ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
ފަޔަރ އެލާރމް ސިސްޓަމެއް ޤާއިމުކޮށް ބެލެހެއްޓުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން

އެސްޓީއޯ ޕލކގެ އިމާރާތްތަކުގައި އަދި ގުދަންތަކުގައި ފަޔަރ އެލާރމް ސިސްޓަމެއް ޤާއިމުކޮށް ބެލެހެއްޓުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

އެސްޓީއޯ ޕލކގެ އިމާރާތްތަކުގައި އަދި ގުދަންތަކުގައި ފަޔަރ އެލާރމް ސިސްޓަމް ޤާއިމުކޮށް، އެއް އަހަރުދުވަހަށް (ކޮންމެ މީލާދީ މަހަކު އެއްފަހަރު) ސަރވިސްކޮށް ބެލެހެއްޓުމަށާއި، އަދި އެލާރމް ސިސްޓަމް ޑިޒައިންކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރެވުނު ADM/2015/113-ފ60 ނަންބަރު އިޢުލާނާ ގުޅިގެން އެކަށީގެންވާ އިޖާބައެއް ލިބިފައިނުވާތީ އެ އިޢުލާން ބާޠިލުކޮށް، އަލުން މި ބާވަތުގެ މަސައްކަތްކުރުމުގެ ފަންނީ އަދި ޢަމަލީ ތަޖުރިބާ ހުރި ފަރާތްތަކަށް ފުރުޞަތު ހުޅުވާލަމެވެ.

މަސައްކަތް:            އެސްޓީއޯ ޕލކގެ އިމާރާތް އަދި ގުދަންތަކުގައި ފަޔަރ އެލާރމް ސިސްޓަމެއް ޤާއިމުކޮށް ބެލެހެއްޓުމުގެ މަސައްކަތް

މަސައްކަތުގެ ވެރިފަރާތް:    ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ

ރަޖިސްޓަރީ ކުރުން:       ރަޖިސްޓަރީކުރަން ބޭނުންފުޅުވެލައްވާ ބޭފުޅުން 2015 މޭ 20 ވާ ދުވަހުގެ 15:00 ގެ ކުރިން އެސްޓީއޯ ހެޑްއޮފީހަށް ދުރުވެ ރަޖިސްޓަރީ ކުރަންވާނެއެވެ.

ބީލަންކަރުދާސް ދޫކުރުން:    2015 މޭ 20 ވާ ދުވަހުގެ 16:00 ގެ ކުރިން ރަޖިސްޓަރީ ކުރަައްވާފައިވާ ފަރާތްތަކަށް ބީލަންކަރުދާސް ދެވޭނީ އީމެއިލުންނެވެ.

މަޢުލޫމާތު ދިނުން:        ރަޖިސްޓަރީ ކުރައްވާފައިވާ ފަރާތްތަކަށް 2015 މޭ 21 ވަނަ ދުވަހުގެ 15:30 ގައި މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް އެސްޓީއޯ ހެޑްއޮފީހުގައި އޮންނާނެއެވެ.

ސުވާލާއި ޖަވާބު:        ރަޖިސްޓަރީ ކުރެއްވުމަށްފަހު ހުށަހަޅުއްވަން ބޭނުންފުޅުވެލައްވާ ސުވާލުތައް 2015 މޭ 26 ވާ ދުވަހުގެ 15:00 ގެ ކުރިން އީމެއިލުގެ ޒަރީޢާއިން ފޮނުވަންވާނެއެވެ. އަދި ބިޑް ޑޮކިއުމަންޓް ބައްލަވައިގަނެފައިވާ ފަރާތްތަކަށްް 2015 ޖޫން 01 ވަނަ ދުވަހުގެ ކުރިން ޖަވާބުދާރީވެވޭނެއެވެ.

ބީލަންކަރުދާސް :        ބީލަންކަރުދާސް ހުޅުވުން އޮންނާނީ 2015 ޖޫން 07 ވަނަ ދުވަހުގެ 14:00 ގައި އެސްޓީއޯ ހެޑްއޮފީހުގައެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ:

ފޯން:  3344402 , 3344196

ފެކްސް:  3344633

އީމެއިލް: [email protected]

12 މޭ 2015
ހޯދާ