ކެންދޫ ސްކޫލް
ދިވެހިރާއްޖެ
ސީނިއަރ ސްކޫލް ހެލްތު އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު

ސީނިއަރ ސްކޫލް ހެލްތް އޮފިސަރ 

މަޤާމު

ސީނިއަރ ސްކޫލް ހެލްތު އޮފިސަރ

ސްޕެސިފިކޭޝަން

އޮފިސަރ ގުރޭޑް 1

ރޭންކް

އެމް.އެސް 1

މުސާރައާއި އެލަވަންސް

މުސާރަ : -/5610ރ  ސާވިސް އެލަވަންސް : -/2000ރ

އެހެނިހެން އިނާޔަތްތައް

ހަމަޖެހިފައިވާ އުސޫލެއްގެމަތިން އިތުރުގަޑީގެ މަސައްކަތް ކުރަންޖެހޭނަމަ އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ބޭނުންވާ އަދަދު

( އެކެއް ) 1

މަޤާމު އޮތް އޮފީސް

ކެންދޫ ސްކޫލް

ވަޒީފާ އަދާކުރަންޖެހޭ ތަނާއި ރަށް

ކެންދޫ ސްކޫލް / ބ. ކެންދޫ

މައިގަނޑު މަސްއޫލިއްޔަތު

- ބަލިވެގެން ހެލްތު ރޫމަށް އަންނަ ދަރިވަރުންނަށް އެހީތެރިވުން އަދި އެކުދިންގެ މަޢުލޫމާތު ބެލެނިވެރިންނަށް އެންގުމާއި ގެޔަށް ފޮނުވަންޖެހޭ ކުދިންގެ މަޢުލޫމާތު ރިކޯޑްކުރުމަށްފަހު އެކުދިން ގެއަށް ފޮނުވުން.

- އަލަށް ސްކޫލަށް ވަންނަކުދިންގެ ހެލްތު ރިކޯޑް ބެލެހެއްޓުން.

- ގްރޭޑް 1 ކަށް ވަންނަ ކުދިންގެ ހެލްތް ޗެކަޕްހެދުން.

- ބަލިވެގެން އަންނަ ކުދިންނަށް ސްކޫލުން ދެވެން އޮންނަ ފަރުވާއެއްދިނުން.

- ސްކޫލްގެ ޙަރަކާތެއްގައި ދަރިވަރަކު އުޅެނިކޮށް ދިމާވާކަމަކުން ހޮސްޕިޓަލަށް ގެންދަންޖެހިއްޖެނަމަ އެކަން ސްކޫލްގެ އިދާރާއާއި ގުޅިގެން ހަމަޖެއްސުން.

- ސްކޫލްގެ ގޯތިތެރޭގައި މަދިރި އުފެދިފައި ހުނަނަތަންތަން ބަލައި ޗެކްކުރުން.

- ސްކޫލްގެ ކެންޓީނު ޗެކްކުރުން.

- ދުވާލަކު މަދުވެގެން އެއްފަހަރު ސްކޫލްގެ ހުރިހާ ފާޚާނާތަކެއް ބަލައި ޗެކްކޮށް މަސައްކަތު މީހުންލައްވައި ސާފުކުރުން.

- ޞިއްޙީ ޕްރޮގްރާމްތައް ސްކޫލްގެ އިދާރާއާ ގުޅިގެން ރާވައި ހިންގުން.

- ހެލްތު ރޫމަށް ބޭނުންވާ ތަކެތި ބަޖެޓް ސެކްޝަނާއި ގުޅިގެން ހޯދުން އަދި ހެލްތު ރޫމް ބަލަހައްޓައި އެތަނުން ލިބެންވާ ފަސްޓް އެއިޑް ދަރިވަރުންނަށް ލިބޭނެ އިންތިޒާމު ހަމަޖެއްސުން.

- ހެލްތު ރޫމްގައި ބޭނުންކުރާ ތަކެތި އަބަދުވެސް ސާފުތާހިރުކޮށް ބެލެހެއްޓުން. (އެނދު ބަދަލުކުރުން)

- ފަނީބޭސް، ވިޓަމިން ކުދިންނަށް ދިނުން.

- ސިއްޙީ މަޢުލޫމާތު ކުދިންނަށް ދިނުން. (ޑޮކްޓަރުން ގެނެސްގެން)

- ކުދިންގެ ބޯފެން ބަލައި ޗެކްކުރުން.

- ސްކޫލްގައި ހިންގޭ ތަފާތު ޙަރަކާތްތަކުގައި ދަރިވަރުންނަށް އެހީތެރިވެ ފަސްޓް އެއިޑްގެ ޚިދުމަތް ލިބެންޖެހޭ ދަރިވަރުންނަށް އެޚިދުމަތްދިނުން.

- ސްކޫލްގެ ދަރިވަރުންގެ އެކިއެކި މައިދާނީ ދަތުރުތަކުގައި ކުދިންނާއެކު ދާންޖެހޭ ރައްރަށަށް ދިޔުން.

- ފާއިތުވާ އަހަރު ސްކޫލްގައި ހެލްތު ޕްރޮގްރާމް ހިނގިގޮތުގެ ރިޕޯޓް މިނިސްޓްރީއަށް ފޮނުވުން.

- ޓާމަކު އެއްފަހަރު ކުދިންގެ އިސްކޮޅާއި ބަރުދަން ބަލައި ރިކޯޑްތައް ބެލެހެއްޓުން.

- ހެލްތު ރޫމްގައި ބޭނުންކުރެވޭ ބޭސްފަދަ ތަކެތި މުއްދަތު ހަމަވޭތޯ ބަލައި ޗެކްކުރުން.

