ދިއްގަރު ސްކޫލް
ދިވެހިރާއްޖެ
ގެއެއް ކުއްޔަށް ހިފުން

ގެއެއް ކުއްޔަށް ހިފުން:

2016 ވަނަ އަހަރު މި ސުކޫލުގެ އިސްވެރިޔާ ހުންނެވުމަށް މިދަންނަވާ ޝަރުޠުތައް ފުރިހަމަވާ ގޮތަށް، ގެއެއް ކުއްޔަށް ހިފުމަށް ބޭނުންވެއެވެ.

  • 2 ނިދާކޮޓަރި (ފަރުނީޗަރާއި ފާޚާނާ ހުރި)
  • ސިޓިންގ ރޫމް (ފަރުނީޗަރާއެކު)
  • ބަދިގެ (ކައްކައި ކެއުމަށް ބޭނުންވާ ތަށި ތެއްޔާއި، ހިފައިގެންގުޅޭ ސާމާނާއެކު)
  • ޑީބޯޑު އަޅައި ރަނގަޅަށް ކަރަންޓު ވައިރުކޮށް އަދި ވަކި މީޓަރެއް ލެވިފައިވުން އަދި ބޯފެނާއި އާދައިގެ ފެން ލިބެން ހުރުން
  • ގޭތެރޭގެ ކަންތައްތައް ކޮށްދީ ބަލަހައްޓާނެ މީހަކު ހަމަޖެހިފައި ހުރުން

މިކަމާ ގުޅޭގޮތުން އިތުރަށް މަޢުލޫމާތު ސާފުކުރައްވަން ބޭނުންވެލައްވާނަމަ ރަސްމީ ގަޑީގައި ސުކޫލް އޮފީހަށް ވަޑައިގެން އެ މަޢުލޫމާތެއް ސާފުކުރެއްވުމަށް ދަންނަވަމެވެ.

ވީމާ، ގޭގެ ކަރަންޓު ބިލާއި، ކޭބަލް ޓީވީގެ ބިލް ގޭގެ ވެރިފަރާތުން އަދާކުރައްވާގޮތަށް މިފަދަ ތަނެއް ކުއްޔަށް ދެއްވުމަށް ބޭނުންފުޅުވެވަޑައިގަންނަވާ ބޭފުޅުން، ކުއްޔަށް ދެއްވާ ތަނުގެ ގޯތީގެ ބޮޑުމިނާއި ޢިމާރާތުގެ މިންތައް އެނގޭނެ ޢިމާރާތުގެ ކުރެހުމަކާއި، ގޯތީގެ ރެޖިސްޓަރީގެ ކޮޕީއަކާއެކު ތަނުގެ ކުލި އެނގޭނޭގޮތުން، 29 އޮކްޓޫބަރު 2015 ވާ ބުރާސްފަތި ދުވަހުގެ 13:00ގެ ކުރިން މި ސްކޫލަށް ސިޓީ ހުށަހެޅުއްވުން އެދި މިކަން ޢާންމުކޮށް އިޢުލާނު ކުރަމެވެ.

20 އޮކްޓޫބަރު 2015
ހޯދާ