މޯލްޑިވްސް ލޭންޑް އެންޑް ސަރވޭ އޮތޯރިޓީ
ދިވެހިރާއްޖެ
އެސިސްޓެންޓް ލޭންޑް އޮފިސަރ

ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެ

ނަންބަރު: IUL)431-AHP/1/2014/22) އިޢުލާން ބާޠިލުކޮށް އަލުން އިޢުލާން ކުރީމެވެ.

މަޤާމު

އެސިސްޓެންޓް ލޭންޑް އޮފިސަރ

މަޤާމުގެ ރޭންކާއި ކްލެސިފިކޭޝަން

ޖީ އެސް 4 (ޖެނެރަލް ސާރވިސް 4) / އޮފިސަރ ގްރޭޑް 2

ބޭނުންވާ އަދަދު

01

ވަޒިފާ އަދާ ކުރަންޖެހޭ ރަށް/ އޮފީހާއި، ސެކްޝަން

މޯލްޑިވްސް ލޭންޑް އެންޑް ސާރވޭ އޮތޯރިޓީ/ ލޭންޑް ސެކްޝަން، ކ. މާލެ

މަޤާމު ނަންބަރު

256979

މުސާރައާއި އިނާޔަތްތައް

 • މުސާރަ: -/5020ރ
 • ސަރވިސް އެލަވަންސް: -/1500ރ
 • ސްޕެޝަލް ޑިއުޓީ އެލަވަންސް: މުސާރައިގެ %35

(އިތުރުގަޑީގައި ކުރާ މަސައްކަތްތަކަށް ހަމަޖެހިފައިވާ އުސޫލުން ފައިސާ ދެވޭނެ.)

ޝަރުޠު

މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ޤާބިލުކަން ސާބިތުކޮށްދިނުމާއެކު:

 • މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާ އަކުން ދަށްވެގެން ދިވެހި ރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން، ނުވަތަ
 • މަތީ ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'އީ' ގްރޭޑް ލިބިފައިވުމާއި އެކު، ހަޔަރ ސެކަންޑްރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މިމާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައި ވުން،ނުވަތަ
 • ސާނަވީ އިމްތިހާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، ސެކަންޑްރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މިމާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުމާއެކު، މަޤާމުގެ މަސައްކަތު ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

 • އެކިއެކި ބޭނުންތަކަށް ދޫކުރެވޭ ބިންތަކުގެ ދަފްތަރު ބެލެހެއްޓުމާއި ޔުނިޓުން ލިޔަންޖެހޭ ލިޔުންތައްލިޔެ ކަމާގުޅޭ ފަރާތްތަކަށް ފޮނުވުމާއި، އެފަދަ ލިޔުންތައް ފައިލްކޮށް ބެލެހެއްޓުން.
 • އެލްއައިއެސް ސިސްޓަމަށް ބޭނުންވާ ޑޭޓާތަކުގެ މަޢުލޫމާތު އެއްކުރުން.
 • ހަދާދެވޭ ރަޖިސްޓްރީތަކުގެ ރެކޯޑް ލޭންޑް އިންފޮމޭޝަން ޔުނިޓަށް ފޯރުކޮށްދީ، ރެކޯޑްތައް އަޕްޑޭޓްކުރުން.
 • ޑޭޓާ އެންޓްރީ މެނޭޖަރގެ ލަފާގެމަތިން ޑޭޓާ އެންޓްރީ ޔުނިޓްގެ މަސައްކަތް ކުރުން.
 • ލޭންޑް ޑޭޓާބޭސްއާ ބެހޭގޮތުން ސަރަޙައްދުތަކަށް ފޮނުވާ މައްސަލަތަކާއި ސަރަޙައްދުތަކުން އޮތޯރިޓީއަށް ފޮނުވާ މައްސަލަތަކުގެ ރެކޯޑް ކަނޑައަޅާ އުސޫލެއްގެ މަތިން ދުވަހުން ދުވަހަށް ބެލެހެއްޓުން.
 • ޔުނިޓުންނާއި ވެލުއޭޝަން ކޮމިޓީއިން ބާއްވާ ބައްދަލުވުންތައް އިންތިޒާމްކުރުމާއި އެބައްދަލުވުންތަކުގެ ޔައުމިއްޔާ ލިޔެ ބެލެހެއްޓުން.
 • ވެލުއޭޝަން ކޮމިޓީއަށް ބޭނުންވާ މަޢުލޫމާތު އެއްކުރުމާއި ދިރާސާތައްހެދުން.
 • ވެލުއޭޝަން ކޮމިޓީއިން ދެއްވާ ލަފަޔާއި އެއްގޮތަށް މިނިސްޓަރ ނިންމަވާކަންކަން ތަންފީޒުކުރުން.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިމިނިސްޓްރީގެ ނަންބަރު 3004265 އަށް ގުޅުއްވުން އެދެމެވެ.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންތައްތައް:

 1. ވަޒީފާއާ ބެހޭ ޤާނޫނާއި، ދިވެހި ސިވިލް ސަރވިސްގެ ޤާނޫނާއި، ގަވާއިދާއި މާލިއްޔަތު ޤާނޫނާއި ގަވާއިދަށް އަހުލުވެރިވެފައިވާ ފަރާތެއްކަމުގައިވުން.
 2. މައިކްރޯސޮފްޓް ވޯޑް، އެކްސެލްއަށް އަހުލުވެރިވެފައިވުން
 3. ދިވެހި ފަރިތަކަމާއިއެކު ޓައިޕްކުރެވޭނެ ފަރާތްތަކަށް އިސްކަންދެވޭނެ.
 • ސުންގަޑި: 20 އޮގަސްޓު 2015 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން 
 • އިންޓަރވިއު ބޭއްވޭނެ މުއްދަތު: 2015 އޮގަސްޓު މަހުގެ ތެރޭގައި މޯލްޑިވްސް ލޭންޑް އެންޑް ސާރވޭ އޮތޯރިޓީގެ މީޓިންރޫމުގައި ބޭއްވޭނެއެވެ.

ހުށަހަޅަންޖެހޭ ތަކެތި:

 • (ވަޒީފާއަށް އެދޭ ފޯމު ދޫކުރުމާއި ބަލައިގަތުމަށް ހަމަޖެހިފައިވަނީ މޯލްޑިވްސް ލޭންޑް އެންޑް ސަރވޭ އޮތޯރިޓީއިންނެވެ. އަދި  މިއޮތޯރިޓީގެ(http://www.surveyofmaldives.gov.mv) ވެބްސައިޓުން ވަޒީފާއަށް އެދޭ ފޯމު ޑައުންލޯޑް ކުރެވޭނެއެވެ.)
 • ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް. (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްގެ ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
 • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ މުއްދަތު އެނގޭގޮތަށް އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
 • ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
 • ވަޒީފާގެ ދާއިރާއާ ގުޅޭ ކުރުމުއްދަތުގެ ކޯހާއި ވާރކްޝޮޕް، ސެމިނަރ ފަދަ ތަމްރީނު ޕްރޮގްރާމްތަކުގެ ސެޓްފިކެޓް ނުވަތަ ބައިވެރިވި ކަމުގެ ލިޔުންތައް (މުއްދަތު އެނގޭ ގޮތަށް)
 • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.
 • ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ ތަޢުލީމާއި ތަމްރީނަށް ބަލައި 10 ފަރާތެއް ޝޯޓް ލިސްޓް ކުރެވޭނެއެވެ.

21 ޝައްވާލް 1436

06 އޮގަސްޓް 2015
ހޯދާ