ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
އައި. ޓީ . މެނޭޖަރ (އައި.ސީ.ޓީ)

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމު:

އައި. ޓީ. މެނޭޖަރ (އައި. ސީ. ޓީ)

ބޭނުންވާ އަދަދު: 1

މުސާރަ:

މަހަކު 8,835.00 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު 2,000.00 ރުފިޔާ

އޮފީސް:

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ / އައި.ސީ.ޓީ ޑިޕާޓްމަންޓް

މަޤާމުގެ ރޭންކް:

އީ. އެކްސް. 1

މަޤާމުގެ ޝަރުޠު:

 

  •  އަންނަނިވި ހުނަރާއި ތަޢުލީމުގެ ފެންވަރުގައި، ވަޒީފާގެ މަސްއޫލިއްޔަތުތައް އަދާކުރަން އެނގުން.
  1. ކޮމްޕިއުޓަރ ސައިންސް/އައި.ޓީ ގެ ދާއިރާއިން ލެވެލް 7/8 ގެ ބެޗްލަރ ޑިގްރީއަކަށްފަހު، ދަސްކުރި ތިއަރީތަކާއި އުސޫލުތައް ހަރުދަނާކޮށް ބޭނުންކުރަން އެނގުމަށް ނުވަތަ އިތުރަށް ދެތުމަށް މަދުވެގެން 2 އަހަރުދުވަހުގެ، ގުޅޭ ތަޖުރިބާ، ގުޅޭ ދާއިރާއިން ހާސިލުކޮށްފައިވުން. ނުވަތަ؛
  2. ފުޅާ ދާއިރާއެއްގެ އައި.ޓީ / މެނޭޖްމަންޓް ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
  3. ލެވެލް 8/9 ގެ ޕޯސްޓްގްރެޖުއޭޓް ސަނަދެއް ހާސިލުކުރުމަށްފަހު، ގުޅޭ ތަޖުރިބާ ހާސިލުކޮށްފައިވުން.
  • މަތީގައި ބަޔާންކުރެވުނު ހުނަރާއި ތަޢުލީމުގެ ފެންވަރަށް، ޢިލްމާއި ޤާބިލްކަން، އެހެން ކޮންބިނޭޝަންތަކުން ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

  • ޔުނިވަރސިޓީގެ ބެލުމުގެދަށުން ހިންގާ އިންފޮރމޭޝަން އިންފްރާސްޓްރަކްޗަރގެ ސިސްޓަމްތަކާއި ނެޓްވާރކްގެ ސެކިއުރިޓީ ބެލެހެއްޓުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތްތަކެއް ކުރުމަކީ މި މަސައްކަތް ހަވާލުވާ ފަރާތުން ކުރަންޖެހޭނެ ކަމެކެވެ.
  • ޔުނިވަރސިޓީ މެނޭޖްމަންޓް ސިސްޓަމުގެ އެޑްމިނިސްޓްރޭޓަރެއްގެގޮތުން އަދާކުރަންޖެހޭ ދައުރު އަދާކުރުމުގައި، ސިސްޓަމް ދުވަހީގޮތެއްގައި ބޭނުންހިފޭނެ އިންތިޒާމު ހަމަޖައްސައި، ތަރައްޤީކޮށް، މި ސިސްޓަމްގެ ބޭނުން އެންމެ އެދެވޭގޮތެއްގައި މުވައްޒަފުން ހިމެނޭގޮތަށް މަސައްކަތް ކުރުމާއި، މިކަމާ ގުޅޭ ތަމްރީން ހިންގުން.
  • ޔުނިވަރސިޓީގެ އިދާރީ ހިންގުމަށް ބޭނުންވެގެން ހަދާ/ހޯދާ އެހެނިހެން ސޮފްޓްވެއަރތައް ބެލެހެއްޓުމާއި، އެފަދަ ސޮފްޓްވެއަރތައް ލިޔުމާއި، އިތުރަށް ތަރައްޤީކުރުމާއި، ތަނުގެ ބޭނުމަށް ހޯދަންޖެހޭ ސޮފްޓްވެއަރ ދެނެގަނެ، އެ ހޯދުމުގައި އެހީތެރިވުން.
  • ޔުނިވަރސިޓީއަށް ބޭނުންވާ ސޮފްޓްވެއަރ ފަރުމާކޮށް ބެލެހެއްޓުމާއި، ނެޓްވާރކުގެ ޒަރީޢާއިން  އިދާރާ/ފެކަލްޓީ/ސެންޓަރތަކަށް ސޮފްޓްވެއަރ ބޭނުންކޮށްގެން ދޭންޖެހޭ ސަރވިސްއެއް ދިނުމަށްޓަކައި ފަރުމާކުރަންޖެހޭ ސޮފްޓްވެއަރ، އަންގާގޮތެއްގެމަތިން ފަރުމާކޮށް ބެލެހެއްޓުން.
  • ނެޓްވާރކު މައްސަލަތައް ކުޑަކުރުމަށް ދުވަހުން ދުވަހަށް ކުރަންޖެހޭ އަދި ބޭނުންވާ އެންމެހައި ކަންތައްތައް ކުރުމާއި، ނެޓްވާރކުގެ ސެކިޔުރިޓީ ބެލެހެއްޓުމަށް ބޭނުންވާ ފަހުގެ ޓެކްނޮލޮޖީތަކާއި ޓެކްނިކްތައް ދެނެގަނެ، އެ ކަންތައްތަކުގެ އެހީގައި ނެޓްވާރކުގެ ސެކިޔުރިޓީ، އަންގާ ގޮތެއްގެ މަތިން ބެލެހެއްޓުން.
  • ޔުނިވަރސިޓީގެ މުވައްޒަފުންނާއި ދަރިވަރުންނަށް އީމެއިލްގެ ޚިދުމަތް ވީހާވެސް ޚަރަދުކުޑަ، ބޭނުންތެރިގޮތަކަށް ދިނުމާއި، އެކަންތައް، އަންގާ ގޮތެއްގެ މަތިން ބެލެހެއްޓުން.
  • އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ޓެކްނޮލޮޖީގެ ދާއިރާއިން އާ ޓެކްނޮލޮޖީތައް ދެނެގަނެ، އެކަންތައް ދަސްކޮށް، އޭގެ ތެރެއިން ޔުނިވަރސިޓީއަށް ފައިދާހުރި ކަންތައްތައް ތަޢާރަފްކުރުމުގެ މަސައްކަތުގައި އެހީތެރިވުން.
  • ޔުނިވަރސިޓީގައި ކުރެވޭ މުހިންމު މަސައްކަތްތަކަށް އެހީތެރިކަންދިނުމާއި، ހަވާލުކުރެވޭ މަސައްކަތެއް ފަރުވާތެރިކަމާއެކު ކުރުން.

