ހިންމަފުށީ ސްކޫލް
ދިވެހިރާއްޖެ
ކައުންސެލަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް: ކައުންސެލަރ

މަޤާމް ނަންބަރު: 188-OD/22/2015/54

މަސައްކަތް ހަމަޖެހިފައިވާ ތަން: ހިންމަފުށީ ސްކޫލް / ކ. ހިންމަފުށި

ބޭނުންވާ އަދަދު: 1 (އެކެއް)

މަޤާމުގެ ޝަރުޠު: ތިރީގައިވާ ޝަރުޠުތަކުގެ ތެރެއިން ޝަރުޠެއް ފުރިހަމަވެފައިވުން.

މަޤާމު

ރޭންކް

ކުލެސިފިކޭޝަން

ޝަރުޠު

މަޤާމުގެ އަސާސީ މުސާރަ

ސަރވިސް އެލަވަންސް

ކައުންސެލަރ

އެމް. އެސް. 1

ޓެކްނިކަލް އޮފިސަރ ގްރޭޑް 1

1- މަޤާމުގެ  މަސައްކަތާ  ގުޅޭ  ދާއިރާއަކުން  ދިވެހިރާއްޖޭގެ ޤައުމީ  ސަނަދުތަކުގެ  އޮނިގަނޑުގެ  ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު،  މަޤާމުގެ  މަސައްކަތުގެ  ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2- މަޤާމުގެ  މަސައްކަތާ  ގުޅޭ  ދާއިރާއަކުން  ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛

3- މަޤާމުގެ  މަސައްކަތާ  ގުޅޭ  ދާއިރާއަކުން  ދިވެހިރާއްޖޭގެ ޤައުމީ  ސަނަދުތަކުގެ  އޮނިގަނޑުގެ  ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު،  ގުޅުންހުރި  އެހެން  ދާއިރާއަކުން  ލެވެލް 4 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

 

 

 

-/5610

 

 

 

 

-/2000

އެހެނިހެން ޢިނާޔަތްތައް:

ދިވެހި ސިވިލް ސަރވިސްގެ ޤަވާޢިދުގެ ޗެޕްޓަރ ނަންބަރު 5 ގައިވާ ގޮތުގެ މަތިން، އިތުރުގަޑީގައި މަސައްކަތްކޮށްފިނަމަ، ހަމަޖެހިފައި އޮންނަ އުސޫލުގެމަތިން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ. އަދި ހަމަޖެހިފައިވާ އުސޫލުގެމަތިން ރަމަޟާންމަހުގެ ޚާއްޞަ އެލަވަންސް ދެވޭނެއެވެ.

މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތް:

1. ކައުންސެލިންގ ޕުރޮގުރާމްތައް ރޭވުމާއި، އެ ޕުރޮގުރާމްތައް ހިންގުމާއި، އެކަމާ ގުޅުންހުރި ހުރިހާ ރެކޯޑުތައް ބެލެހެއްޓުން.

2- ކައުންސެލިންގ ބޭނުންވާ ދަރިވަރުން ފާހަގަކޮށް، އެ ދަރިވަރުންނަށް ކައުންސެލިންގ ދެވޭނެ އިންތިޒާމް ހަމަޖެއްސުމާއި، އެ ދަރިވަރުންނަށް އަންނަ ބަދަލު ދެނެގަތުމާއި، ކައުންސެލިނގގެ ފޮލޯއަޕް ހެދުން.

3- ދަރިވަރުންގެ ނަފުސާނީ މައްސަލަތަކާއި، ޖިސްމާނީ މައްސަލަތަކާއި، އަޚުލާޤީ މައްސަލަތަކާ ގުޅިގެން ޓީޗަރުން ހުށަހަޅާ ކަންތައްތައް ބަލައި، އެކަންކަމުގައި އެފަދަ ކުދިންނަށާއި ޓީޗަރުންނަށް އެހީތެރިކަން ދިނުން.

4- ނަފުސާނީ ދުޅަހެޔޮކަމަށް ބޭނުންވާ މަޢުލޫމާތު ހޯދައި، އެ މަޢުލޫމާތު ދަރިވަރުންނަށް ފޯރުކޮށްދިނުން.

