މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަމިއްލަ ޚަރަދުގައި ސިޓީ ހޮޓަލެއް ޢިމާރާތްކޮށް، ހިންގައި ބަލަހައްޓައި އޮޕަރޭޓްކުރާނެ ފަރާތެއް ހޯދުމަށް

ބިޑް ހުށަހެޅުމަށް ދަޢުވަތުދިނުން

ރ.އުނގޫފާރުގައި އަމިއްލަ ޚަރަދުގައި ސިޓީ ހޮޓަލެއް ޢިމާރާތްކޮށް، އަދި އެ ސިޓީ ހޮޓެލް ޢިމާރާތްކުރުމަށްފަހު އެ ސިޓީ ހޮޓެލް ހިންގައި ބަލަހައްޓައި އޮޕަރޭޓްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން، ބިޑް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

ސިޓީ ހޮޓަލެއް ހަދައި ހިންގުމަށް ރ. އަތޮޅު އުނގޫފާރު އިރުދެކުނު ކަންމަތީ ސަރަޙައްދުގައި އޮތް 119835 (އެއް ލައްކަ ނަވާރަހާސް އަށް ސަތޭކަ ތިރީސް ފަހެއް) ބިން 50 (ފަންސާސް) އަހަރުދުވަހުގެ މުއްދަތަށް ކުއްޔަށްދޫކުރުމަށް، އުނގޫފާރު ކައުންސިލްގެ ފަރާތުން ކަނޑައަޅައިފީމެވެ. އެ ބިން އޮތްތަނާއި އެ ބިމުގެ ތަފުސީލު އަންގައިދޭ "ސައިޓް ޕްލޭން" މި ބިޑް ޑޮކިއުމަންޓްގެ ޖަދުވަލު 1 ގައި ވާނެއެވެ.

އެ ބިމުގައި އަމިއްލަ ޚަރަދުގައި ސިޓީ ހޮޓެލްއެއް ޢިމާރާތްކޮށް، އަދި އެ ސިޓީ ހޮޓެލް އިމާރާތްކުރުމަށްފަހު އެ ސިޓީ ހޮޓެލް ހިންގައި ބަލަހައްޓައި އޮޕަރޭޓްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން، މި ބިޑްޑޮކިއުމަންޓުގައި ބަޔާންކޮށްފައިވާ ގޮތަށް ތައްޔާރުކޮށް، ބަންދުކޮށްފައިވާ ސިޓީއުރައެއްގައި، މި ބިޑް ޑޮކިއުމަންޓާ އެއްގޮތްވާ ގޮތުގެ މަތިން، ބިޑް ހުށަހެޅުމަށް ދަޢުވަތު ދެމެވެ. މި ބިޑް ޑޮއިކުމެންޓުގައި ބަޔާންކޮށްފައިވާ ގޮތަށް ތައްޔާރުކޮށް، ބިޑް ހުށަހަޅާނީ، އެ ބިމުގައި އަމިއްލަ ޚަރަދުގައި ސިޓީ ހޮޓަލެއް ޢިމާރާތްކޮށް، އަދި އެ ސިޓީ ހޮޓެލް ޢިމާރާތްކުރުމަށްފަހު އެ ސިޓީ ހޮޓެލް ހިންގައި ބަލަހައްޓައި އޮޕަރޭޓް ކުރުމަށް އެދިއެވެ.

ބިން ކުއްޔަށް ދޭނީ ބިން ކުއްޔަށް ދިނުމުގެ އެއްބަސްވުމުގެ ތާރީޚުން ފެށިގެން 50 (ފަންސާސް) އަހަރުދުވަހުގެ މުއްދަތަށެވެ. އަދި، އެ 50 (ފަންސާސް) އަހަރުދުވަހުގެ މުއްދަތު ގުނާނީ، އެ ބިމުގައި ސިޓީ ހޮޓެލްއެއް ޢިމާރާތްކުރުމަށް ދެވޭ 12 (ބާރަ) މަސްދުވަހުގެ ގްރޭސް ޕީރިއަޑް ހިމަނައިގެންނެވެ. އެކަން ކުއްޔަށްދިނުމުގެ އެއްބަސްވުމުގައި ބަޔާންކުރެވިގެންވާނެއެވެ.

