މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

އިޢުލާން

ދިވެހި އުފެއްދުންތެރިކަން ތަރައްޤީކޮށް ކުރިއަރުވައި، ދިވެހިންގެ އުފެއްދުންތަކަށް އެކަށީގެންވާ މާކެޓް ހޯދައިދިނުމަށް، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ "ދިވެހި އުފެއްދުންތެރިކަމުގެ މަޢުރަޒު 2015" އިންތިޒާމްކުރުމުގައި މިނިސްޓްރީއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ތިރީގައިމިވާ މަޤާމުތަކަށް ކޮންޓްރެކްޓް އުޞޫލުން މުވައްޒަފުން ހޯދުމަށް އާންމުކޮށް އިޢުލާނުކުރަމެވެ.

 1. މަޤާމުގެ ނަން: މަޢުރަޒު ކޯޑިނޭޓަރ (ކޮންޓްރެކްޓް)

-   ބޭނުންވާ އަދަދު: 1 (އެކެއް)             

-   ކޮންޓްރެކްޓް ނިމޭ ތާރީޚު: 31 ޖަނަވަރީ 2016

-   މަސައްކަތް ކުރަންޖެހޭ ތަން: މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް

މުސާރައާއި ޢިނާޔަތްތައް:

-  މުސާރަ: މަހަކު -/12,000 ދިވެހި ރުފިޔާ

- އިތުރުގަޑި: އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ޝަރުޠު:

- ބިޒްނަސް، ކޮމާރސް، މެނޭޖްމަންޓް ނުވަތަ އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން ބެޗްލަރސް ޑިގްރީ ނުވަތަ އެއާ އެއްފެންވަރެއްގެ ސެޓްފިކެޓެއް ހާސިލުކޮށްފައިވުން. ނުވަތަ؛

- ސަރުކާރުގެ ޚިދުމަތުގައި އެސިސްޓަންޓް ޑިރެކްޓަރ ލެވެލުން ފެށިގެން މަތީ މަޤާމެއްގައި މަދުވެގެން 10 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

- ފެންވަރު ބެލުމަށް ކުރެވޭ އިންޓަވިއުއިން މަޤާމުގެ ޤާބިލްކަން ސާބިތުކޮށްދިނުން.

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތް:

 • ދިވެހި އުފެންދުންތެރިކަމުގެ މަޢުރަޒު 2015 ގެ ހަރަކާތައް މިނިސްޓްރީން ކަނޑައަޅާފައިވާ އެންމެ އިސް ފަރާތުގެ ލަފަޔާއި އިރުޝާދުގެ މަތިން އިދާރީގޮތުން މަޢުރަޒު އިންތިޒާމްކުރުމާއި، އެންމެހައި މަސައްކަތްތައް ރާވައި ހިންގުން.
 • މަޢުރަޒުގެ މަސައްކަތް ކުރިއަށްދާގޮތުގެ މަޢުލޫމާތު ދުވަހުން ދުވަހަށް މިނިސްޓްރީއިން ކަނޑައަޅާފައިވާ އެންމެ އިސް ފަރާތަކަށް ރިޕޯޓްކޮށް ހުށަހެޅުން.
 • މަޢުރަޒުގެ މަސައްކަތްތައް ރާވައި ހިންގުމުގައި ހަރަކާތްތެރިވާ އެހެނިހެން މުވައްޒަފުންގެ މަސައްކަތްތައް މޮނިޓަރކުރުމާއި، މަސައްކަތްތައް ކޯރޑިނޭޓްކޮށް، މުވައްޒަފުން ލައްވާ މަސައްކަތްކުރުވުން.

