ކެންދޫ ސްކޫލް
ދިވެހިރާއްޖެ
ސްޕޯޓްސް ސުޕަވައިޒަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް

ސްޕޯޓްސް ސުޕަވައިޒަރ

ސްޕެސިފިކޭޝަން

އޮފިސަރ ގްރޭޑް 2

ރޭންކް

ޖީ. އެސް. 4

މުސާރައާއި އެލަވަންސް

މުސާރަ: -/5020 ރުފިޔާ  ސަރވިސް އެލަވަންސް: -/1500 ރުފިޔާ

އެހެނިހެން ޢިނާޔަތްތައް

 އިތުރުގަޑީގެ މަސައްކަތް ކުރަންޖެހޭނަމަ، ހަމަޖެހިފައިވާ އުސޫލެއްގެމަތިން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ބޭނުންވާ އަދަދު

1 (އެކެއް)

މަޤާމު އޮތް އޮފީސް

ކެންދޫ ސްކޫލް

ވަޒީފާ އަދާކުރަންޖެހޭ ތަނާއި ރަށް

ކެންދޫ ސްކޫލް / ބ. ކެންދޫ

މައިގަނޑު މަސްއޫލިއްޔަތު:

1. ސްކޫލްގައި ހިންގޭ ކުޅިވަރުތަކާ ގުޅޭ ހުރިހާ ހަރަކާތެއް، ޕްރިންސިޕަލް ނުވަތަ ޑެޕިޔުޓީ ޕްރިންސިޕަލްގެ އިރުޝާދުގެ ދަށުން ރާވައި ހިންގުން.

2. ހަށިގަނޑުގެ ތަރުބިއްޔަތުގެ ގަޑިއަށް އެކި ގްރޭޑްތަކަށް ބޭނުންވާ ތަކެތި ހޯދައި، އިދާރީގޮތުން ކުރަންޖެހޭ މަސައްކަތްތައްކޮށް، އެ ތަކެތި ހަމަކުރުން.

3. ހަށިގަނޑުގެ  ތަރުބިއްޔަތުގެ  ގަޑީގައި  ޓީޗަރުން  އެ  ގަޑި  ނަގާގޮތް  އޮބްޒާވްކޮށް،  ޓީޗަރުންނަށް  ބޭނުންވާ  ފަންނީ  ލަފަޔާއި  އިރުޝާދު  ދިނުން (ހަފުތާއަކު މަދުވެގެން 1 ގަޑި އޮބްޒަރވްކޮށް، ފީޑްބެކް ދިނުން.)

4. ޕީ.އީ ނަގައިދޭ ޓީޗަރަކަށް ހާޒިރުނުވެވޭ ޙާލަތްތަކުގައި އެ ޓީޗަރުންގެ ޕީ.އީ ގަޑިތައް ނެގުން.

5. އިންޓަރ ކްލާހަށް އަމާޒުކޮށްގެން ރާވާ ހަރަކާތްތަކުގެ ފަރިތަކުރުމުގެ ތާވަލް ތައްޔާރުކުރުމާއި، މުބާރާތް ރާވައި ހިންގުން.

6. އިންޓަރ ކްލާސް މުބާރާތްތަކުގެ ފަރިތަކުރުންތަކުގައި ޓީޗަރުންނަށް އެހީތެރިވުން.

7. ދަރިވަރުންގެ ކިބައިގައިވާ ތަފާތު ހުނަރުތައް (ކުޅިވަރާ ގުޅޭ) ދެނެގަނެ، އެ ހުނަރުތައް ތަރައްޤީކުރުމަށް ތަފާތު ޕްރޮގްރާމްތައް ހިންގުން.

8. ކުޅިވަރު ހަރަކާތްތަކަށް އަންނަ ދަރިވަރުން، ސްކޫލުގެ ޤާވާޢިދުތަކަށް ކިޔަމަންވޭތޯ ބަލައި، ޤަވާޢިދާ ޚިލާފުވާނަމަ، އެކަން އިޞްލާޙުކުރުން.

9. ރިސޯސް ބޭފުޅަކަށް ޕްރެކްޓިސްއަށް ހާޒިރުވެވަޑައިނުގެންނެވިއްޖެ ހިނދެއްގައި ދަރިވަރުންގެ ކަންތައްތައް ރަނގަޅަށް ބަލައި، މޮނިޓަރކޮށް، ޕްރެކްޓިސް ގަޑި ނަގައިދިނުން.   

މަޤާމުގެ ޝަރުޠު:

1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛

2. މަތީ ސާނަވީ އިމްތިޙާނަކުން ދެ މާއްދާއިން ދަށްވެގެން 'އީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން، ހަޔަރ ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި ދިވެހި މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. ނުވަތަ؛

3- ސާނަވީ  އިމްތިޙާނަކުން  ދެ  މާއްދާއިން  ދަށްވެގެން  'ޑީ'  ގްރޭޑް  ލިބިފައި ،  އޭގެ  އިތުރުން،  ސެކަންޑްރީ  ސްކޫލް  ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން ' ސީ ' ގްރޭޑް ލިބިފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

ތަޢުލީމާއި ތަމްރީން ލިބިފައިވާ މިންވަރު.

- މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ މިންވަރާއި، މަސައްކަތުގެ އަޚުލާޤު.

- މަސައްކަތުގެ ހުނަރާއި ފެންވަރާއި، ޤާބިލުކަމާއި ސިފަތައް، އިންޓަވިއު ޕެނަލަށް ސާބިތުކޮށްދެވޭ މިންވަރު.

އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި:

އެކްރެޑިޓް ކޮށްފައިވާ ތަޢްލީމީ ސެޓްފިކެޓްތަކުގެ ފޮޓޯކޮޕީގެ އަސްލާ އެއްގޮތްކަމުގެ ތައްގަނޑުޖަހާފައިވާ އަސްލު.

- މުއްދަތު ހަމަނުވާ އައި.ޑީ ކާޑުގެ ސާފު ކޮޕީ (އަސްލާ އެއްގޮތްކަމުގެ ތައްގަނޑުޖަހާފައި)

- ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ ސާބިތުކުރެވޭ، ވަޒީފާ އަދާކުރި އޮފީސްތަކުގެ ލިޔުންތަކުގެ ފޮޓޯކޮޕީގެ އަސްލާ އެއްގޮތްކަމުގެ ތައްގަނޑުޖަހާފައިވާ އަސްލު.

- ވަޒީފާއަށް އެދޭފަރާތުގެ ވަނަވަރު.

- ވަޒީފާގެ ދާއިރާއާ ގުޅޭ ކުރުމުއްދަތުގެ ކޯހާއި، ވޯރކްޝޮޕްތަކުގެ ލިޔުންތަކުގެ ފޮޓޯކޮޕީގެ އަސްލާ އެއްގޮތްކަމުގެ ތައްގަނޑުޖަހާފައިވާ އަސްލު.

- ސިވިލް ސަރވިސްއަށް ނުވަތަ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، މި މަޤާމަށް ހޮވިއްޖެނަމަ، އަދާކުރާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާއަދާ ކުރާ އޮފީހުގެ ލިޔުމެއް.

- ސިވިލް ސަރވިސްގެ ވަޒީފާ އަދާކުރާ މުވައްޒަފުން، އެ މުވައްޒަފުންގެ މަސައްކަތުގެ ފެންވަރުބެލުމުގެ ނަތީޖާއާއި، ހާޒިރީއާއި، މަސައްކަތުގެ އަޚުލާޤު ހުރިގޮތް ބަޔާންކޮށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކުރާ "މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބެލުމުގެ ނަތީޖާއާއި، ހާޒިރީއާއި، މަސައްކަތުގެ އުޅުމާއި އަޚުލާޤު ހުރިގޮތް ބަޔާކުރާ ފޯމް"

ނޯޓް: ތަޖުރިބާގެ މުއްދަތު ގުނާނީ، ވަނަވަރުގައި ބަޔާންކޮށްފައިވާ ތަންތާނގައި ވަޒީފާ އަދާކޮށްފައިވާކަމުގެ ރަސްމީ ލިޔުމެއް ހުށަހެޅުމުންނެވެ.

ސުންގަޑި:

މި  މަޤާމަށް  ޝައުޤުވެރިވާ،  ޝަރުޠު  ހަމަވާ  ފަރާތްތަކުން،  ވަޒީފާއަށް  އެދި  ހުށަހަޅާ  ފޯމާއި،  މަތީގައި  ބަޔާކުރެވިފައިވާ  ތަކެތި ފުރިހަމަކުރުމަށްފަހު، 2015 އޮގަސްޓު 11 ވާ އަންގާރަ ދުވަހުގެ 11:00 ގެ ކުރިން މި ސްކޫލަށް ހުށަހެޅުން އެދެމެވެ.

އިންޓަވިއު:
މި  މަޤާމަށް  މީހަކު  ހޮވުމަށް  ހަމަޖެހިފައިވަނީ  އިންޓަވިއު  ކުރުމަށްފަހުގައެވެ.  އިންޓަވިއު  ބޭއްވުމަށް  ހަމަޖެހިފައިވަނީ،  13  އޮގަސްޓު  2015 އާއި 16 އޮގަސްޓު 2015 އާ ދެމެދު ކެންދޫ ސްކޫލުގައެވެ.

އިތުރު މަޢުލޫމާތު:

- މި  މަޤާމަށް  އެދޭ  ފަރާތްތަކުން  ފުރަންޖެހޭ  ވަޒީފާއަށް  އެދޭ  ފޯމު،  މި  ސްކޫލުން  ލިބެން  ހުންނާނެއެވެ.  އަދި  ސިވިލް  ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ.

- އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންނަމަ، 6600315 ނަންބަރު ފޯނާ ގުޅުން އެދެމެވެ.

19 ޝައްޥާލް 1436

04 އޮގަސްޓް 2015
ހޯދާ