ނިލަންދެއަތޮޅު އުތުރުބުރީ މަގޫދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސައްކަތް ކޮށްދޭނޭ ފަރާތެއް ހޯދުމަށް

މިކައުންސިލްގެ ނަންބަރު: A2/2015/16-ފ372 (07 ޖޫން 2015) އިޢުލާނާ ގުޅިގެން 1 ފަރާތުން އަންދާސީހިސާބު ހުށަހަޅުއްވާފައިވާތީ، އެއިޢުލާން ބާޠިލުކޮށް، އަލުން އިޢުލާން ކުރަމެވެ.

ފ. މަގޫދޫ ކައުންސިލް އިދާރާގެ ޚިދުމަތް ލިބިގަތުމަށް އަންނަ ފަރާތްތަކުން މަޑުކޮށްލަން ތިބޭބައި (ކައުންސިލް އިދާރާގެ ބޭރުފެންޑާ ބައި) ގެ ފާރުބުރިތަކުން މައްޗަށް ނުރާނާ ހުސްކޮށްހުރިބައި މި ކައުންސިލް އިދާރާއިން ދައްކާ ނަމޫނާއަކާ އެއްގޮތަށް 1.2 އެމް.އެމް. 3" އެލްމެނިއަމް ހުދުކުލައިގެ ފަތީގައި 5 އެމް.އެމް ގެ ބިއްލޫރި ލައްވައިގެން މެދުގައި ބޮޑުދޮރުގެ ދެކޮޅުގައި ދޮރުސެޓްގޮތަށް ފުރޭމް ހަދައިގެން މިމަސައްކަތް އަމިއްލަ ތަކެތީގައިކޮށް ނިންމައިދޭނޭ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 10 އޮގަސްޓު 2015 ވާ ހޯމަދުވަހުގެ 14:00އަށް މިކައުންސިލްގެ އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކޮށް 13 އޮގަސްޓު 2015 ވާ ބުރާސްފަތިދުވަހުގެ 14:00އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވާގޮތް

  މަސައްކަތުގެ އަގަށް %60

  މަސައްކަތުގެ މުއްދަތަށް %20

  މަސައްކަތުގެ ތަޖުރިބާއަށް % 10

  މާލީގޮތުން ތަނަވަސްކަންހުރި މިންވަރު %5

  ފަންނީގޮތުން ގާބިލުކަންހުރި މިންވަރ %5

ނޯޓް: މަޢުލޫމާތު ސާފުކުރުމަށް ހާޒިނުވާ ފަރާތްތަކުގެ އަންދާސީހިސާބާއި ގަޑިޖެހިގެން ހުށަހަޅާ އަންދާސީހިސާބު ބަލައެއް ނުގަނެވޭނެއެވެ. އަދި މަޢުލޫމާތު ފުރިހަމަ ނޫން އަންދާސީހިސާބުތައް ބާޠިލުކުރުމުގެ ފުރިހަމަ އިޚުތިޔާރު މިކައުންސިލަށް ލިބިގެން ވެއެވެ. އެއްވެސް ފަރާތެއްގެ އަންދާސީހިސާބު މަޢުލޫމާތު ފުރިހަމަނުވެގެން ބާޠިލުކުރިނަމަ، އެފަރާތަކަށް އެކަން ސަބަބާއެކު އަންގާނޭވާހަކަ ދަންނަވަމެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް ބޭނުންވާ ފަރާތްތަކުން މިއިދާރާގެ ނަންބަރު 6740014 ފޯނަށް ގުޅުއްވައިގެން އެމަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

17 ޝައްވާލް 1436

02 އޮގަސްޓް 2015
ހޯދާ