ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން
ދިވެހިރާއްޖެ
ފޮޅައި ސާފުކޮށްދޭނެ ފަރާތެއް ހޯދަން

އަންދާސީހިސާބު ބޭނުންވެއްޖެ

ހުޅުމާލޭގައި ހުންނަ މި ކޯޕަރޭޝަންގެ މައި އޮފީހާއި، އަދި އެހެނިހެން ބައެއް ތަންތަން ފޮޅައި ސާފުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 13 މޭ 2015 ވާ ދުވަހުގެ 10:00އަށް ހުޅުމާލޭގައި ހުންނަ މިކޯޕަރޭޝަންގެ މައި އޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 20 މޭ 2015 ވާ ދުވަހުގެ 10:00 އަށް ހުޅުމާލޭގައި ހުންނަ މިކޯޕަރޭޝަންގެ މައި އޮފީހަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަދި، މަޢުލޫމާތު ސާފުކުރުމަށް ހާޒިރުވެވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ ބިޑު ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

މިބިޑް ޑޮކިއުމެންޓް މި ކޯޕަރޭޝަންގެ ވެބްސައިޓްގެ ތިރީގައިމިވާ ލިންކުން ލިބެން ހުންނާނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

ލިންކް: http://www.hdc.com.mv/media/announcements.php

އަދި އިތުރު މަޢުލޫމާތު ބޭނުންފުޅުވެލައްވާނަމަ އެޗް.ޑީ.ސީގެ 3355142 ފޯނާ ގުޅުއްވައި މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

18 ރަޖަބު 1436

07 މޭ 2015
ހޯދާ