އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

އައްޑޫ ސިޓީގެ ކުނިކޮށިތަކަށް ކޮންޓްރެކްޓް އުސޫލުން މުވައްޒަފުން ބޭނުން ވެއްޖެއެވެ. ކޮންޓްރެކްޓްގެ މުއްދަތު: ވަޒީފާ ހަމަޖެހޭ ތާރީޚުން ފެށިގެން 31 ޑިސެންބަރު 2015ގެ ނިޔަލަށް

މަޤާމު

ބޭނުންވާ ޢަދަދު

މަސައްކަތް ކުރަންޖެހޭ ތަން

މުސާރަ

ސަރވިސް އެލަވަންސް

ސްޕަރވައިޒަރ

01

ރުއްޖެހެރަ ކުނިކޮށި

-/6000

-/1000

ސްޕަރވައިޒަރ

01

ހުޅުމީދޫ ކުނިކޮށި

-/6000

-/1000

މަސައްކަތު

12

ރުއްޖެހެރަ ކުނިކޮށި

-/4100

-/1000

މަސައްކަތު

08

ހުޅުމީދޫ ކުނިކޮށި

-/4100

-/1000

އެލަވަންސް ތަކާއި ޢިނާޔަތްތައް

އިތުރު ގަޑި އަދި ބަންދު ދުވަސްތަކުގައި މަސައްކަތްކުރަންޖެހޭ ނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑި އަދި ބަންދު ދުވަހުގެ ފައިސާއާއި ރަމަޟާން މަހުގެ އިނާޔަތް ދިނުމަށް ހަމަޖެހިފައިވާ އުސޫލުން ރަމަޟާން މަހުގެ އިނާޔަތު ފައިސާ ދެވޭނެއެވެ. އަދި މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް -/20 ރުފިޔާ ހާޒިރީ އެލަވަންސް ގޮތުގައި ދެވޭނެއެވެ.

މަޤާމުގެ މަސްއޫލިއްޔަތު

 ސުޕަރވައޒަރ (ރުއްޖެހެރަ/ ހުޅުމީދޫ ކުނިކޮށި):

 • ކުނިއުކުމަށް އައްޑޫސިޓީ ކައުންސިލަށް ފައިސާ ދައްކާ ފަރާތްތަކުގެ ތެރެއިން ސްޕަރވައިޒަރާއި ހަވާލުކުރެވިފައިވާ ކުނިކޮށްޓަށް ކުނިއުކައި ފަރާތްތަކުގެ ރިކޯޑު ބެލެހެއްޓުމުގެ މަސައްކަތް ހިންގުން.
 • ކުނިކޮށްޓަށް ކުނިއަޅަމުންދަނީ ޤާނޫނާއި ގަވާއިދާއި އަދި ކައުންސިލުން ކުނިއުކުމަށް ހެދިފައިހުރި އުސޫލާ އެއްގޮތަށްކަން ކަށަވަރުކުރުން.
 • ކުނިކޮށިތަކަށް ވަދެނިކުތުމަށް ދޫކުރެވޭ ހުއްދަތައް ދޫކުރުމުގެ ކަންކަން ހިންގުން.
 •  ކުނިކޮށީގައި މަސައްކަތްކުރާ މުވައްޒަފުންގެ އެންމެހާ މަސައްކަތް ޤާނޫނާއި ގަވާއިދާ އެއްގޮތަށް ހިންގައި މުވައްޒަފުންނާ ގުޅޭގޮތުން ތައްޔާރުކުރަންޖެހޭ ރިޕޯޓުތައް ތައްޔާރުކޮށް ކައުންސިލް އިދާރާއަށް ފޮނުވުން.
 • ކުނިކޮށީގެ މަސައްކަތް ހިނގާގޮތުގެ ރިޕޯޓު ތައްޔާރުކޮށް ކައުންސިލްގެ އިދާރާއަށް ފޮނުވުން.

މަސައްކަތު (ރުއްޖެހެރަ / ހުޅުމީދޫ ކުނިކޮށި): އައްޑޫސިޓީގެ ގޭބިސީތަކުން އުކައިލެވޭ ކުނި ނެގުމާއި، އުފުލުމާއި އަދި މެނޭޖްކޮށް ނައްތާލުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތް ސްޕަރވައިޒަރުގެ އިރުޝާދާ އެއްގޮތަށް ކުރުން.

މަޤާމުގެ ޝަރުތުތައް

ސުޕަރވައިޒަރ:

 • ގްރޭޑް 10 ނިންމާފައި ވުމާއެކު މީހުން ލައްވައި މަސައްކަތް ކުރުމުވުމުގެ ޤާބިލުކަން ހުރުން. ނުވަތަ،
 • ގްރޭޑް 7 ނިންމާފައި ވުމާއެކު މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުމާއެކު މީހުން ލައްވައި މަސައްކަތް ކުރުމުވުމުގެ ޤާބިލުކަން ހުރުން.

(މި މަޤާމަށް މީހަކު ހޮވުމުގައި އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް އޮންނަ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.)

މަސައްކަތު: ލިޔަންކިޔަން ދަތުމާއިއެކު މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ލިބިފައިވުމާއެކު ގިނަވަގުތު މަސައްކަތުގައި އުޅުވޭނެ ޖިސްމާނީ ޤާބިލުކަން ލިބިފައިވުން.

(މި މަޤާމުތަކަށް ކުރިމަތިލާ ފަރާތަކީ ޢުމުރުން 65 އަހަރު ދަށުގެ މީހަކު ކަމުގައި ވާންވާނެއެވެ. )

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައް:

 

 • ލިބިފައިވާ ތަޢުލީމާއި ތަމްރީން
 • ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ
 • މަސައްކަތުގެ ހުނަރާއި ޖިސްމާނީ، ނަފްސާނީ ޤާބިލުކަން

އިންޓަރވިއު ބޭއްވޭނެ ތަނާއި ތާރީޚް:

އިންޓަވިއު ބޭއްވޭނެ ތަން، ތާރީޚު އަދި ގަޑި މަޤާމަށް އެދިލައްވާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށް އެންގޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް

 • ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ
 • މުއްދަތު ހަމަނުވާ އައި.ޑީ.ކާޑް ކޮޕީ.
 • މުއްދަތު ހަމަނުވާ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ކޮޕީ (ސުޕަވައިޒަރ މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޑްރައިވިން ލައިސަންސް ހުށަހަޅުއްވާ ބޭފުޅުން)
 • ލިބިފައިވާ ތަޢުލީމީ/ މަސައްކަތު ތަޖުރިބާގެ ސެޓްފިކެޓްތަކުގެ ކޮޕީ.

ސުންގަޑި

2015 އެޕްރީލް 28 ވާ އަންގާރަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން ހުޅުދޫ، މީދޫ، ހިތަދޫ އަވަށު އޮފީސް އަދި ކައުންސިލް އިދާރާއިން ވަޒީފާއަށް އެދި ހުށަހަޅާ ލިއުންތައް ބަލައިގަތުމުގެ އިންތިޒާމް ވަނީ ހަމަޖެހިފައެވެ.

30 ޖުމާދަލްއާޚިރާ 1436
19 އޭޕްރިލް 2015
ހޯދާ