އެ ބިމުގައި އަމިއްލަ ޚަރަދުގައި ސިޓީ ހޮޓެލްއެއް ޢިމާރާތްކޮށް، އަދި އެ ސިޓީ ހޮޓެލް ޢިމާރާތްކުރުމަށްފަހު އެ ސިޓީ ހޮޓެލް ހިންގައި ބަލަހައްޓައި އޮޕަރޭޓްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުގެ ތެރެއިން، އިތުރު މަޢުލޫމާތު ހޯއްދެވުމަށާއި، މި ބިޑް ޑޮކިއުމަންޓް ބެއްލެވުމަށާއި، މި ބިޑް ޑޮކިއުމަންޓް ބައްލަވައިގަތުމަށް ބޭނުންފުޅުވާ ފަރާތްތަކަށް، 09 ޖުލައި 2015 އިން ފެށިގެން 23 ޖުލައި 2015 ދުވަހުގެ މެންދުރުފަހު 1:30 ގެ ނިޔަލަށް، ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 10.15 އިން ފެށިގެން މެންދުރުފަހު 1.45 އާ ދެމެދު އަންނަނިވި އެޑްރެހުގައި، އެކަން ހަމަޖެހިފައިހުންނާނެއެވެ.

އުނގޫފާރު ކައުންސިލްގެ އިދާރާ، ޣާޒީ މަގު، ރ.އުނގޫފާރު، ދިވެހިރާއްޖެ

ޓެލެފޯނު ނަންބަރު: 6580118

ފެކްސް ނަންބަރު: 6580118

އީމެއިލް އެޑްރެސް:[email protected]

މި ބިޑް ޑޮކިއުމަންޓް ބައްލަވައިގަތުމަށް ބޭނުންފުޅުވާ ފަރާތްތަކުން، އެކަމަށް އެދި ހުށަހަޅުއްވާނީ، ބިޑްޑޮކިއުމަންޓް ގަތުމަށް އެދޭ ފޯމު މެދުވެރިކޮށް މި މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ އުނގޫފާރު ކައުންސިލްގެ އިދާރާއަށެވެ. ބިޑްޑޮކިއުމަންޓް ގަތުމަށް އެދޭ ފޯމު އުނގޫފާރު ކައުންސިލްގެ އިދާރާއިން ލިބިވަޑައިގަންނަވާނެއެވެ.

އެ ބިމުގައި އަމިއްލަ ޚަރަދުގައި ސިޓީ ހޮޓަލެއް ޢިމާރާތްކޮށް، އަދި އެ ސިޓީ ހޮޓެލް ޢިމާރާތްކުރުމަށްފަހު އެ ސިޓީ ހޮޓެލް ހިންގައި ބަލަހައްޓައި އޮޕަރޭޓްކުރުމަށް ބިޑް ހުށަހެޅުމުގެ ފުރުޞަތު ލިބިގެންވަނީ، ދިވެހި ރައްޔިތުންނަށް ނުވަތަ ރާއްޖެއިންބޭރު ޤައުމުތަކުގެ ރައްޔިތުންނަށް ނުވަތަ ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ ޕާރޓްނަޝިޕަކަށް ނުވަތަ ކުންފުންޏަކަށެވެ. މިއިން ޕާޓްނަޝިޕެއްގައި ނުވަތަ ކުންފުންޏެއްގައި ބިދޭސީ ފަރާތެއްގެ ހިއްސާއެއް އޮތުމަކީ މައްސަލައެއްނޫނެވެ.

މާނައަކީ، ދިވެހިރައްޔިތުން ހިއްސާވާ ނުވަތަ ބިދޭސީން ޙިއްސާވާ ޕާޓްނަޝިޕަކަށް ނުވަތަ ކުންފުންޏަކަށް ވެސް މިބިޑްގައި ބައިވެރިވެވިދާނެއެވެ. ބިޑް ޑޮކިއުމެންޓް ގަންނަންލިބޭނީ -/1500ރ ( އެއްހާސް ފަސްސަތޭކަ ރުފިޔާ ) އަށެވެ.

