްވުން އެދެމެވެ.
