މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް
ދިވެހިރާއްޖެ
ޒަކާތު މެނޭޖުކުރާ ސޮފްޓްވެއަރއެއް ތައްޔާރުކޮށްދެއްވާނެ ފަރާތެއް ހޯދުން

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒަށް ޒަކާތު މެނޭޖުކުރާ ސޮފްޓްވެއަރއެއް ތައްޔާރުކޮށްދެއްވާނެ ފަރާތެއް ހޯދުން

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒަށް "ޒަކާތު މެނޭޖްމަންޓު ސޮފްޓްވެއަރ" އެއް ތައްޔާރުކޮށްދެއްވާނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. މި ސޮފްޓުވެއަރ ތައްޔާރުކުރުމަށް ފަންޑު ކުރަނީ ޖިއްދާގެ އިސްލާމިކް ޑިވެލޮޕްމަންޓު ބޭންކުގެ ފަރާތުންނެވެ.

1. މަޤްޞަދު

މި ކޮންސަލްޓެންސީ މަސައްކަތުގެ ބޭނުމަކީ ޒަކާތް ބަލައިގަތުމާއި، ބެހުމާއި، މެނޭޖުކުރުމަށާއި އަދި ފަޤީރުންނާއި ބޭނުންޖެހިފައިވާ ފަރާތުގެ ދަފްތަރު އެކުލަވާލައި ބެލެހެއްޓުމަށް ސޮފްޓުވެއަރއެއް ތައްޔާރުކުރުމެވެ.

2. ސްކޯޕް

މި ކޮންސަލްޓެންސީ މަސައްކަތުގެ މައިގަނޑު ސްކޯޕް ތިރީގައި މިވަނީއެވެ. އަދި މީގެ އިތުރުން ކޮންސަލްޓެންޓުގެ މަސްއޫލިއްޔަތަކީ ޒަކާތަށް ލިބޭ މިންވަރާއި އަދި ބެހޭގޮތް ރިކޯޑުކޮށް ފަސޭހައިން ސްޓެޓިސްޓިކްސްތައް ނެގޭނެގޮތަށް ފުރިހަމަ ސޮފްޓްވެއަރއެއް ފަރުމާ ކޮށްދިނުމެވެ. އެއީ ރާއްޖޭގެ ޙާލަތަށް ރިޢާޔަތްކޮށްގެންނެވެ.

  1. ޒަކާތް މެނޭޖުކުރުމުގައި މިހާރު ބޭނުންކުރާ ފްރޭމްވާރކް ދަސްކޮށް މުރާޖަޢާ ކުރުން
  2. މިހާރު ބޭނުންކުރަމުންދާ މެނުއަލް ޒަކާތު ސިސްޓަމް މުރާޖަޢާކޮށް، ބޭނުންކުރާ މީހުންނަށް (އެޑްމިނިސްޓްރޭޓަރުން، އިންޓަރމީޑިއަރީޒް ހިމެނޭ ގޮތަށް އެންޑް ޔޫސަރުން) ބޭނުންކުރުމަށް ފަސޭހަ ޒަކާތު ސޮފްޓުވެއަރއެއް ހެދޭނެގޮތްގޮތް ރިކޮމެންޑުކުރުން

3. ކޮލިފިކޭޝަން

ސޮފްޓްވެއަރ ތައްޔާރުކުރުމާއި މިފަދަ ކަންކަން ކުރުމުގެ ޢިލްމާއި ހުނަރާއި އަދި ތަޖުރިބާ ހުރުމަކީ މި މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގެ ކިބައިގައި ހުރުން މަޖުބޫރު ޝަރުޠެކެވެ.

4. އިވެލުއޭޝަން ކްރައިޓީރިއާ

މި މަސައްކަތްކުރުމަށް ހުށަހަޅާ ފަރާތްތަކުގެ ޕްރޮޕޯޒަލްތައް އިވެލުއޭޓުކުރާނީ ކޮންސަލްޓެންޓުގެ ތަޖުރިބާއަށް ބަލައިގެންނެވެ. ޓެކްނިކަލް ސްކޯރ ދެވޭނީ ތިރީގައި ބަޔާންކޮށްފައިވާ ހަމަތަކުގެ މަތިންނެވެ.

ކްރައިޓީރިއާ

އެންމެ މަތީ ސްކޯ

ތަޢުލީމީ ކޮލިފިކޭޝަން

40

މާސްޓަރސް ޑިގްރީ ނުވަތަ އެއަށްވުރެ މަތީ ޑިގްރީއެއް އައިޓީ އިން ނުވަތަ ކޮމްޕިއުޓަރ ސައިންސްއިން ނުވަތަ ގުޅޭ ދާއިރާއަކުން ހޯދާފައިވުން

40

ބެޗްލަރސް ޑިގްރީއެއް އައިޓީ އިން ނުވަތަ ކޮމްޕިއުޓަރ ސައިންސްއިން ނުވަތަ ގުޅޭ ދާއިރާއަކުން ހޯދާފައިވުން

30

ޑިޕްލޮމާ ޑިގްރީއެއް އައިޓީ އިން ނުވަތަ ކޮމްޕިއުޓަރ ސައިންސްއިން ނުވަތަ ގުޅޭ ދާއިރާއަކުން ހޯދާފައިވުން

20

މަސައްކަތާ ގުޅޭ ގޮތުން ކޮންސަލްޓެންޓުގެ ތަޖުރިބާ

60

ސޮފްޓުވެއަރ ހަދައިދޭ ފަރާތުގެ ވަނަވަރު

10

ސޮފްޓުވެއަރ ހަދައިދޭ ފަރާތުގެ ތަޖުރިބާ

30

މިހާތަނަށް ހަދައިދީފައިވާ ސޮފްޓުވެއަރގެ ކޮމްޕްލެކްސިޓީ

20

ޖުމުލަ

100

މި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތުން 29 ޖޫން 2015 ވާ ހޯމަ ދުވަހުގެ ކުރިން މެއިލް، އީމެއިލް ނުވަތަ ފެކްސްގެ ޒަރީޢާއިން މި މިނިސްޓްރީއަށް ވެބްސައިޓުގައި ޝާއިޢުކޮށްފައިވާ ޓީއޯއާރު އާ އެއްގޮތަށް ހުށަހެޅުއްވުން އެދެމެވެ.

ގުޅާނެ ފަރާތް:

ޙުސައިން ޢަބްދުލްވާޙިދު

އެސިސްޓެންޓް ޑިރެކްޓަރ

ޒަކާތު ޔުނިޓް

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް

މާލެ، ދިވެހިރާއްޖެ

ފޯނު: 331 3411

ފެކްސް: 331 5161

އީމެއިލް:[email protected]

ވެބްސައިޓް: www.islamicaffairs.gov.mv

04 ޖޫން 2015
ހޯދާ