ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން
ދިވެހިރާއްޖެ
ހުޅުމާލޭގައި ވަގުތީ ލޯކަލް މާރުކޭޓްގެ ގޮޅި ދޫކުރުމާބެހޭ

ހުޅުމާލޭގައި ވަގުތީ ލޯކަލް މާރުކޭޓްގެ ގޮޅި ދޫކުރުމާބެހޭ

ހުޅުމާލޭގައި ދިރިއުޅުއްވާ ފަރާތްތަކަށް ފަސޭހަކަމާއެކު ރާއްޖޭގައި އުފައްދާ އަދި ހައްދާ ބާވަތްތައް ގަންނަން ލިބޭނެހެން ހުޅުމާލޭގައި ހެދުމަށް ހަމަ ޖެހިފައިވާ ވަގުތީ ލޯކަލް މާރުކޭޓް (ހަމައެކަނި ރަމަޟާން މަހަށް ޚާއްޞަކޮށް) ގޮޅިއަށް އެދޭ ފާރާތްތަކަށް އެކަމަށް އެދުމުގެ އެފުރުޞަތު ހުޅުވާލަމެވެ. މިގޮތުން ދޫކުރުމަށް ހަމަޖެހިފައިވަނީ 12 (ބާރަ) ގޮޅިއެވެ. ގޮޅިއަށް އެދި ހުށަހަޅާ ފޯމު މި ކޯޕަރޭޝަނުން (މުނިސިޕަލް ޑިޕާޓްމަންޓް، ގްރައުންޑް ފްލޯރ) ލިބެން ހުންނާނެއެވެ. އަދި މިކޯޕަރޭޝަންގެ ވެބްސައިޓް www.hdc.com.mv އިން ފޯމު ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. މިކަމާގުޅޭ އިތުރު މަޢުލޫމާތު ތިރީގައި މިވަނީއެވެ.

މަޢުލޫމާތު:

  • މިކަމުގެ ހުއްދައަށް އެދި ހުށަހަޅަންވާނީ މިކޯޕަރޭޝަނުން ދޫކުރާ "ހުޅުމާލޭގެ ވަގުތީ ލޯކަލް މާރުކޭޓްގެ ގޮޅިއަށް އެދޭ ފޯމު" އިންނެވެ. މިނޫން ގޮތަކުން މިކަމަށް އެދި ހުށަހަޅާ ހުށަހެޅުން ބަލައެއްނުގަނެވޭނެއެވެ.
  • ފޯމު ދޫކުރުމާއި ބަލައިގަތުން ހަމަޖެހިފައިވަނީ މުނިސިޕަލް ޑިޕާޓްމަންޓް، އެޗް.ޑީ.ސީ އޮފީސް، ގްރައުންޑް ފްލޯރ، އެޗް.ޑީ.ސީ ބިލްޑިންގ، ހުވަނދުމާ ހިނގުން، ހުޅުމާލެއިންނެވެ.
  • ފޯމު ހުށަހަޅާ ފަރާތްތަކުގެތެރެއިން ޝަރުޠު ފުރިހަމަވާ ފަރާތްތަކުގެ އަދަދު 12 (ބާރަ) އަށް ވުރެ ގިނަވެއްޖެނަމަ ގޮޅި ދޫކުރާނެ 12 (ބާރަ) ފަރާތް ހޮވާނީ ގުރުއަތުލައިގެންނެވެ.
  • ގުރުއަތުލުން އޮންނާނީ 2015 މޭ 27 ވާ ބުދަ ދުވަހު އެގްޒިބިޝަން ސެންޓަރ، ގްރައުންޑް ފްލޯރ، އެޗް.ޑީ.ސީ ބިލްޑިންގ، ހުވަނދުމާ ހިނގުން، ހުޅުމާލޭގައެވެ.
  • މިކަމަށް މިކޯޕަރޭޝަނުން -/1000 ރުފިޔާ (އެއްހާސް) ރުފިޔާގެ ފީއެއް ނެގޭނެއެވެ.

ޝަރުޠުތައް    

  1. 21 އަހަރު ފުރިފައިވުން.
  2. ބުއްދި ސަލާމަތުން ހުރި މީހެއްކަމުގައިވުން.
  3. ދިވެހިރައްޔިތެއްކަމުގައިވުން ނުވަތަ

100% ދިވެހިން ހިއްސާވާ ކުންފުންޏެއް ނުވަތަ ޖަމްޢިއްޔާއެއް ކަމުގައިވުން.

ސުންގަޑި:

2015 މޭ 20 ބުދަ ދުވަހުގެ 14:00އަށް.

މިކަމާގުޅޭ އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ 09:00 އާއި 14:00އާ ދެމެދު 3355128 ނުވަތަ 3355153 ނަންބަރު ފޯނަށެވެ.

18 ރަޖަބު 1436

07 މޭ 2015
ހޯދާ