5- ސުކޫލުގެ ފަރާތުން ފާހަގަކުރާ ދުވަސްތަކާއި، ޙަފުލާތަކަށް، ސުކޫލުން އެދިއްޖެ ކޮންމެ ވަގުތަކު، މަޤާމުގެ މަސްއޫލިއްޔަތާ ގުޅޭގޮތުން އެކަމެއްގައި ބައިވެރިވެ، އެކަމެއް ނިމެންދެން ސުކޫލަށް ބޭނުންވާ އެހީތެރިކަމާއި އެއްބާރުލުން ދިނުން.

މަޤާމުގެ މަސްއޫލިއްޔަތު:

  • ސްކޫލުގެ ދަރިވަރުންނަށް ކައުންސިލިންގ ދިނުން.
  • ދަރިވަރުންގެ އަޚްލާޤީ މައްސަލަތައް ބަލައި، އަޅަންޖެހޭ ފިޔަވަޅުތައް، ވެރިންގެ އިރުޝާދާއެކު އެޅުން.
  • ދަރިވަރުންނާއި މުވައްޒަފުން ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތައް ރާވައި ހިންގުން.
  • ސްކޫލުގައި ދަރިވަރުންނަށް އުނގެނޭނެ އަދި މުވައްޒަފުންނަށް މަސައްކަތްކުރެވޭނެފަދަ ރައްކާތެރި ރަނގަޅު މާޙައުލެއް ޤާއިމުކުރަން މެނޭޖްމަންޓާއެކު މަސައްކަތްކުރުން.
  • ސްކޫލުގެ ޞިއްޙީ ޕޮރޮގްރާމްތައް ހިންގުމުގައި އެހީތެރިވެދިނުން.
  • ކުދިން ބަލަހައްޓާނެ ގޮތާއި، އެކުދިންނަށް ބޭނުންވާނެ އެހީތެރިކަމަކީ ކޮބައިކަން އަންގައިދޭފަދަ ވޯރކްޝޮޕްތައް، ސުކޫލުގެ ޓީޗަރުންނަށާއި ބެލެނިވެރިންނަށް ރާވައި ހިންގައިދިނުން.
  • އަމިއްލަ ނަފްސު ކުރިއަރުވަން/ހަރުދަނާކުރަން މަސައްކަތްކުރުން.
  • ދަރިވަރުންގެ ނަފުސާނީ، ޖިސްމާނީ، އަޚުލާޤީ ކަންތައްތައް ރަނގަޅުކުރުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތަކާއި، ތަފާތު ޕްރޮގުރާމުތައް ރާވައި ހިންގުން.
  • ވަޒީފާއާ ގުޅޭގޮތުން ކުރަންޖެހޭ އިދާރީ މަސައްކަތްތައް ކުރުން.

މަޤާމަށް ކުރިމަތިލުމުގެ މުއްދަތާއި ކުރިމަތިލާނެގޮތް:

މި މަޤާމަށް ކުރިމަތިލުމަށް ބޭނުންވާ ފަރާތްތަކުން، "ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް" ފުރިހަމަކުރުމަށްފަހު، ތިރީގައިވާ ލިޔުންތަކާއެކު، 2015 އޮގަސްޓު 23 ވާ އަންގާރަ ދުވަހުގެ މެންދުރު 13:00 ގެ ކުރިން މި ސްކޫލަށް ހުށަހެޅުން އެދެމެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:     

