މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ޕލކ.
ދިވެހިރާއްޖެ
ކްލަބްފަރު ރިސޯޓް (ފަރުކޮޅުފުށި) ގެ ޖެނެރަލް މެނޭޖަރ ވަޒީފާއިން ވަކިކުރުމާ ބެހޭ

ކްލަބްފަރު ރިސޯޓް (ފަރުކޮޅުފުށި) ގެ ޖެނެރަލް މެނޭޖަރު ވަޒީފާއިން ވަކިކޮށްފައިވަނީ އާތާ ބްރަދަރސްއިން އެރިސޯޓްގައި ހޭދަކުރި ދުވަސްތަކަށް ފައިސާ ދައްކަން އެއްބަސްވުމާ ގުޅިގެންކަމަށް ދޭހަވާ ގޮތަށް ބައެއް މީޑިއާތަކުން ފަތުރަމުންދާ ޚަބަރުތަކަކީ ޞައްޙަ މަޢުލޫމާތެއް ނޫނެވެ. ކްލަބްފަރު ރިސޯޓުގެ ޖެނެރަލް މެނޭޖަރ ޒައިދުލް ޚަލީލު، ވަޒީފާއިން ވަކިކޮށްފައިވަނީ އޭނާއަކީ މިނިސްޓްރީ އޮފް ޓޫރިޒަމް އިން މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) ށް ރިސޯޓް ހިންގަން ދިން 3 މަސް ދުވަހުގެ މުއްދަތަށް، ކޮންޓްރެކްޓް އުސޫލުން ކުންފުނިން ހަމަޖައްސާފައިވާ މީހެއްކަމަށްވާތީއެވެ. އަދި ކުންފުނީގެ މެނޭޖްމަންޓުން ނިންމީ އޭނާގެ 3 މަސް ދުވަހުގެ ކޮންޓްރެކްޓް މިމަހުގެ 6 ވަނަ ދުވަހަށް ހަމަވުމާ ގުޅިގެން ކޮންޓްރެކްޓް އާ ނުކުރުމަށެވެ.

11 އޭޕްރިލް 2013
ހޯދާ