ބިޑް ޑޮކިއުމަންޓް ގަތުމަށް އެދޭ ފޯމާއެކުގައި އަންނަނިވި އެއްޗެހި ހުށަހަޅަންވާނެއެވެ.

(1)

ބިޑް ޑޮކިއުމަންޓް ގަތުމަށް އެދޭ ފޯމު ސޮއިކުރުމަށްފަހު ހުށަހަޅަނީ، އެ ފޯމު މެދުވެރިކޮށް ގަންނަ ބިޑް ޑޮކިއުމަންޓުގައިވާ ގޮތުގެ މަތިން ބިޑް ހުށަހަޅަން ބޭނުންވާ ފަރާތްނޫން އެހެން ފަރާތަކުން ކަމުގައިވާނަމަ، އޭނާ އެ ބިޑް ޑޮކިއުމަންޓް ގަތުމަށާއި ބިޑް ޑޮކިއުމަންޓް ގަތުމަށް އެދޭ ފޯމުގައި ސޮއިކުރުމަށް ބިޑް ހުށަހަޅަން ބޭނުންވާ ފަރާތުން ހުއްދަކުރާކަމުގެ ޕަވަރ އޮފް އެޓަރނީއެއް އެ ފޯމާއެކު ހުށަހަޅަންވާނެއެވެ.

(2)

ބިޑް ޑޮކިއުމަންޓް ގަތުމަށް އެދޭ ފޯމު ހުށަހަޅަނީ، ކުންފުންޏަކުންކަމުގައިވާނަމަ، އެ ކުންފުނީގެ ރެޖިސްޓްރޭޝަން ސެޓްފިކެޓްގެ ކޮޕީއެއް ހުށަހަޅަންވާނެއެވެ. ބިޑް ޑޮކިއުމަންޓް ގަތުމަށް އެދޭ ފޯމު ހުށަހަޅަނީ، ޕާރޓްނަރޝިޕްއަކުން ކަމުގައިވާނަމަ، އެ ޕާރޓްނަރޝިޕްގެ ރެޖިސްޓްރޭޝަން ސެޓްފިކެޓުގެ ކޮޕީއެއް ހުށަހަޅަންވާނެއެވެ. އަދި ބިޑް ޑޮކިއުމަންޓް ގަތުމަށް އެދޭ ފޯމު ހުށަހަޅަނީ، ވަކި ފަރުދަކު ކަމުގައިވާނަމަ، އޭނާގެ އައިޑެންޓިޓީ ކާޑުގެ ކޮޕީއެއް ހުށަހަޅަންވާނެއެވެ.

(3)

ބިޑް ޑޮކިއުމަންޓް ގަތުމަށް ދައްކަންޖެހޭ އަގަށްވާ -/1500ރ. (އެއް ހާސް ފަސް ސަތޭކަ ރުފިޔާ) ގެ ޗެކެއް ހުށަހަޅަންވާނެއެވެ.

ބިޑް ޑޮކިއުމަންޓް ގަތުމަށް ފައިސާ ދެއްކުމުން، އެ ފައިސާ ބަލައިގަތްކަމުގެ ރަސީދެއް ކައުންސިލްގެ އިދާރާއިން ދޫކުރާނެއެވެ. އަދި ގަންނަ ބިޑް ޑޮކިއުމަންޓްގެ ސީރިއަލް ނަންބަރު އެ ރަސީދުގައި ބަޔާންކޮށްފައި އޮންނާނެއެވެ.

ބިޑް ޑޮކިއުމަންޓާއި ބިޑްގެ ސީރިއަލް ނަންބަރަކީ ވަކިފަރާތަކަށް ސީދާ ދޫކުރެވޭ އެއްޗެއްކަމުގައިވާތީ، އެއީ އެހެން ފަރާތަކަށް ފަހުން ބަދަލުކުރެވޭނެ ނުވަތަ ނަގުލުކުރެވޭނެ އެއްޗެއް ނޫނެވެ.