އުޖޫރައާއި ޢިނާޔަތްތައް:

އިތުރުގަޑީގައި މަސައްކަތް ކުރާނަމަ، ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

ސިޓީއާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:

1- ފުރިހަމަކޮށްފައިވާ، ވަޒީފާއަށް އެދޭ ފޯމް(ވަޒީފާއަށް އެދޭ ފޯމު، މި ޔުނިވަރސިޓީގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ.)

2- ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ސާފު ކޮޕީ (އަޞްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަޞްލު)

3- ވަޒީފާގައި އުޅޭ ނުވަތަ އުޅެފައިވާ ފަރާތެއްނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް (އަޞްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަޞްލު)

4- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓި ސުޕަވައިޒަރަކު، އެފަރާތެއްގެ މަސައްކަތާމެދު ދެކޭގޮތުގެ ލިޔުމެއް.

5- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (އެކްރިޑިޓްކޮށްފައިވާ ސަނަދާއި، އަޞްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަޞްލު)

6-  ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)

ނޯޓް:

  • އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
  • އިޢުލާނުގައި ބަޔާންކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަންޖެހޭނެއެވެ.
  • އިޢުލާނުގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ފުރިހަމަނުވާ އެޕްލިކޭޝަންތައް ބާޠިލްވާނެއެވެ.
  • އިންޓަވިޔު ކުރެވޭނީ، އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠު ހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
  • މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓި ފޮނުވޭނީ އިންޓަވިޔުކޮށް ނިމުމަށްފަހުގައެވެ.

ސިޓީ ފޮނުވަންވީ ތާރީޚު:   

2016 ޖަނަވަރީ 14  ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގެ ކުރިން، ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއަށް.

އިތުރު މަޢުލޫމާތު:

  • މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 3322718 ނަންބަރު ފޯނާއެވެ.
  • މި މަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސްދުވަސް ބެލެވޭނީ، ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ.
  • މި މުއްދަތުގެ ތެރޭގައި، މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށް ބަލައި،  އެއްވެސް ނޯޓިހެއް ދިނުމަކާނުލައި، ވަޒީފާގެ އެއްބަސްވުން އުވާލައި، މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު މި ޔުނިވަރސިޓީއަށް ލިބިގެންވެއެވެ.

20 ރަބީޢުލްއައްޥަލް 1437

31 ޑިސެންބަރު 2015
ހޯދާ