ހައްދުންމަތީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހައްދުންމަތީ އަތޮޅުގެއާއި ވަށާފާރު މަރާމާތުކުރުން

ހައްދުންމަތީ އަތޮޅުގެއާއި ވަށާފާރު އަމިއްލަ ތަކެތީގައި ތިރީގައިމިވާ މަރާމާތުތައް ކުރުމަށް ބޭނުންވެއެވެ.

1- ފުރާޅުގެ ސީލިންގ މަރާމާތުކުރުން.

2- ދޮރާއި ދޮރުފަތްތަކުގެ މަރާމާތު.

3- އިމާރާތުގެ އެތެރޭގެ ފާރުތަކާއި ބޭރުގެ ފާރުތަކުގެ މަރާމާތު

4- ފާޚާނާތަކުގެ މަރާމާތު

5- ފެންޕަންޕު މަރާމާތު ކުރުން.

6- އޭސީތައް މަރާމާތުކުރުމާއި، ބަދަލުކުރަންޖެހޭ އޭސީތައް ބަދަލުކުރުން.

ވީމާ، މިމަސައްކަތްތައް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 22 ޖޫން 2015 ވާ ހޯމަ ދުވަހުގެ 11:00 އަށް މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 28 ޖޫން 2015 ވާ އާދީއްތަ ދުވަހުގެ 11:00އަށް އަންދާސީހިސާބު ހިއްޕަވައިގެން މިއިދާރާއަށް ވަޑައިގެން ދެއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަ މިފުރުޞަތުގައި ދަންނަވަމެވެ.

27 ޝަޢުބާން 1436

14 ޖޫން 2015
ހޯދާ