ތުރާކުނު ސްކޫލް
ދިވެހިރާއްޖެ
ތުރާކުނު މަދަރުސާގެ 2 ކްލާސްރޫމްގެ ޢިމާރާތަކާއި މަދަރުސާގެ ވަށައިފާރު ރާނައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެ

އިޢުލާން

ތުރާކުނު މަދަރުސާގެ 2 ކްލާސްރޫމްގެ ޢިމާރާތަކާއި މަދަރުސާގެ ވަށައިފާރު ރާނައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެ

މި މަދަރުސާގެ ނަންބަރު GS-86/2015/06 ( 18 މޭ 2015) އިޢުލާނާ ގުޅިގެން ހުށަހަޅާފައިވާ އަންދާސީހިސާބުތައް ބޮޑުކަމަށް ފެންނާތީ، އެ އިޢުލާން ބާޠިލުކޮށް އަލުން އިޢުލާން ކުރަމެވެ. އެގޮތުން މި މަދަރުސާއިން ދޭ މަޢުލޫމާތާ އެއްގޮތަށް އަމިއްލަ ތަކެތީގައި މި މަދަރުސާގައި 2 ކްލާސްރޫމުގެ ޢިމާރާތަކާއި މަދަރުސާގެ ވަށައިފާރު ރޭނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ

ވީމާ، މި މަސައްކަތްތައް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މި މަދަރުސާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހިއްޕަވައިގެން މި މަދަރުސާއަށް ވަޑައިގެން ދެއްވުން އެދެމެވެ.  އަދި މިކަމަށް އެދި ހުށަހަޅުއްވާ ސިޓީ އުރައިގެ ބޭރުގައި "ތުރާކުނު މަދަރުސާގެ 2 ކްލާސްރޫމްގެ ޢިމާރާތަކާއި މަދަރުސާގެ ވަށައިފާރު ރާނައިދޭނެ ފަރާތެއް ހޯދުމާ ގުޅޭ" މިގޮތަށް ލިޔުއްވަންވާނެއެވެ.

މަޢުލޫމާތު ސާފުކުރެއްވުން

އަންދާސީހިސާބު ހުށަހެޅުމާއި ކެނޑުން

20 ޖުލައި 2015 (ހޯމަ) ދުވަހުގެ 10:00 އަށް

30 ޖުލައި 2015 (ބުރާސްފަތި) ދުވަހުގެ 10:00 އަށް

ކުންފުންޏެއްގެ ފަރާތުން ނުވަތަ އެހެން މީހެއްގެ ބަދަލުގައި މަޢުލޫމާތު ސާފުކުރުމަށް ނުވަތަ ބީލަން ހުށަހެޅުމަށް ހާޒިރުވާ ފަރާތްތަކުން އެ މީހަކު ތަމްސީލުކުރަނީ ކޮން ފަރާތެއްކަން އެނގޭނެ ސިޓީއެއް ހުށަހަޅަންވާނެއެވެ. މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައާއި ބީލަން ހުށަހެޅުމުގެ ބައްދަލުވުމުގައި ކޮންމެ ފަރާތަކަށްވެސް ތަމްސީލުކުރެވޭނީ އެއްފަރާތެވެ. މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމަށް ހާޒިރުވެނުލައްވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތެއް ނުދެވޭނެއެވެ.

އަދި ދަންނަވަމެވެ. މަތީގައި ބަޔާންކުރެވިފައިވާ މަސައްކަތް ކުރުމަށް ބީލަން ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ކޮންޓްރެކްޓަރަކަށް ހޮވޭނީ، ތިރީގައި މި ބަޔާންކުރާ ނުކުތާތަކަށް ކަނޑައެޅިފައިވާ އިންސައްތައިން މާކްސް ދީގެން، އެންމެ މަތީ މާކުހެއް ލިބިލައްވާ ފަރާތެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ނަންބަރު 6500547 ފޯނާ ގުޅުއްވުން އެދެމެވެ.        

1. މަސައްކަތުގެ އަގު (65 އިންސައްތަ)

2. މަސައްކަތް ނިންމާނެ މުއްދަތު (15 އިންސައްތަ)

3. މިފަދަ މަސައްކަތެއް ކުރެވިދާނެކަމުގެ މާލީ ޤާބިލުކަމަށް (10 އިންސައްތަ)

4. މިފަދަ މަސައްކަތުގެ ތަޖުރިބާ (10 އިންސައްތަ)

21 ރަމަޟާން 1436

 
08 ޖުލައި 2015
ހޯދާ