2. މަޤާމުގެ ނަން: ޑިޒައިނަރ

- ބޭނުންވާ އަދަދު: 1 (އެކެއް)            

- ކޮންޓްރެކްޓް ނިމޭ ތާރީޚު: 31 ޖަނަވަރީ 2016

- މަސައްކަތް ކުރަންޖެހޭ ތަން: މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް

މުސާރައާއި ޢިނާޔަތްތައް:

- މުސާރަ: މަހަކު -/12,000 ދިވެހި ރުފިޔާ

- އިތުރުގަޑި: އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ޝަރުޠު:

 • ގްރެފިކްސް ޑިޒައިނިންގ ކޯހަކުން ބެޗްލަރސް ޑިގްރީ ހާސިލްކޮށްފައިވުން ނުވަތަ އެއާ އެއްފެންވަރެއްގެ ސެޓްފިކެޓެއް ހާސިލުކޮށްފައިވުން.
 • މަޤާމާ ގުޅޭ މަސައްކަތުގެ ދާއިރާއަކުން 2 އަހަރުގެ ތަޖުރިބާ ލިބިފައިވުން.
 • ފެންވަރު ބެލުމަށް ކުރެވޭ އިންޓަވިއުއިން މަޤާމުގެ ޤާބިލްކަން ސާބިތުކޮށްދިނުން.

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތް:

 • "ދިވެހި އުފެއްދުންތެރިކަމުގެ މަޢުރަޒު 2015" ގެ ހަރަކާތާ ގުޅޭ ކަންކަމުގައި ގްރެފިކްސް ޑިޒައިނިންގެ ޚިދުމަތް ފޯރުކޮށްދިނުން.
 • މިނިސްޓްރީގެ މަސައްކަތްތަކާ ގުޅިގެން ތައްޔާރުކުރަންޖެހޭ، ޕޯސްޓަރ، ބެނަރ، ލީފްލެޓް ފަދަ ތަކެތި ތައްޔާރުކޮށްދިނުން ނުވަތަ މިނިސްޓްރީއަށް ބޭނުންވާ ގްރެފިކްސް ޑިޒައިނިންގެ ޚިދުމަތް ފޯރުކޮށްދިނުން.
 • މިނިސްޓްރީން މަޢުލޫމާތުދޭގޮތަކަށް ޕޯސްޓަރ، ބެނަރ، ލީފްލެޓް ފަދަ ތަކެތި ޑިޒައިންކުރުން.
 • "ދިވެހި އުފެއްދުންތެރިކަމުގެ މަޢުރަޒު 2015 ގެ ހަރަކާތްތައް މާކެޓްކޮށް، ޕްރޮމޯޓްކުރުމަށް ބޭނުންވާ އެންމެހައި މެޓީރިއަލް ތައްޔާރުކޮށްދިނުން.

3. މަޤާމުގެ ނަން: ޕްރޮޖެކްޓް އޮފިސަރ

- ބޭނުންވާ އަދަދު: 2 (ދޭއް)             

- ކޮންޓްރެކްޓް ނިމޭ ތާރީޚު: 31 ޖަނަވަރީ 2016

- މަސައްކަތް ކުރަންޖެހޭ ތަން: މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓާއި، ކަނޑައެޅޭ ރާއްޖޭގެ އަތޮޅުތަކުގެ ރަށްތައް.

މުސާރައާއި ޢިނާޔަތްތައް:

- މުސާރަ: މަހަކު -/10,000 ދިވެހި ރުފިޔާ

- އިތުރުގަޑި: އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ޝަރުޠު:

 • ބިޒްނަސް، ކޮމާރސް، މާކެޓިން، މެނޭޖްމަންޓް ނުވަތަ އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން ޑިޕްލޮމާ ނުވަތަ އެއާ އެއްފެންވަރެއްގެ ސެޓްފިކެޓެއް ހާސިލުކޮށްފައިވުން.
 • މަޤާމާ ގުޅޭ މަސައްކަތުގެ ދާއިރާއަކުން 1 އަހަރުގެ ތަޖުރިބާ ލިބިފައިވުން.
 • ފެންވަރު ބެލުމަށް ކުރެވޭ އިންޓަވިއުއިން މަޤާމުގެ ޤާބިލްކަން ސާބިތުކޮށްދިނުން.