- ކޮންމެ ދުވަހަކު ސެޝަން ގަޑީގައި މަދުވެގެން ދެފަހަރު ތިރީގައި މިވާ ކަންތައްތައް ކުރުން.

  • ފާޚާނާތަކުގެ ސާފުތާހިރުކަން ބެލެހެއްޓުން.
  • ސްކޫލްގެ އިންޓަވަލްގަޑި މޮނިޓަރ ކުރުން
  • ފެންބޯ އިސްކުރާއި ކޫލަރުތެރޭގެ ސާފުތާހިރުކަން ބެލުން.
  • މީގެ އިތުރުން ވެރިން އަންގާ އެކިއެކި ކަންކަންކުރުން.

ޝަރުޠު

1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤަޢުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ

2. މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ ތެރެއިން އޮނިގަނޑު ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން ނުވަތަ

3- މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެންދާއިރާއަކުން ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް:

- ތަޢުލީމާއި ތަމްރީނު ލިބިފައިވާ މިންވަރު.

- މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ މިންވަރާއި މަސައްކަތުގެ އަޚުލާޤު.

- މަސައްކަތުގެ ހުނަރާއި ފެންވަރާއި، ޤާބިލުކަމާއި ސިފަތައް އިންޓަވިއު ޕެނަލަށް ސާބިތުކޮށްދެވޭ މިންވަރު.

އެޕްލިކޭޝަން ފޯމާއެކު ހުށައަޅަންޖެހޭ ތަކެތި:

- އެކްރެޑިޓް ކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ފޮޓޯކޮޕީގެ އަސްލާ އެއްގޮތްކަމުގެ ތައްގަނޑުޖަހާފައިވާ އަސްލު.

- މުއްދަތު ހަމަނުވާ އައި.ޑީ ކާޑުގެ ސާފު ކޮޕީ އަސްލާ އެއްގޮތްކަމުގެ ތައްގަނޑުޖަހާފައި.

- ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ ސާބިތުކުރެވޭ، ވަޒީފާއަދާކުރި އޮފީސްތަކުގެ ކިޔުންތަކުގެ ފޮޓޯކޮޕީގެ އަސްލާ އެއްގޮތްކަމުގެ ތައްގަނޑުޖަހާފައިވާ އަސްލު.

- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.

- ވަޒީފާގެ ދާއިރާއާ ގުޅޭ ކުރުމުއްދަތުގެ ކޯހާއި ވާރކްޝޮޕްތަކުގެ ލިޔުންތަކުގެ ފޮޓޯކޮޕީގެ އަސްލާ އެއްގޮތްކަމުގެ ތައްގަނޑުޖަހާފައިވާ އަސްލު.

- ސިވިލްސަރވިސްއަށް ނުވަތަ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، މިމަޤާމަށް ހޮވިއްޖެނަމަ، އަދާކުރާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެމުވައްޒަފު ވަޒީފާއަދާ ކުރައްވާ އޮފީހުގެ ލިޔުމެއް.

- ސިވިލްސާރވިސްގެ ވަޒީފާ އަދާކުރައްވާ މުވައްޒަފުން، އެމުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބެލުމުގެ ނަތީޖާއާއި، ހާޒިރީ އަދި މަސައްކަތުގެ އަޚުލާޤު ހުރިގޮތް ބަޔާންކޮށް، ވަޒީފާއަދާކުރާ އޮފީހުން ދޫކުރާ "މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބެލުމުގެ ނަތީޖާ ހާޒިރީ އަދި މަސައްކަތުގެ އުޅުމާއި އަޚުލާޤު ހުރިގޮތް ބަޔާކުރާ ފޯމު"

ނޯޓް: ތަޖުރިބާގެ މުއްދަތު ގުނާނީ ވަނަވަރުގައި ބަޔާންކޮށްފައިވާ ތަންތާގައި ވަޒީފާއަދާކޮށްފައިވާ ކަމުގެ ރަސްމީ ލިޔުމެއް ހުށަހެޅުމުންނެވެ.

ސުންގަޑި: މިމަޤާމަށް ޝައުޤުވެރިވެލައްވާ ޝަރުޠު ހަމަވާ ފަރާތްތަކުން ވަޒީފާއަށް އެދި ހުށަހަޅާ ފޯމާއި މަތީގައި ބަޔާކުރެވިފައިވާ ތަކެތި ފުރިހަމަ ކުރެއްވުމަށްފަހު 11 އޮގަސްޓު 2015 ވާ އަންގާރަ ދުވަހުގެ 11:00 ގެ ކުރިން މިސްކޫލަށް ހުށަހެޅުއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު: މިމަޤާމަށް އެދިލައްވާ ފަރާތްތަކުން ފުރުއްވަންޖެހޭ ވަޒީފާއަށް އެދޭ ފޯމު މި ސްކޫލުންނާއި ސިވިލްސަރވިސްގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.

މިމަޤާމަށް މީހަކު ހޮވުމަށް ހަމަޖެހިފައިވަނީ އިންޓަވިއު ކުރުމަށްފަހުގައެވެ. އިންޓަވިއު ބޭއްވުމަށް ހަމަޖެހިފައިވަނީ 13 އޮގަސްޓު 2015 އާއި 16 އޮގަސްޓު 2015 އާ ދެމެދު ކެންދޫ ސްކޫލްގައެވެ. އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުނަމަ 6600315 އާ ގުޅުއްވުން އެދެމެވެ.

04 އޮގަސްޓް 2015
ހޯދާ