މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
ވިޔަފާރި ރަޖިސްޓަރީކުރުމުގެ ގަވައިދުގެ ދަށުން ބިދޭސީންނަށް ޙަރަކާތްތެރިނުވެވޭނެ ދާއިރާތައް ކަނޑައެޅުން

ވިޔަފާރި ރަޖިސްޓަރީކުރުމުގެ ގަވައިދުގެ ދަށުން ބިދޭސީންނަށް ޙަރަކާތްތެރިނުވެވޭނެ ދާއިރާތައް ކަނޑައެޅުން

ޤާނޫނު ނަންބަރު 25/79 (ދިވެހިރާއްޖޭގައި ކުރެވޭ ފޮރިން އިންވެސްޓްމަންޓާބެހޭ ޤާނޫނު)ގެ 2 ވަނަ މާއްދާ އަދި ޤާނޫނު ނަންބަރު 18/2014 (ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު) ގެ 29 ވަނަ މާއްދާގެ (ހ) ގެ ދަށުން އެކުލަވައިލާފައިވާ، ވިޔަފާރި ރަޖިސްޓްރީކުރުމުގެ ގަވާއިދު (ގަވާއިދު ނަންބަރު 2014/R-168 ) ގެ 4 ވަނަ މާއްދާގެ (ށ) އަށް ރިއާޔަތްކޮށް، ތިރީގައިވާ ގޮތުގެ މަތިން، ބިދޭސީން އިންވެސްޓްކުރުމަށް ހުއްދަނުދޭ ދާއިރާއެއްގެ ގޮތުގައި، ތިރީގައިވާ ދާއިރާ ކަނޑައަޅައި، އާންމުކޮށް އަންގައި އިޢުލާންކުރީމެވެ.

1- މޮބައިލް ފޯނު އަދި މޮބައިލް ފޯނާ ގުޅުން ހުރި އެސެސަރީސް ރީޓެއިލް އުސޫލުން، ވަކިވަކި ޔުނިޓް ކަސްޓަމަރުންނަށް ވިއްކުން.

މި އިޢުލާނާއި ގުޅިގެން، މިހާރު ހިނގަމުންދާ ބިދޭސީ ވިޔަފާރިތަކުން، މި ދާއިރާގައި ކުރަމުންދާ ވިޔަފާރީގެ އެންމެހައި މުޢާމަލާތްތައް ކުރިއަށް އޮތް 3 މަސްދުވަހުގެ ތެރޭގައި ހުއްޓުމަކަށް ގެންނަންޖެހޭނެއެވެ. އަދި މި އިޢުލާން ކުރާ ތާރީޚުން ފެށިގެން، ބިދޭސީ ވިޔަފާރިތަކަށް ދިވެހިރާއްޖޭގައި އިންވެސްޓްކުރުމަށް ހުއްދަ ދިނުމުގައި މަތީގައިވާ ގޮތަށް ޢަމަލުކުރެވޭނެ ކަމުގައި ދެންނެވީމެވެ.

‏29‏ ޛުލްޙިއްޖާ 1436

12 އޮކްޓޫބަރު 2015
ހޯދާ