މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ.
ދިވެހިރާއްޖެ
ފެންނާ ގިމަތަ އަދި ދާންނާ ގިމަތައިގެ ޕާކިން ޒޯނުގައި ޕާކު ކުރާ އުޅަނދުތަކުން ނަގާ މަހު ފީއަށް ބަދަލުއައުމާބެހޭ

އިޢުލާން

ފެންނާ ގިމަތަ އަދި ދާންނާ ގިމަތައިގެ ޕާކިން ޒޯނުގައި ޕާކު ކުރާ އުޅަނދުތަކުން ނަގާ މަހު ފީއަށް ބަދަލުއައުމާ ބެހޭ:

ފެންނާ ގިމަތަ (ހުޅުމާލެ ފެރީ ޓާމިނަލް) އަދި ދާންނާ ގިމަތަ (ވިލިނގިލީ ފެރީ ޓާމިނަލް) ގައި ހަދާފައިވާ ޕާކިން ޒޯނުގައި ދާއިމީކޮށް ޕާކު ކުރާ ވެހިކަލްތަކުން ނަގާ މަހު ފީއަށް 1 ޖަނަވަރީ 2016 އިން ފެށިގެން ބަދަލު ގެނައުމަށް ވަނީ ނިންމާފައެވެ. މިގޮތުން ދާއިމީ ޕާކިން ޒޯނުގައި ޕާކު ކުރާ ވެހިކަލްތަކަށް ފީ ނެގުމަށް ހަމަޖެހިފައި ވަނީ ތިރީގައި މިވާ ގޮތަށެވެ.

  • ސައިކަލް      -/500 (ފަސް ސަތޭކަ) ރުފިޔާ
  • ކާރު        -/3500 (ތިންހާސް ފަސް ސަތޭކަ) ރުފިޔާ
  • ވަގުތީ ޕާރކިން  -/5 (ފަސް ރުފިޔާ) (3 ގަޑިއިރަށް / ވެހިކަލެއް)

04 ރަބީޢުލްއައްވަލް 1437

15 ޑިސެންބަރު 2015
ހޯދާ