ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
އޮފިސަރ ގރ.1

މިކުންފުނީގެ ނަންބަރު:60ADM/2015/138 އިޢުލާނަށް އެކަށީގެންވާވަރަށް ކެނޑިޑޭޓުން ލިބިފައި ނުވާތީ ތިރީގައި މިދަންނަވާ މަޤާމަށް އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ.

މަޤާމު: އޮފިސަރ ގރ.1  ( 6 މަސްދުވަހުގެ ކޮންޓްރެކްޓަށް )

އަދަދު: 02

އަސާސީ މުސާރަ:-/4350ރ އާއި -/5100ރ އާ ދެމެދުގެ އަދަދެއް ތަޢުލީމީ ފެންވަރަށްބަލައި ހަމަޖައްސައިދެވޭނެއެވެ.

މަސައްކަތް ކުރަންޖެހޭ ޑިޕާޓްމަންޓް: އައި.ޖީ.އެމް.އެޗް މެޑިކަލް ސްޓޯރ/ އެސްޓީއޯ މެޑިކަލް ސާވިސް ޑިޕާޓްމަންޓް

އެހެނިހެން އިނާޔަތްތައް:

  • އިތުރު އެލަވަންސް: -/1500ރ އާއި -/2100ރ އާ ދެމެދުގެ އަދަދެއް ލިބޭނެއެވެ.
  • އިތުރުގަޑީގައި އަދި ރަސްމީބަންދު ދުވަހެއްގައި މަސައްކަތް ކޮށްފިނަމަ ވަޒީފާއާ ބެހޭ ޤާނޫންގައި ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
  • މަތީތަޢުލީމް ހާސިލުކޮށްފައިވާނަމަ ހަމަޖެހިފައިވާ އުސޫލުން ޓެކްނިކަލް ނުވަތަ ޕްރޮފެޝަނަލް އެލަވަންސް ލިބޭނެއެވެ.
  • ހަމަޖެހިފައިވާ އުސޫލުން އެޓެންޑެންސް އެލަވަންސް ލިބޭނެއެވެ.
  • މެޑިކަލް އިންޝުއަރެންސް (ޕްރޮބޭޝަން އަށްފަހު)
  • ޕެންޝަން  

މަޤާމުގެ މަސްއޫލިއްޔަތު:

  • އައި.ޖީ.އެމް.އެޗް ގެ އޯރޑަރ ރިކުއެސްޓްތަކަށް މެޑިކަލް ގުޑްސް އެލޮކޭޓް ކުރުން
  • ސްޓޮކް ގުނުމާއި އިންވެންޓަރީ ޗެކްކުރުން 
  • މުދާ ދޫކުރުމާއި ބަލައިގަތުން އަދި ގުޅުންހުރި ލިޔެކިޔުންތަށް ބެލެހެއްޓުން
  • ސްޓޮކް ހުސްވާ މުދާ ޗެކްކޮށް އޯރޑަރ ރިކުއެސްޓް ފޯމު ފޮނުވުން

ތަޢުލީމާއި ތަޖުރިބާ:

  • ޖީސީއީ އޯލެވެލް 5 މާއްދާ އިން ދަށްވެގެން "ސީ" ފާސް ލިބިފައިވުން. ނުވަތަ،
  • ޖީސީއީ އޭލެވެލް 3 މާއްދާ އިން ދަށްވެގެން "ސީ" ފާސް ލިބިފައިވުން ނުވަތަ ޑިޕްލޮމާ ލެވެލް 4 ފުރިހަމަ ކޮށްފައިވުން

އެހެނިހެން ހުނަރު:

  • މަސައްކަތާ ގުޅޭ ދާއިރާއަކުން ތަޖުރިބާ ލިބިފައިވުން
  • ގިނަ ވަގުތު މަސައްކަތުގަ އުޅެވޭ މޭހެއްކަމުގައިވުން

މި މަޤާމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 18 މޭ 2015ގެ 12:30ގެ ކުރިން އެސްޓީއޯގެ ވަޒީފާއަށް އެދޭ ފޯމާއެކު ތިރީގައިވާ އެޑްރެހަށް އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ. އެޕްލިކޭޝަން ފޯމު މި ކުންފުނީގެ ހެޑް އޮފީހުގެ ކައުންޓަރުންނާއި ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ.

އެސްޓީއޯ ވެބްސައިޓް: http://www.stomaldives.com/downloads

ނޯޓް:

  • ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އަސްލާ އެއްގޮތްކަން އަންގައިދޭ ތައްގަނޑު ޖަހާފައިނުވާ ސެޓްފިކެޓް ހުށަހަޅާފައިވާނަމަ، އިންޓަވިއުއަށް ހާޒިރުވާންވާނީ ސެޓްފިކެޓްތަކުގެ އަސްލާއެކުގައެވެ.)
  • މިމަޤާމަށް މުވައްޒަފުން ހޮވާނީ ތަޢުލީމީ ސެޓްފިކެޓްތަކާއި މަސައްކަތު ތަޖުރިބާ އަދި އިންޓަވިއުއަށް ބަލައި އެންމެ މަތިން މާކްސް ލިބޭ ފަރާތްތަަކެވެ.
  • މުސާރަ ހަމަޖައްސާނީ ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓަށް ބަލާފައެވެ.
  • އިންޓަރވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.
  • ވަޒީފާ ހަމަޖެއްސުމުގައި ޕޮލިސް ރިޕޯޓު/ ކުށުގެ ރިކޯޑަށް ބަލާނެއެވެ.

އެޑްރެސް:

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން  ޕލކ ހެޑް އޮފީސް

ބޮޑުތަކުރުފާނު މަގު، މާފަންނު، މާލެ – 20345

ފޯން: 3344245، ފެކްސް: 3344041، އީމެއިލް: [email protected]

12 މޭ 2015
ހޯދާ