މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
ރެޒިޑެންޓް އިންޖިނިއަރެއް ހޯދުމަށް

ލ.އަތޮޅުގެ މަގުތައް ހެދުމުގެ މަޝްރޫޢުތަކުގެ މަސައްކަތްތައް ބެލެހެއްޓުމަށްޓަކައި ރެޒިޑެންޓް އިންޖިނިއަރެއް ބޭނުންވެއެވެ. މިގޮތުން ރެޒިޑެންޓް އިންޖިނިއަރެއްގެ މަޤާމަށް މީހަކު ހޯދުމަށް "އެކްސްޕްރެޝަން އޮފް އިންޓްރެސްޓް" ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. މިމަޤާމުގެ މަސައްކަތްތަކާއި، މިމަޤާމަށް ހޯދުމަށް ހަމަޖެހިފައިވާ ފަރާތްތަކަށް ކަނޑައެޅިފައިވާ ޝަރުޠުތައް ބަޔާންކޮށްފައިވާ "ޓަރމްސް އޮފް ރިފަރެންސް" (ޓީ. އޯ. އާރ) ތިރީގައިވާ އެޑްރެސް އަދި މިމިނިސްޓްރީގެ ވެބްސައިޓް www.housing.gov.mv އިން ލިބެން ހުންނާނެއެވެ.

ވީމާ، މިމަސައްކަތްތަކަށް ޝައުޤުވެރިވާ ފަރާތްތަކުން 03 ސެޕްޓެންބަރު 2015 ވާ ބުރާސްފަތި ދުވަހުގެ 14:30 ގެ ކުރިން މިމިނިސްޓްރީއަށް "އެކްސްޕްރެޝަން އޮފް އިންޓްރެސްޓް" ހުށަހެޅުއްވުން އެދެމެވެ. 

އިތުރު މަޢުލޫމާތު ހޯއްދެވުމަށް:

އިންފްރާސްޓްރަކްޗަރ ޑިޕާޓްމަންޓް

މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ.

އަމީނީމަގު،

މާލެ، ދިވެހިރާއްޖެ.

ފޯން: 3004300     ފެކްސް:3004301

އީ-މެއިލް: [email protected]

5 ޛުލްޤައިދާ 1436

20 އޮގަސްޓް 2015
ހޯދާ