މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ
ދިވެހިރާއްޖެ
25 ބުރީގެ ޓްރެޜަރީ ބިލްޑިންގ ތަރައްޤީކުރުން

ޕްރޮޖެކްޓް ނަންބަރު: TES/2015/W-125

ޝައުޤުވެރިކަން ފާޅުކުރުމުގެ ދަޢުވަތު

25 ބުރީގެ ޓްރެޜަރީ ބިލްޑިންގ ތަރައްޤީކުރުން

މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ބޭނުމަށް، މާލޭގެ 379 ނަންބަރު ކޮށީގައި (32,500 އަކަފޫޓު) 25 ބުރީގެ މަލްޓި އޮފީސް ކޮމްޕްލެކްސް އެއް ތަރައްޤީކުރާނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. ވީމާ، މި ޕްރޮޖެކްޓަށް ޝައުޤުވެރިވެލައްވާ ހުރިހާ ފަރާތްތަކަށް ބީލަން ހުށަހެޅުއްވުމުގެ ދަޢުވަތު ހުޅުވާލަމެވެ. 

މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން މަސައްކަތް ކުރުމުގެ ޤާބިލުކަން ސާބިތުކޮށްދިނުމުގެ މަޢުލޫމާތު (ބްރޯޝަރ، ދާއިރާއިން ކޮށްފައިވާ މަސައްކަތްތަކުގެ ތަފުސީލު، މިފަދަ ހާލަތްތަކުގައި މަސައްކަތް ކުރުމުގެ ތަޖުރިބާ، ލިބިފައިވާ ތަޢުލީމީ ފެންވަރު އަދި އެހެނިހެން މަޢުލޫމާތު) ހުށަހަޅަންވާނެއެވެ.

މި މަސައްކަތަށް ޝައުޤުވެރިކަން ފާޅުކުރާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށް ޕްރޮޕޯޒަލް ހުށަހެޅުމުގެ ދަޢުވަތު ދެވޭނެވާހަކަ ދަންނަވަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 20 އޮގަސްޓު 2015ވާ ބުރާސްފަތި ދުވަހުގެ 14:00ގެ ކުރިން މި މިނިސްޓްރީއަށް "އެކްސްޕްރެޝަން އޮފް އިންޓަރެސްޓް" މެއިލް، އީމެއިލް ނުވަތަ ފެކްސް މެދުވެރިކޮށް ތިރީގައިވާ އެޑްރެހަށް ފޮނުއްވުން އެދެމެވެ.

މިކަމާބެހޭ މަޢުލޫމާތާއި އިތުރު ތަފުސީލު މި މިނިސްޓްރީގެ ވެބްސައިޓް www.finance.gov.mv ގައި ޝާޢިއު ކުރެވިފައިވާނެއެވެ.

ޓެންޑަރ އިވެލުއޭޝަން ސެކްޝަން

މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ

އަމީނީމަގު،

މާލެ،  ދިވެހިރާއްޖެ.

ޓެލެފޯން: 3349191 ، 3349266

ފެކްސް: 3320706 ، 3324432،

އީމެއިލް އެޑްރެސް: [email protected]

           [email protected]

04 އޮގަސްޓް 2015
ހޯދާ