ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން
ދިވެހިރާއްޖެ
އެސިސްޓެންޓް މުނިސިޕަލް އޮފިސަރ

މަޤާމު: އެސިސްޓެންޓް މުނިސިޕަލް އޮފިސަރ

ޑިޕާޓްމަންޓް: މުނިސިޕަލް ސާރވިސަސް އެންޑް ޕްރޮޕަޓީ މެއިންޓެނަންސް

ސެކްޝަން: މުނިސިޕަލް ސާރވިސަސް

އަދަދު: 1

ތައުލީމީ ފެންވަރާއި ތަޖުރިބާ:

 • މަތީ ސާނަވީ އިމްތިޙާނަކުން (އިނގިރޭސި އަދި ދިވެހި މާއްދާ ހިމަނައިގެން) 3 މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. ނުވަތަ،
 • ސާނަވީ އިމްތިޙާނަކުން (އިނގިރޭސި އަދި ދިވެހި މާއްދާ ހިމަނައިގެން) 5 މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 3 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

 • ހުޅުމާލޭގެ ސިނާއީ މަޝްރޫޢުތައް މޮނިޓަރކޮށް ބެލެހެއްޓުން.
 • ހުޅުމާލޭގައި "ދިރިއުޅުމުގެ ހުއްދަ" ދޫކުރުން.
 • ހުޅުމާލޭގެ މަގުތަކާއި އެހެނިހެން ތަންތަން ކޮނުމުގެ ހުއްދަ ދޫކުރުން.
 • ހުޅުމާލޭއަށް އެތެރެކުރެވޭ އާންމު އެއްގަމު އުޅަނދުފަހަރު އެތެރެކުރުމުގެ ހުއްދަ ދޫކުރުމާއި މޮނިޓަރކުރުން.
 • ހުޅުމާލޭގެ ޓެކްސީ އަދި ޓެކްސީ ސެންޓަރުތައް މޮނިޓަރކޮށް ބެލެހެއްޓުން.
 • މުނިސިޕަލް ޑިޕާރޓްމަންޓުން ކުރާ މަސައްކަތްތަކުގެ ލިޔެކިޔުންތަށް ރަނގަޅަށް ބެލެހެއްޓުމާއި އަދި މިނޫންވެސް ދުވަހުން ދުވަހަށް ކުރަންޖެހޭ އިދާރީ މަސައްކަތްތައް ކުރުން.

ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގައި ހުރުން އެދެވިގެންވާ އިތުރު ހުނަރާއި ޤާބިލުކަން:

 • އެމް.އެސް. އޮފީސް ޕެކެޖް ބޭނުންކުރަން އެނގުން
 • ދިވެހި ބަހާއި އިނގިރޭސި ބަހުން ރަނގަޅަށް މުޢާމަލާތް ކުރަން އެނގުން
 • ގިނަވަގުތު މަސައްކަތުގައި އުޅެވޭ ފަރާތަކަށްވުން
 • މިވަޒީފާއަށް މީހުން ހޮވުމުގައި މަޤާމާއި ގުޅޭ ދާއިރާއެއްގައި މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެ.

މުސާރަ: 5000.00ރ (އެލަވަންސްތަކާއެކު މަދުވެގެން 9510.00ރ ލިބޭނެއެވެ.)

އިތުރުގަޑި: އިތުރުގަޑީގައި މަސައްކަތްކުރަންޖެހޭ ނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބިދެވޭނެއެވެ.

މިވަޒީފާއަށް މުވައްޒަފެއް އައްޔަން ކުރެވޭނީ 1 (އެކެއް) އަހަރު ދުވަހަށް، ކޮންޓްރެކްޓް އުސޫލުންނެވެ. އަދި އެއް އަހަރު ދުވަހުގެ ކޮންޓްރެކްޓް ހަމަވުމުން މުވައްޒަފުގެ މަސައްކަތުގެ ފެންވަރު ބަލައި، އެކަށީގެންވާ ފެންވަރަކަށް މަސައްކަތްކޮށްފައިވާނަމަ ކުންފުނީގެ އުސޫލްތަކާ އެއްގޮތްވާ ގޮތުގެމަތިން ވަޒީފާ ދާއިމީ ކުރެވޭނެއެވެ.

މިވަޒީފާއަށް އެދިލައްވާ ފަރާތްތަކުން ވަޒީފާއަށް އެދޭ ފޯމު ފުރިހަމަ ކުރެއްވުމަށްފަހު ވަނަވަރާއި އަދި އެޓެސްޓެޑް ސެޓްފިކެޓްތަކުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ، ކުރިން ވަޒީފާ އަދާކޮށްފައިވާ ތަންތަނުގެ ރިފަރެންސް ސިޓީތަކުގެ ކޮޕީ، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނަކަލާއެކު 12 މޭ 2015 ވާ އަންގާރަ ދުވަހުގެ 14:30 ގެ ކުރިން މިއޮފީހަށް ފޮނުއްވުން އެދެމެވެ. ވަޒީފާއަށް އެދޭފޯމު މިކޯޕްރޭޝަނުގެ މައިއޮފީހުންނާއި މާލެއޮފިހުން އަދި މިކޯޕަރޭޝަންގެ ވެބްސައިޓް www.hdc.com.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.

01 ވަނަ ފަންގިފިލާ، އެމް.ޓީ.ސީ.ސީ ފެރީ ޓާރމިނަލް                                                      

މާލެ، ދިވެހިރާއްޖެ                                                                                    

ފޯނު: 3336755                                                                            

ފެކްސް: 3335892   

03 ވަނަ ފަންގިފިލާ، އެޗް.ޑީ.ސީ. ބިލްޑިންގ، ނުވަތަ

ހުޅުމާލެ، ދިވެހިރާއްޖެ    

ފޯނު: 3353535  

ފެކްސް: 3358892       

07 މޭ 2015
ހޯދާ