ބިޑް ހުށަހަޅާކޮންމެ ފަރާތަކުންވެސް އެ ބިޑްހުށަހަޅަނީ، ބިމުގައި އަމިއްލަ ޚަރަދުގައި ސިޓީ ހޮޓަލެއް ޢިމާރާތްކޮށް، އަދި އެ ސިޓީ ހޮޓެލް ޢިމާރާތްކުރުމަށްފަހު އެ ސިޓީ ހޮޓެލް ހިންގައި ބަލަހައްޓައި އޮޕަރޭޓްކުރުމަށެވެ. އެހެންކަމުން، ބިން ކުއްޔަށް ހިފަން ވަކިބިޑެއް، އަދި ސިޓީ ހޮޓެލް ހަދަން ވަކި ބިޑެއް އެއްވެސް ފަރާތަކުން ހުށަހަޅާކަށް ނުޖެހޭނެއެވެ. ކޮންމެ ފަރާތަކުންވެސް މި ބިޑް ޑޮކިއުމަންޓާއެއްގޮތަށް އެއް ބިޑް ހުށަހެޅުމުން އެ ބިޑް އެ ހުށަހެޅެނީ، އެ ދެކަންތައްވެސް ކުރުމަށް އެދި ކަމުގައި ބެލެވޭނެއެވެ.

ބިޑް ހުށަހެޅުމަށް ފޯމު ގަނެފައިވާ ފަރާތްތަކަށް މަޢުލޫމާތު ދިނުމަށްޓަކައި، 30 ޖުލައި 2015 ދުވަހުގެ މެންދުރުކުރި 11:00 ގައި އުނގޫފާރު ކައުންސިލްގެ އިދާރާގައި ޕްރީ-ބިޑް ބައްދަލުވުމެއް އޮންނާނެއެވެ.

ބިޑް ހުށަހަޅަންޖެހޭނީ، ބަންދުކޮށްފައިވާ ސިޓީއުރައެއްގައި، 31 އޮގަސްޓް 2015 ދުވަހުގެ މެންދުރުފަހު 2:00ގެ ކުރިން، ކައުންސިލްގެ އިދާރާއަށެވެ. ނުވަތަ އެކަންކުރުމަށް ކައުންސިލްގެ އިދާރާއިން ކަނޑައަޅައި، ދުރާލައި ޢާންމުކޮށް އަންގާ އެޑްރެހަކަށެވެ.

ބިޑް ހިމެނޭ ބަންދުކޮށްފައިވާ ސިޓީއުރަ ހުޅުވާނީ، ބިޑް ހުށަހަޅާ ފަރާތްތަކުގެ ޙާޒިރުގައި ނުވަތަ އެފަރާތްތަކުން ފޮނުވާ މަންދޫބުންގެ ހާޒިރުގައި ބާއްވާ ބައްދަލުވުމެއްގައި، 31 އޮގަސްޓް 2015 ވަނަ ދުވަހުގެ މެންދުރު ކުރި 14:00 ގައި، ކައުންސިލްގެ އިދާރާގައެވެ. ނުވަތަ އެކަންކުރުމަށް ކައުންސިލްގެ އިދާރާއިން ކަނޑައަޅައި، ދުރާލައި އާންމުކޮށް އަންގާފައިވާ އެޑްރެހެއްގައެވެ.

ބިޑް ހުށަހެޅުމަށް އޮތް އެއްވެސް އުސޫލަކަށް ބަދަލެއް އަންނަކަމަށްވާނަމަ، ބިޑް ފޯމު ގަތް އެންމެހައި ފަރާތްތަކަށް ކައުންސިލްގެ އިދާރާއިން ލިޔުމުން އެކަން އަންގަމުން، އަދި، އެކަން އާންމުކޮށް އިޢުލާނުކުރަމުން ގެންދާނެއެވެ.  

08 ޖުލައި 2015
ހޯދާ