މަދަރުސަތުއް ސުލްޠާނު މުޙަންމަދު ތަކުރުފާނުލް އަޢުޡަމް - ހއ. އުތީމު
ދިވެހިރާއްޖެ
ހއ. އުތީމު، މަދަރުސަތުއްސުލްޠާނު މުޙައްމަދު ތަކުރުފާނުލް އަޢުޡަމްގައި 4 ކުލާސްރޫމް، ދަރިވަރުންގެ 6 ފާޚާނާ އިމާރާތް ކުރާނެފަރާތެއްހޯދުން

ހއ. އުތީމު، މަދަރުސަތުއްސުލްޠާނު މުޙައްމަދު ތަކުރުފާނުލް އަޢުޡަމްގެ 4 ކުލާސްރޫމާއި، ދަރިވަރުންގެ 6 ފާޚާނާ ( ދެބުރިއިމާރާތް ) މިތަނުން ދައްކާ ނަމޫނާއާ އެއްގޮތަށް އަމިއްލަ ތަކެތީގައި އިމާރާތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް ހއ. އުތީމު މަދަރުސަތުއްސުލްޠާނު މުޙައްމަދު ތަކުރުފާނުލް އަޢުޡަމަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށްފަހު ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ.

މަޢުލޫމާތު ސާފުކުރުމަށް

އަންދާސީހިސާބު ހުށަހެޅުމަށް

12 ޖުލައި 2015 ( އާދީއްތަ ) ގެ 12:00 އަށް

23 ޖުލައި 2015 ( ބުރާސްފަތި ) ގެ 12:00 އަށް   

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަތުމަށް ހަމަޖެހިފައެއް ނުވެއެވެ. މިބީލަމަށް ދިވެހިރާއްޖޭގައި ރަޖިސްޓަރީ ކޮށްފައިވާ ކުންފުނިތަކާއި، ވިޔަފާރިތަކަށާއި، އަދި އަމިއްލަ ފަރުދުންނަށްވެސް ކުރިމަތިލެވޭނެއެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 9956998 އަދި 7803989 މޮބައިލް ނަމްބަރަށެވެ.                         

       15 ރަމަޟާން 1436

02 ޖުލައި 2015
ހޯދާ