މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް
ދިވެހިރާއްޖެ
ޒުވާނުންގެ އިނާމު 2015

ޒުވާނުންގެ އިނާމު 2015

އެހެން އަހަރުތަކެކޭވެސް އެއްފަދައިން މިއަހަރުވެސް ނޮވެންބަރު 17 ވަނަ ދުވަސް،  ޒުވާނުންގެ ދުވަހުގެ ގޮތުގައި ފާހަގަކުރުމަށްވަނީ ހަމަޖެހިފައެވެ. މި އަހަރު ޒުވާނުންގެ އިނާމުގެ ގޮތުގައި ދިނުމަށް ހަމަޖެހިފައިވަނީ ތަފާތު 10 ދާއިރާއަކުންނެވެ. ޒުވާނުންގެ ޤައުމީ އިނާމަކީ ތަފާތު ދާއިރާތަކުން ޤައުމުގެ ތަރައްޤީއަށް ޒުވާނުން ކުރާ އަގުހުރި މަސައްކަތްތައް ފާހަގަކޮށް ހިތްވަރު ދިނުމުގެ ގޮތުން ދެވޭ އިނާމެކެވެ. އަދި މި އިނާމަކީ ޤައުމުގެ ތަރައްޤީގައި ޒުވާނުން އަދާކުރާ މުހިންމު ދައުރު ފާހަގަކޮށް ޒުވާނުންނަކީ މުޖުތަމަޢުއަށް ފައިދާހުރި، އުފެއްދުންތެރި ރަނގަޅު ސިފަތަކެއް ހުރި ބަޔަކަށް ހެދުމަށް ބާރުއަޅައި، ވާގި ދިނުމުގެ ގޮތުން ދެވޭ އިނާމެކެވެ. 

ޒުވާނުންގެ އިނާމު ލިބޭ ފަރާތްތަކަށް ޒުވާނުންނަށް ދެވޭ ޚާއްޞަ އެވޯޑާއި، ސެޓްފިކެޓް އަދި -/25,000 ރުފިޔާގެ ފައިސާގެ އިނާމު ހިމެނެއެވެ.

ވީމާ، މި އިނާމަށް ނަން ހުށަހަޅުއްވުމަށް ޝައުުޤުވެރިވާ ފަރާތްތަކުން، 25 އޮކްޓޫބަރު 2015 ވަނަ ދުވަހުގެ 13:00 ގެ ކުރިން އެޕްލިކޭޝަން ފޯމު ހުށަހެޅުއްވުމަށް ދަންނަވަމެވެ. އެޕްލިކޭޝަން ހުށަހަޅުއްވާނީ މާލޭގައިނަމަ މާފަންނު ޔޫތު ސެންޓަރ (ސޯޝަލް ސެންޓަރ) އަދި މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް (ވެލާނާގެ 3ވަނަ ފަންގިފިލާ)ގެ ރިސެޕްޝަނަށެވެ. އެޕްލިކޭޝަން ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ ރަސްމީ ދުވަސްތަކުގެ ހެނދުނު 8:30 އިން މެެންދުރުފަހު 13:30 އާ ދެމެދުއެވެ. ރަށްރަށުން އެޕްލިކޭޝަން ފޯމު ހުށަހަޅުއްވާނީ އެ ރަށް ރަށުގެ ޔޫތު ސެންޓަރ ނުވަތަ ރަށު ކައުންސިލް މެދުވެރިކޮށެވެ.

މި އިނާމުތަކަށް ނަން ހުށަހެޅުމުގެ ފުރުޞަތު 01 އޮކްޓޫބަރު 2015 ވަނަ ދުވަހުން ފެށިގެން އާންމުކޮށް ވަނީ ހުޅުވާލެވިފައެވެ.

30 ސެޕްޓެންބަރު 2015
ހޯދާ