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތް:

 • ދިވެހި އުފެއްދުންތެރިކަމުގެ މަޢުރަޒު 2015 ގެ ހަރަކާތް މާކެޓްކޮށް، ޕްރޮމޯޓްކުރުމުގެ މަސައްކަތްކުރުން.
 • މަޢުރަޒުގެ ހަރަކާތުގައި ކަނޑައަޅާ އަތޮޅުތަކެއްގެ ފޯކަލް ޕޮއިންޓެއްގެގޮތުގައި ހަރަކާތްތެރިވެ، އަތޮޅުތަކަށް ޒިޔާރަތްކޮށް، އަތޮޅުތަކުގައި ހިންގޭ އެންމެހައި މަސައްކަތްތައް ކޯޑިނޭޓްކޮށް، ހަވާލުކުރެވޭ އެންމެހައި މަސައްކަތްތައް ކުރުމާއި، މަސައްކަތްތައް ކުރިއަށްދާގޮތް މިނިސްޓްރީއަށް ރިޕޯޓްކުރުން.
 • އަތޮޅުތަކުގައި ދިވެހި އުފެއްދުންތެރިކަމުގެ މަޢުރަޒު 2015 ގެ ދަށުން ހިންގޭ އެންމެހައި ހަރަކާތްތައް ރާވައި ހިންގުން.
 • މަޢުރަޒަށް އަތޮޅުތަކުން ފޮނުވާ ތަކެތި، މާލެއަށް ފޮނުވުމުގެ ޒިންމާއުފުލުން.
 • މިނިސްޓްރީން ހަވާލުކުރެވޭ އެންމެހައި މަސައްކަތްތައް ކުރުން.

މި ވަޒީފާތަކަށް އެދި ސިޓީ ހުށަހަޅާއިރު ތިރީގައިވާ ލިޔުންތައް ހުށަހަޅަންވާނެއެވެ.

 • ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ
 • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު
 • މަޤާމާ ގުޅުންހުރި ތަޖުރިބާގެ ކުރު ޚުލާޞާއެއް ސިޓީގައި ހިމެނިފައިވާންވާނެއެވެ.
 • ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ފޮޓޯކޮޕީ (އެކްރެޑިޓްކޮށް، އެޓެސްޓް ކުރެވިފައި)

ވީމާ، މި މަޤާމްތަކަށް ޝައުޤުވެރިވާ ފަރާތްތަކުން، 22 އޮކްޓޫބަރު 2015 ގެ 13:30 ގެ ކުރިން، ސިޓީ ތިރީގައިވާ އެޑްރެހަށް ހުށަހެޅުން އެދެމެވެ. އީމެއިލް މެދުވެރިކޮށް ސިޓީ ހުށަހަޅާނަމަ، [email protected] އަށް މެއިލް ކުރުން އެދެމެވެ. ސިޓީ ހުށަހަޅާއިރު، އެދެނީ ކޮން ސެންޓަރެއްގެ މަޤާމަކަށްކަން އެނގޭގޮތަށް ބަޔާން ކުރުން އެދެމެވެ. ސިޓީއުރައިގައި 'މަޢުރަޒުގެ ކޮންޓްރެކްޓް ވަޒީފާއަށް އެދި' މިހެން ލިޔެފައި އޮންނަންވާނެއެވެ.

ވަޒީފާއާބެހޭ އިތުރު މަޢުލޫމާތާއި ސިޓީ ހުށަޅާނީ:

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް

ބޮޑުތަކުރުފާނު މަގު، މާލެ، ދިވެހިރާއްޖެ.

ފޯނު: ، 3333174، 3333143 (960)+

ވީމާ މިކަން ޢާންމުކޮށް އަންގާ އިޢުލާންކުރީމެވެ.

‏28‏ ޛުލްޙިއްޖާ‏ 1436

12 އޮކްޓޫބަރު 2015
ހޯދާ