  1. މަޢުލޫމާތު ފުރިހަމަކޮށްފައިވާ "ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު" (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު، މި ސްކޫލްގެ އޮފީހުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ www.csc.gov.mv ވެބްސައިޓުން މި ފޯމު ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ.)
  2. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އިންޓަވިއުއަށް ހާޒިރުވާއިރު، އަސްލު ގެންނަންވާނެއެވެ.)
  3. މަސައްކަތާ ގުޅޭ ދާއިރާއިން ތަޖުރިބާ ލިބިފައިވާނަމަ، އެކަން ސާބިތުކޮށްދޭ ލިޔުންތަކުގެ ކޮޕީ (އިންޓަވިއުއަށް ހާޒިރުވާއިރު، އަސްލު ގެންނަންވާނެއެވެ.)
  4. މުއްދަތު ހަމަނުވާ އައި.ޑީ ކާޑުގެ ސާފު ފޮޓޯކޮޕީ (އިންޓަވިއުއަށް ހާޒިރުވާއިރު، އަސްލު ގެންނަންވާނެއެވެ.)
  5. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ސީވީ)
  6. ސިވިލް ސަރވިސްގައި ވަޒީފާ އަދާކުރަމުންދާ މުވައްޒަފެއްނަމަ، މަސައްކަތްކުރާ އޮފީހަކުން ދޫކުރާ "މުވައްޒަފުގެ މަސައްކަތުގެ ފެންވެރު ބެލުމުގެ ނަތީޖާއާއި، ހާޒިރީއާއި، މަސައްކަތުގެ އުޅުމާއި އަޚްލާޤު ހުރިގޮތް ބަޔާންކުރާ ފޯމު (މުވައްޒަފު މަސައްކަތްކުރާ އޮފީހުގެ މަޤާމަކަށް ކުރިމަތިލާނަމަ، މި ލިޔުން ހުށައަޅާކަށެއް ނުޖެހޭނެއެވެ.)
  7. ސިވިލް ސަރވިސްއަށް ނުވަތަ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް އެ މުވައްޒަފަކު ވަޒީފާ އަދާކުރާ މުއައްސަސާގެ ލިޔުމެއް.

އިންޓަވިއު ކުރުން:

  1. މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ އަދަދު 15 އަށްވުރެ ގިނަނަމަ، އިންޓަވިއުއަށް ހޮވޭ ފަރާތްތައް ކަނޑައަޅާނީ، ޝަރުޠު ހަމަވާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓް ކުރުމަށްފަހުގައެވެ.
  2. އިންޓަވިއުއަށް  ހޮވޭ  ފަރާތްތަކަށް،  އިންޓަވިއު  ބޭއްވޭނެ  ތަނަކާއި،  އިންޓަވިއު  ކުރުން  އޮންނަ  ތާރީޚާއި  ގަޑި،  އިންޓަވިއުއަށް  ހާޒިރުވެވޭނެ  ވަގުތު  އޮއްވައި،  މި  ސްކޫލުން  އަންގާނެއެވެ.

އިތުރު މަޢުލޫމާތު ހޯދުމަށް

މި އިއުލާނާ ގުޅޭގޮތުން އިތުރު މަޢުލޫމާތެއް ބޭނުންވާނަމަ، މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، ސަރުކާރު ބަންދުނޫން ދުވަސްތަކުގެ ރަސްމީ ގަޑިގައި 6640585 ނަންބަރު ފޯނަށެވެ. ފެކްސް ނަންބަރަކީ 6640585 އެވެ.

އެހެނިހެން މަޢުލޫމާތު:       

  1. މި މަޤާމަށް ހޮވޭ ފަރާތަކީ އުމުރުން 55 އަހަރުވެފައިވާ ފަރާތަކަށް ވެގެންނުވާނެއެވެ.
  2. ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ސުންގަޑި ހަމަވުމަށްފަހު ހުށަހަޅާ ހުށަހެޅުންތަކާއި، އެޓޭޗްކުރަންޖެހޭ ލިޔުންތައް ހަމަނުކޮށް ހުށަހަޅާ ހުށަހެޅުންތަކާއި، ފުރިހަމަނުކޮށް ހުށަހަޅާ ލިޔުންތައް ބާޠިލްކުރެވޭނެއެވެ.
  3. މި މަޤާމަށް މީހަކު ހޮވޭނީ، އިންޓަރވިޔު ކުރުމަށްފަހުގައެވެ. މަގާމަށްއެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ފުރިހަމަނުވާ ފަރާތްތަކުގެ ފޯމްތައް ބާޠިލްވާނެއެވެ.

24 ޝައްޥާލް 1436

09 އޮގަސްޓް 2015
ހޯދާ